މުޙައްމަދު ޖަމީލް އަޙުމަދު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޑރ މުޙައްމަދު ޖަމީލް އަހުމަދު އަދި ޑރ ޙަސަން ސަޢީދު

ޑރ މުޙައްމަދު ޖަމީލް އަހުމަދު އަކީ ގާނޫނީ ދާއިރާއިން އިގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ ޖަމީލް އަކީ މިހާރު ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ. ޖިނާއީ ޢަދުލުގެ ދާއިރާއިން ޑރ ޖަމީލް ޕީއެޗްޑީ ޙާޞިލް ކުރެއްވީ އިގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ޔުނިވަސިޓީ އޮފް ލަންޑަންގެ ސުކޫލް އޮފް އެފްރިކަން އޮރިއެންޓަލް ސްޓަޑީސް ގައެވެ.

ޑރ މުޙައްމަދު ޖަމީލް އަހުމަދު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައި ގާތްގަނޑަކަށް 5 ވަރަކަށް އަހަރު ޚިދުމަތް ކުރައްވާފައެވެ. އެމުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުގެ މަގާމް ގާތްގަނޑަކަށް 2 އަހަރު ދުވަހު އަދާކުރައްވާފައި ވެއެވެ. ޑރ ޖަމީލް ޕީއެޗްޑީ ހެއްދެވުމަށް ތީސިސް ލިޔުއްވި މައުޟޫ އަކީ އިންވެސްޓިގޭޝަން އޮފް ކްރިމިނަލް ޖަސްޓިސް ސިސްޓަމް އިން ދަ މޯލްޑިވްސް އެވެ. ޕީއެޗްޑީ އަށް ފަހު ހަވީރު ނޫހަށް ދެއްވި ފުރަތަމަ އިންޓަވިއު ގައި ޖަމީލް ވިދާޅުވީ އޭނާ ތީސިސް ލިޔުއްވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން މީހުން ހައްޔަރުކުރުމާއި، ޝަރީޢަތްކުރުމާއި، ތަހުގީގު ކުރުމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެއީ ޚާއްޞަކޮށް ރާއްޖެއާއި ގުޅުވައިގެން ލިޔުއްވި ތީސިސް އެއް ކަމަށެވެ.

ޑރ ޖަމީލް ދިވެހި ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ގައެވެ. ޑރ ޖަމީލް އަކީ ނިއު މޯލްޑިވްސް އޭ ކިޔޭ މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ. ޖަސްޓިސް މިނިސްޓަރުކަން ޖުލައި 2005 ން ފެށިގެން އޮގަސްޓް 2007 އަށް ކުރައްވާފައި ވެއެވެ. ޖުލައި 2007 ގައި ޑރ ޖަމީލްގެ މިނިސްޓަރުކަމުގައި ރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި މަސައްކަތްކުރެއްވުމަށް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލުންނަށް ހުއްދަ ދެއްވައި ގާޒީ ކަމަށް 3 އަންހެން ބޭފުޅުން އިސްކުރެއްވި އެވެ.

ޑރ ޖަމީލް އުފަންވެ ވަޑައިގަތީ 1969 ވަނަ އަހަރު ޏ. ފުވައްމުލައް އަށެވެ. އޭނާއަކީ ރާއްޖޭގެ ރަސްކަން ކުރެއްވި ޣިޔާޘުއްދީން ރަދުންގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޑރ ޖަމީލް ގެ އަތްބަކާއި 3 ކުދިން އެބަތިއްބެވެ.

އަދާކުރެއްވި ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • ސްޓޭޓް އެޓާނީ އެޓާނީ ޖެނެރަލްގެ އޮފީސް
  • މިނިސްޓަރ އޮފް ޖަސްޓިސް
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ނޮވެމްބަރ 2008

ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

  • ބެޗެލަރސް އޮފް ލޯސް- ޕާކިސްތާން
  • ކޮމްޕެރޭޓިވް ލޯސް - މާސްޓަރ ޑިގްރީ - އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ
  • ކްރިމިނަލް ޖަސްޓިސް -ޕީއެޗްޑީ - ޔުނިވަސިޓީ އޮފް ލަންޑަން - ސުކޫލް އޮފް އެފްރިކަން އޮރިއެންޓަލް ސްޓަޑީސް