އެއިޑްސް ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Padlock.svg މި ސަފްހާ ވަނީ ދިފާއު ކުރެވިފަ އެވެ. އެއްވެސް ބަދަލެއް މިސަފްހާ އަށް ގެންނަވަން ބޭނުންފުޅު ނަމަ ބަހުސް ސަފްހާގައި ގެންނަވަން އުޅުއްވާ ބަދަލާއި މެދު ޚިޔާލު ފާޅު ކުރައްވާށެވެ. ނުވަތަ ދިފާއު ކުރުން ހުއްޓަވާލެއްވުމަށް އެދިލައްވާށެވެ.
އޭޑްސް ބަލި ޖައްސާ އެޗް އައި ވީ ވައިރަސް

އޭޑްސް (އިނގިރޭސި ބަހުން: AIDS) ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

  • A - އެކްއަރޑް (އިނގިރޭސި ބަހުން: Acquired): އަމިއްލަ އަށް ލިބިގަންނަ
  • I - އިމިއުން (އިނގިރޭސި ބަހުން: Immune): ދިފާއީ ބާރު
  • D - ޑެފިސިއެންސީ (އިނގިރޭސި ބަހުން: Deficiency): ނެތިކޮށްލާ/ދަށް ކޮށްލާ
  • S - ސިންޑްރޯމް (އިނގިރޭސި ބަހުން: Syndrome): އެތައް ބައްޔެއް އެކުލެވިގެންވާ

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ.

އެއިޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް[އުނިއިތުރު ގެންނަވާ]

އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ.އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ. ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން،މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.

އޭޑްސް ބަލި ރަމްޒުކޮށްދޭ ރަތް ރިބަން ކޮޅު

އެއިޑްސް ބަލި ނުޖެހޭނެ ގޮތްތައް[އުނިއިތުރު ގެންނަވާ]

  • ކެއްސާ ކިބިހި އެޅުން، އާދައިގެ ދޮންދިނުން، ބެއްދުން، އުރުން، ބީހިލުން
  • މެހި، މަދިރި ފަދަ ސޫފާ ސޫފި ހެފުން
  • ސަލާމްކުރުން، ފޯނުން ވާހަކަ ދެއްކުން
  • ލޭހަދިޔާކުރުން
  • ބަލިޖެހިފައިވާ މީހަކާ އެކު އުޅުން، ކެއުން ފަދަ ކަމެއްކުރުން
  • ބަލިޖެހިފައިވާ މީހާ ނިދާއެދެއްގައި ނިދުން ނުވަތަ އެއް ފާޚާނާ ބޭނުންކުރުން
  • މަދިރީގެ ސަބަބުން

އެއިޑްސް ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުން[އުނިއިތުރު ގެންނަވާ]

  • އިސްލާމީ ހަމަތަކާ އުސޫލްތަކާ ޚިލާފަށް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާމީހުން
  • ލޭގެ ތެރެއަށް މަސްތުވާ ތަކެތި ފޮނުވައިގެން ބޭނުންކުރާ މީޙުން
  • ލޭގަނޑުވުން ކުރިމަތިކުރުވާ ބައްޔެއް ޖެހިފައިވާ މީހުން
  • ގުނަވަން ބަދަލުކުރަން ޖެހިފައިވާ މީހުން
  • ބަލީގެ ވައިރަސް އާ އެކުވެފައިވާ ލޭ ހަށިގަނޑަށް އަޅާފައިވާ މީހުން
  • ބަލިޖެހިފައިވާ މާބަނޑު މީހާގެ ބަނޑުގައިވާ ކުޑަ ދަރިފުޅަށް

އެއިޑްސް ބަލި ދިފާޢީ ނިޒާމްގެ ބާރު ދަށްކޮށްލުން[އުނިއިތުރު ގެންނަވާ]

އެޗްއައިވީ ވައިރަސް ހަމަލާދެނީ ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް، ގެ ވަކިވައްތަރު ތަކުގެ ތެރެއިން ހެލްޕަރ ޓީ ސެލް، އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާޢީ ނިޒާމްގެ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. އެޗްއައިވީ ވައިރަސް ތަތްވަނީ މިބުނި ސެލްގެ ސަތަޙައިގައިވާ ސީޑީ4 އޭ ކިޔޭ މޮލިކިއުލް ތަކާއެވެ. މިމޮލިކިއުލް ތަކަކީ ވައިރަސްގައި އެކުލެވޭ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރުވުމުން އެތައް ގްލައިކޯ ޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސް އާއި ތަޣައްޔަރު ކުރުވައި، ސެލްތައް އެއްވެގެން ދެއެވެ.

އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ ފުނޑުފުނޑުވެގެން ދެއެވެ. އެއާއި ގުޅިގެން ހެލްޕަރ ޓީ ސެލް ތަކުގެ މިންވަރު މަދުވެ، ދިފާޢީ ބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތަކަށް، އަދި ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅި އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެދެއެވެ.

އެޗްއައިވީ ވައިރަސް އަށް ހިމޭންކަމާއެކު ދެމިހުރުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. މިގޮތުން މިވައިރަސް ހިމޭންކަންމަތީ ލޭގެ ހުދު ސެލް ގެ ވައްތަރު ތަކުގެ ތެރެއިން ލިމްފަސައިޓް އަދި މޮނަސައިޓް ތަކުގެ ތެރޭގައި ދެމިހުރެއެވެ. ބަލީގެ ނުރައްކާތެރި ޢަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ވަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަންމަތީ ހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. މިބުނިގޮތަށް ވައިރަސް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ. މިސާލަކަށް އެޕްސްޓޭންބަރ ވައިރަސް، ހެޕަޓައިޓިސްބީ ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ސައިޓޯމެގާލޯ ވައިރަސް، ސިފިލިސް، ކިހުނުވުން އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ.

އެއިޑްސް ބަލި ޖެހުމުން ފެންނާނެ ޢަލާމާތްތައް[އުނިއިތުރު ގެންނަވާ]

މިބަލީގައި ފެންނަ އަލާމާތްތައް 3 މަރުޙަލާ އަކަށް ބަހާލެވިދާނެ އެވެ.


ފުރަތަމަ މަރުހަލާ[އުނިއިތުރު ގެންނަވާ]

ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ.


ހިމޭން މަރުހަލާ[އުނިއިތުރު ގެންނަވާ]

ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ.


މުޅިހަށިގަނޑުގައި ގޮށްލުން[އުނިއިތުރު ގެންނަވާ]

މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.


ފަހު މަރުހަލާ[އުނިއިތުރު ގެންނަވާ]

މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ.




  • ޕްރޮގްރެސިވް މަލްޓިފޯކަލް ލޫކައެންކެފަލަޕަތީ: މިބަލި ޖެހުމުން ނާރު ސެލްގެ ވަށައިގެން ހުންނަ މައެލިން ފަށަލަ މަޑުމަޑުން ހަލާކުވަމުން ދެއެވެ. ޖޭސީ ވައިރަސްގެ ސަބަބުން ޖެހޭ މިބަލި އެއިޑްސް ބަލި ޖެހިފައި ތިބޭ 70 އިންސައްތަ މީހުންނަށް ކުރިމަތިވާ ކަމަށްވެއެވެ. މިބަލި ޖެހެނީ އާދަޔާ ޚިލާފަށް ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުންނެވެ.
  • ކްރިޕްޓަކޯކަލް މެނިންޖައިޓިސް: މިއީ ކްރިޕްޓަކޯކަސް ނިއުފޯމަންސް ކިޔޭ ފަންގަސް އެއްގެ ސަބަބުން ސިކުނޑިއަދި ސްޕައިނަލް ކޯޑް ވަށައިގެންވާ ދުލި ފަށަލަތައް ދުޅަވުމެވެ. މިބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ވަރުބަލިވުން، މޭނުބައިކުރުން، އަދި ހޮނޑުލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޢާންމު ކެންސަރުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

  • ކަޕޯސިސް ސާކޯމާ: މިއީ އެއިޑްސް ބަލީގެ އަހުލުވެރިންނަށް ޖެހޭ އެންމެ އާންމު ކެންސަރުގެ ވައްތަރެވެ. މި ކެންސަރު ޖެހުމުން ހަންގަނޑުގައި ދަނބުކުލައިގެ ފިތްގަނޑު ނުވަތަ ލައްތަކެއް ފާނޑުގެ އެއްޗެއް ނަގައެވެ.
ކަޕޯސިސް ސާކޯމާ ