ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިރާއްޖޭގެ رئيس الجمهورية އަކީ ދިވެހި دولةގެ އަދި ދިވެހި سركارގެ އެންމެ މަތީ ވެރިޔާއެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ رئيس الجمهورية އެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ رعية އަކީ ވެސް ދިވެހިރާއްޖޭގެ رئيس الجمهورية އެވެ. ދިވެހިރާއްޖޭގެ رئيس މިނަމުން إشارة ކުރެވެނީ ދިވެހިރާއްޖޭގެ رئيس الجمهورية އަށެވެ.

ދިވެހިރާއްޖޭގެ قانون الأساسيُّގެ ހަތަރުވަނަ بابގެ 106 ގެ (ނ) ގައި ވަނީ

" دولة ހިންގުމުގެ އެންމެހައި أصول ތައް ކަނޑައަޅާނީ މި قانون قانون الأساسيން (ދިވެހިރާއްޖޭގެ قانون الأساسيُّ) ކަމަށް ވީ ހިނދު، މި قانون الأساسيދަމަހައްޓައި، دفاع ކޮށް، قانون الأساسيُّއަށް حرمةތެރިކޮށް ހިތުން މަތީ رئيس الجمهورية ދެމިހުންނަވާނެއެވެ. އަދި دولةގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރަންވާނެއެވެ."

قانون الأساسيُّގައިވާގޮތުގެ މަތިން قانونތައް ހިންގުމުގެ ބާރު ލިބިގެން ވަނީ رئيس އަށެވެ. ދިވެހިރާއްޖޭގެ قانون الأساسيُّ دفاع ކޮށް ދެމެހެއްޓުމުގެ އެންމެ مهم ذمة އެޅޭ ފަރާތަކީވެސް رئيس الجمهورية އެވެ.

ދިވެހިރާއްޖޭގެ رئيس الجمهورية ގެ ދިދަ
ދިވެހިރާއްޖޭގެ رئيس الجمهورية ގެ ދިދަ

މިހާރު ދިވެހިރާއްޖޭގެ رئيس އަކު ނުހުންނަވައެވެ.. ވެރިކަން ކުރަނީ ކުރަމުން ދާނީ رعيةންނެވެ.

ރައީސްކަމުގެ ދައުރު[އުނިއިތުރު ގެންނަވާ]

This article is part of a series on the
politics and government of
the Maldives
Maldives portal

ދިވެހިރާއްޖޭގައި ރައީސްކަމުގައި ހުރެވޭނީ ގިނަ ވެގެން 5 އަހަރުގެ ދެދައުރުގައެވެ. ކޮންމެ ފަސް އަހަރަކުން ރައީސްކަމަށް މީހަކު ހޮވުމަށް އިންތިހާބު ބޭއްވޭނެއެވެ. ރައީސަކު އިންތިހާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރައީސްކަމަށް މީހަކު ކުރިމަތިލާނަމަ ވަކި ހާއްސަ ސަރުތުތަކެއް އެމީހެއްގެ ގައިގާ ހަމަވާންޖެހެއެވެ. އޭގެތެރޭގައި

1- ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިވާ ދިވެއްސަކަށްވުން.

2- މުސްލިމަކު ކަމުގައިވުމާއި އޭނާ އަކީ ސުންނީއަކަށްވުން.

3-އުމުރުން 35 އަހަރު ފުރުން.

4-ބުއްދި ސަލާމަތުން ހުރިމީހަކު ކަމުގައިވުން.

5- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް މީހަކުކަމުގައިވުން.

6- ޖިނާއީ މައްސަލައެއްގެ ހުކުމެއްގައި 1 އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާނަމަ ހުކުން ތަންފީޒުކުރިތާ 5 އަހަރު ހަމަވެފައިވާ މީހަކުކަމުގައިވުން.

7-އިސްލާމް ދީނުގެ ހައްދު ކަޑައެޅިފައިވާ ކުށެއް ކުރިމީހަކުކަމުގައި ނުވުން.


ރައީސަކަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް[އުނިއިތުރު ގެންނަވާ]

1- ޤާނޫނު އަސާސީ އާއި ޤާނޫނު ހިންގުމުގެ ބާރު 2- ސަރުކާރު ހިންގުން 3- ޤާނޫނުގެ ވެރިކަން ކުރިއަރުވާ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން 4- ބައިނަލް އަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުން 5- ދައުލަތުގެ މައިގަޑު ސިޔާސަތުތައް ކަނޑައެޅުން 6- ރައީސަށްބޭނުންވާނެ މަގާމުތައް އުފެއްދުން މީގެތެރޭގައި ވަޒީރުން ހަމަޖެއްސުން 7- ވަޒީރުންގެ މަޖިލީސްގެ ރިޔާސަތު ބެލެހެއްޓުން 8- ހަގުރާމަ އިއުލާނުކުރުން އަދި ސުލްހަ އިއުލާނުކުރުން 9- ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން 10- ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލާ ހިންގުން 11- ބޭރުގެ ގައުމުތަކާއި ނުވަތަ ބޭރުގެ ޖަމާއަތްތަކާއި އެކު ސިޔާސީ އެއްބަސްވުންތަކުގައި ސޮއިކުރުން 12- ބޭރުގެ ގައުމުތަކަށް ސަފިރުން ކަޑައެޅުމާއި އަބުރާ ގެނައުން 13- އެކިއެކި ތަހުގީގުތައްކުރުމަށް ކޮމެޓީ ހެދުން 14- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުން 15- ޤައުމީ ބައްދާ ސަރުކާރު ބަންދު ދުވަސްތައް ކަޑައެޅުން 16- އެކިއެކި ފަރާތްތަކަށް ޤާނޫނުގައި ވާގޮތަށް ޝަރަފާ، އިއްޒަތާއި މެޑެލް ދިނުން 17- ކުށް މާފުކުރުމާއި އަދަބު ލުއިކޮށް ދިނުން 18- ސަލާމަތީބާރު ކޮންޓްރޯލް ކުރުމުގެ ބާރު 19- ރައީސަކު އިތުރަށް ހަވާލުވެ އުފުލަންޖެހޭ އެހެނިހެން ޒިންމާތައް


