ހދ.އަތޮޅު ތަޢުލީމީ މަރުކަޒު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހދ. އަތޮޅު ތައުލީމީ މަރުކަޒު (ކުރީގައި ހދ. ކޮމިޔުނިޓީ ސްކޫލް) އަކީ 1979 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރީ ސްކޫލެކެވެ. 18 މާރޗް 1978ގައި މި ސްކޫލުގެ ފައުންޑޭޝަން އެޅިފައި ވަނީ ހދ. އަތޮޅު ކަތީބުު ތިޔަރަ މުހައްމަދު ރާޝީދުގެ އަތުންނެވެ. އަދި މި ސްކޫލު ހުޅުވުނީ 1 މާރޗް 1979 ގައެވެ. މި ސްކޫލު ހުޅުއްވީ ރައީސް މައުމޫން ޢަަބްދުލްޤައްޔޫމް އެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 1 މާރޗް އަކީ މިސްކޫލްގެ އަހަރީ ދުވަހެވެ، އެގޮތައްގޮސް މިސްކޫލްގެ 41 އަހަރީ ދުވަސްތައް ހިނގައްޖެ އެވެ.