އިބްރާހިމް ނާޞިރު
ވިކިޕީޑިއާ އިން
|
އިބްރާހީމް ނާޞިރު
|
|
އިބްރާހިމް ނާޞިރު |
|
|
|
|
|---|---|
| In office 11 ނޮވެމްބަރ 1968 – 11 ނޮވެމްބަރ 1978 |
|
| Preceded by | ސުލްޠާން މުޙައްމަދު ފަރީދު ދީދީ |
| Succeeded by | މައުމޫން އަބްދުލްޤައްޔޫމް |
|
|
|
| Born | 2 ސެޕްޓެމްބަރ 1926 ފުވައްމުލައް, Maldives |
| Died | ނޮވެމްބަރ 22 2008 (82 އަހަރުގައި) Singapore |
| Resting place | Male' Maldives |
| Nationality | Maldivian |
| Spouse | އައިޝާ ޒުބޭރު (ތުއްތު ދޮން ގޮމަ) މަރިޔަމް ސައީދު ދީދީ ނަސީމާ މުޙައްމަދު ކަލޭފާން |
| Children | އަހްމަދު ނާޞިރު އަލީ ނާޞިރު މުޙައްމަދު ނާޞިރު އައިޝާ ނާޞިރު އިސްމާއިލް ނާޞިރު |
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.
ފިހުރިސްތު |
ޙަޔާތުގެ ކުރީކޮޅު
އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރުގައި ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީއެވެ. އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގައި މުޅިން ނެތް ކަމެއްކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ.
ބޮޑުވަޒީރުކަން ލިބިވަޑައިގަތުން
އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދިވެހިރައްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެއިރު ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުންނެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ ޑިސެމްބަރު 11، 1957 ގައެވެ. ހަމަ މިދުވަހު ހަވީރު ރަދުންގެ އަމުރުފުޅަށް ރައްޔިތުންގެ މަޖްލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ. މިމަޖްލީހަށް ކިލެގެފާނުގެ އިސްތިއުފާގެ މައްސަލަ ހުށަހެޅިއްޖެއެވެ. މަޖްލީހުގެ އިއްތިފާގުން ފާސްވީ އިސްތިއުފާ ޤަބޫލުކުރުމަށެވެ. ހަމަ މި މަޖްލީހުގައި އިބްރާހީމް ނާޞިރު ހުށަހަޅުއްވައިގެން އިބްރާހީމް ޝިހާބު ތާއީދު ކުރައްވައިގެން ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނަށް "ޞާޙިބުއްރިފްޢާ" ގެ ލަޤަބު ލިބިވަޑައިގެންފިއެވެ. އަދި ސަރުކާރުގެ އެއްމެ މަތީ އެޑްވައިޒަރުގެ ޝަރަފުވެރިކަން ވެސް ދެއްވައިފިއެވެ. އަދި އޮތް މުސާރަފުޅުގައި (މަހަކަށް އެއްހާސް ފަސްސަތޭކަ ރުފިޔާ) ކާރުކޮޅު ވެސް ހަމަ އޮތް ގޮތަށް އޮވެގެން ޢިއްޒަތްތެރިކަމާއެކު ހުންނެވުމަށް ފާސްވެއްޖެއެވެ. އެހެން ނަމަވެސް ކިލެގެފާނު ބޮޑުވަޒީރު ކަމުގައި ވެސް އޭގެފަހުގައި ވެސް ކާރުކޮޅަކަށް ނާރުއްވައެވެ. ދެންނެވި ދިޔަ ރައްޔިތުންގެ މަޖްލީހުގައި އޮނަރަބްލް އިބްރާހީމް ޝިހާބު ހުށަހަޅުއްވާ ކުނޑިގޭ އަލްފާޟިލް ޢަބްދުއްލަޠީފު ތާއީދު ކުރައްވައިގެން އަލްފާޟިލް އިބްރާހީމް ނާޞިރު ބޮޑުވަޒީރަކަށް ޢައްޔަން ކުރައްވައިފިއެވެ. އަދި އެކަމުގެ ޤާނޫނީ ލަފާ ކީރިތި މަހާރަދުންނަށް ދަންނަވައިފިއެވެ. ކީރިތި މަހާރަދުން މިކަން ޤަބޫލު ކުރެއްވުމުން ޞާޙިބުއްސަޢާދާ އަލްފާޟިލް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ވީއެވެ. މިހާރު އެމަނިކުފާނުގެ ނަންފުޅަކީ ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.
އޮނަރަބްލް ޝިހާބު ލިޔުއްވާ ގޮތުގައި އެމަނިކުފާނު ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ މަތިގެއަށް އެއްކުރެވުނު ޚާއްޞަ މަޖްލީހެއްގައި ކީރިތި މަހާރަދުންގެ ކުރިމަތިފުޅުމަތީގައެވެ. އެ މަޖްލީހުގައި އެ މަނިކުފާނުންގެ ކެބިނެޓުގެ މެންބަރުންވެސް ހުވާ ކުރިއެވެ. ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޑިސެމްބަރު 12، 1957 ގައެވެ.