ރައީސްކަމުގެ މަޤާމް ހުސްވުން[އުނިއިތުރު ގެންނަވާ]

ރައީސްކަމުގެ މަގާމު ހުސްވާނީ ދައުރު ހަމަވުމުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތްކަމުގެ ވޯޓަކުން ވަކިކުރުން، ނުވަތަ އިސްތިއުފާ ދިނުން، ނުވަތަ ރައީސްކަމުގެ ވާޖިބު ދާއިމީ ގޮތތަކަށް ނުއުފުލޭފަދަ ހާލަތެއް މެދުވެރިވުން، ނުވަތަ މަރުވުމުންނެވެ.


ދިވެހިރާއްޖޭގައި ރައީސް ކަން ކުރެއްވި ބޭފުޅުން[އުނިއިތުރު ގެންނަވާ]

# ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގެންނެވީ ދުރުވެވަޑައިގެންނެވީ ސިޔާސީ ޕާޓީ ނާއިބު ދައުރު
ނަން ފޮޓޯ
ފުރަތަމަ ޖުމްހޫރިއްޔާ (1953-1954)
1 މުޙައްމަދު އަމީން ދީދީ
(1910-1954 )
1 ޖަނަވަރީ 1953 2 ސެޕްޓެމްބަރ 1953 ރައްޔިތުންގެ މުތަގައްދިމް ޕާޓީ އިބްރާހިމް މުޙައްމަދު ދީދީ 1
އިބްރާހިމް މުޙައްމަދު ދީދީ
(ވަގުތީގޮތުން)
(?-1980 )
2 ސެޕްޓެމްބަރ 1953 7 މާޗް 1954 ރައްޔިތުންގެ މުތަގައްދިމް ޕާޓީ
މަޤާމް އުވާލެވުން
ރަސްކަން (1968-1954)
މުޙައްމަދު ފަރީދުދީދީ
(ސުލްޠާން)
(1901-1969 )
ފައިލު:Fareed Didi.jpg 7 މާޗް 1954 11 ނޮވެމްބަރ 1968 ހުރާގޭ ދަރިކޮޅު
މަޤާމް އުފެދުން
ދެވަނަޖުމްހޫރިއްޔާ (1968-)
2 އިބްރާހިމް ނާޞިރު
(1926-2008 )
11 ނޮވެމްބަރ 1968 11 ނޮވެމްބަރ 1973 2
11 ނޮވެމްބަރ 1973 11 ނޮވެމްބަރ 1978 3
3 މައުމޫން ޢަބްދުލް ޤައްޔޫމް
(1937- )
11 ނޮވެމްބަރ 1978 11 ނޮވެމްބަރ 1983 4
11 ނޮވެމްބަރ 1983 11 ނޮވެމްބަރ 1988 5
11 ނޮވެމްބަރ 1988 11 ނޮވެމްބަރ 1993 6
11 ނޮވެމްބަރ 1993 11 ނޮވެމްބަރ 1998 7
11 ނޮވެމްބަރ 1998 11 ނޮވެމްބަރ 2003 8
11 ނޮވެމްބަރ 2003 11 ނޮވެމްބަރ 2008 9
4 މުޙައްމަދު ނަޝީދު
(1967- )
11 ނޮވެމްބަރ 2008 7 ފެބްރުއަރީ 2012 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ. އަދި އެހެން ޕާޓީ އިއްތިހާދު) މުޙައްމަދު ވަހީދު ހަސަން 10
5 މުޙައްމަދު ވަހީދު ހަސަން
(1953-)
7 ފެބްރުއަރީ 2012 17 ނޮވެމްބަރ 2013 އެމް.ޑީ.ޕީ. ފިޔަވައި އެހެން ޕާޓީ ތަކުގެ އިއްތިހާދު މުޙައްމަދު ވަހީދުއްދީން
6 އަބްދުﷲ ޔާމިން
(1959 21 މެއި)
17 ނޮވެމްބަރ 2013 ނޮވެމްބަރ 2018 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް އާއި ގުޅިފައިވާ ޕާޓީ ތަކުގެ އިއްތިހާދު މުޙައްމަދު ޖަމީލް އަޙުމަދު
7 އިބްރާހީމް މުޙައްމަދު ޞާލިޙް
(1962 1 މެއި)
17 ނޮވެމްބަރ 2018

އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]