ހަކުރު ބަލީގެ ފުރަތަމަ ވައްތަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަކުރު ބަލީގެ ފުރަތަމަ ވައްތަރު(އިނގިރޭސި ބަހުން: Diabetes mellitus type 1) ގައި ހަށިގަނޑުން އިންސޫލިން އުފެއްދުން ދަށްވެގެންދަނީއެވެ. ނުވަތަ ނު އުފައްދަނީއެވެ..ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. އަދި ލޭގައި މީގެ މިންވަރު ވަރަށް މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެސް ސަބަބަކާއި ހުރެ ޕެންކްރިއާސް އަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންން ކަމެކެވެ. ގިނައިން މި ވައްތަރު ފެށިގެން އަންނަނީ ޅަ އުމުރުގައެވެ. މާނައަކީ ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިންނެވެ.

ހަކުރު ބަލީގެ ފުރަތަމަ ވައްތަރު ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އިންސުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ. ނުވަތަ އެއްގޮތަކަށް ވެސް އުފައްދައެއް ނުދެއެވެ.އެހެން ކަމުން ހަކުރު ކޮންޓްރޯލް ކުރަން ޖެހެނީ އިންސުލިން އިންޖެކްޝަން ޖަހައިގެންނެވެ.މިވައްތަރު އާންމުކޮށް ފެންނަނީ ޒުވާނުންނާއި ކުޑަކުދިންގެކިބައިންނެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އިންސޫލިން އިންޖެކްޝަން ޖެހުން