އަންހެނުންނަށް ފުރިހަމަ މިނިވަންކަން ދިނުން
އަންހެނުންނަށް އެއްވެސް ހިފެހެއްޓުމެއްނެތި މާފުޅާ ދާއިރާގައި އަޅާހިތްވާ ކޮންމެ ހެދުމެއް އަޅައިގެން އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބުނީ އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަށް ފަހުއެވެ. ނާޞިރު ބޮޑުވަޒީރުކަމަށް ވަޑައިގަތް އިރު ދިވެހި އަންހެނުން ތިބީ ފިކުރީ ގޮތުން ވަރަށް ދަށުގައެވެ. ތަޢުލީމީ ގޮތުން އެއަށްވުރެ މާދަށުގައެވެ. ދުނިޔޭގެ އެއްވެސް ތަނެއް ނުފެނެއެވެ. އަޑެއް ނީވެއެވެ. ޓީ.ވީ. އަމުދުން ވެސް ނެތެވެ. މިފަދަ ދުވަސްވަރެއްގައި، ބޮޑުވަޒީރު ނާޞިރު ދިވެހި އަންހެނުންނަށް ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން އެމީހެއްގެ ލިޔާގަތާއި ޤާބިލިއްޔަތު ހުރި މިންވަރަކުން ވަޒީފާތައް ލިބުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ.
ދިވެހިރާއްޖެ މިނިވަންކުރެއްވުމުގައި
މިއަދު މިދެކޭ މިނިވަންކަމުގެ ޙަޤީޤި ބާނީ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ދިވެހި ޤައުމަށް 1965 ގެ މިނިވަންކަން ލިބިފައިވަނީ ނާޞިރު ކުރެއްވި ބުރަ މަސަތްކަތްޕުޅުންނެވެ.
މިނިވަންކަމުގެ އުފާވެރި ހިނިތުންވުން ތަކުގައި މިއަދު ދިވެހިރާއްޖެ އޮތް ނަމަވެސް އެ މިނިވަންކަން ހޯއްދެވުމަށް ނާޞިރު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގޮތްދޫ ނުކުރައްވާ ސިޔާސަތެއްގައެވެ.
އިނގިރޭސި ދައުލަތާއި ދިވެހި ސަރުރާކާރާ ދެމެދު ދެކެވުނު މިނިވަންކަމުގެ ވާހަކަ ތަކުގެ މެދުވެރި އަކަށް އުޅުއްވި ޢަބްދުއްސައްތާރު މޫސާދީދީ ހަވީރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ "ނާޞިރު އެދުވަސްވަރު އެވަރުން މަސައްކަތް ނުކުރެއްވި ނަމަ 1965 ގެ މިނިވަން ކަމެއް އެހާއަވަހަކަށް ރާއްޖެއަކަށް ނުލިބުނީސް" އެވެ.
ޢަބްދުއްސައްތާރު މިދުވަސްވަރުގެ ކަންތައް ހިގައިދިޔަ ގޮތް ސިފަކުރައްވަމުން ވިދާޅުވީ "އަޅުގަނޑާ ސީދާ ނާޞިރުވެސް ގުޅުއްވާނެ. އަޅުގަނޑަށް ޖެހޭނެ އެދުވަހެއްގެ އެދެކެވުނު ވާހަކަތައް ނާޞިރަށް ދަންނަވަން. ދެން ނާޞިރު ދެއްވާ ޖަވާބު ދެން އޮންނަ ޖަލްސާއެއްގައި އަޅުގަނޑު ދަންނަވަނީ. އޭރަކު މިހާރު މިހުންނަހެން މުއާޞަލާތީ ފަސޭހަތަކެއް ނުހުރޭ އަޅުގަނޑުމެން މެސެޖްތައް ފޮނުވަނީ ވަޔަރލެސްގެ ޒަރީޢާއިން"ނެވެ.
ވެރިކަން ނިމުން
ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވީ މައުމޫނު އަބްދުލް ޤައްޔޫމްއެވެ. އޭރު މައުމޫނު އަބްދުލްޤައްޔޫމު ހުންނެވީ ޓްރާންސްޕޯރޓް މިނިސްޓްރުގެ މަޤާމުގައެވެ.
ރެފަރެންސް
- ↑ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަވަހާރަވުން; މިނިވަން ނިއުސް 22 ނޮވެމްބަރ 2008
| Political offices | ||
|---|---|---|
| ކުރިން ހުންނެވީ: މުޙައްމަދު އަމީން ދީދީ |
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ 1968–1978 |
ފަހުން ވަޑައިގަތީ: މައުމޫނު ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ: Muhammad Fareed Didi |
Head of Government 1968–1978 |
ފަހުން ވަޑައިގަތީ: Maumoon Abdul Gayoom |
| ކުރިން ހުންނެވީ: Ibrahim Ali Didi |
Prime Minister of the Maldives 1957–1968 |
ފަހުން ވަޑައިގަތީ: — |
|
|
|
|---|---|
|
First Republic, 1952-1954: Mohamed Amin Didi • Ibrahim Muhammad Didi Sultanate, 1954-1968: Muhammad Fareed Didi Second Republic, 1968-: Ibrahim Nasir • Maumoon Abdul Gayoom • Mohamed Nasheed |
|

