ހަލުވި ތާކިހާ ކޮލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search


ހަލުވި ތާކިހާ ކޮލި (ސައިންޓިފިކް ނަން: Canthigaster Amboinensis)ނުވަތަ (އިނގިރޭސި ބަހުން: SPider eye puffer fish) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ ތިލަ ފަރުމަތީގައްޔާއި ފަރުމައްޗަށް ރާޅުބިންދާ ހިސާބުގައި އުޅޭ ތާކިހާ ކޮއްޔެކެވެ. މިމަސް އެންމެ ބޮޑުވަނީ 15 ސެންޓި މީޓަރަށެވެ. މ މިބާވަތުގެ ތާކިހާ ކޮއްޔަށް ދިވެހިންގެ ތެރޭގައި ކިޔުމަށް ވަކި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ސިފޔަށް ވިސްނާ މަހުގެ ހަލުވި ހަރަކާތަށް ރިއާޔަތްކޮށް މިމަހަށް ހަލުވި ތާކިހާ ކޮލި ކިޔާ ނަންދީފައިވަނީ އެވެ. މިމަސް މޫދުގެ އަޑީގައި ހުންނަ ފެއްސާއި އެކި ދިރުންތައް ކައި އުޅޭ ކަމަށް ވެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައި ގައި 11 ނުވަތަ 12 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވެސް 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 16 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.މަހުގެ ތންގަނޑު ހުންނަނީ އޫކޮށެވެ. ނިގޫފަތްގަނޑޫ ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މަހުގެ ކުލައަކީ މުށި ކުލައެވެ. މިކުލަ ބަނޑުދަށް ފަރާތުގައި ހުންނަނީ ވަރަށް ފަނޑުކޮށެވެ.މހުގައި ފަނޑުނޫކުލައިގެ ތިކިތަކެއް ފާޅުކޮށް ފެންނަށް ހުރެއެވެ. އަދި މިކުލައިގެ ރޮނގުތަކެއް ލޮލުގެ ވަށައިގެން ކައްޗަކަށް ހުރެއެވެ. މަހުގެ ކޯތާފަތް މަތީގައި ކެނޑީކެނޑިފައި ހުންނަ ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ.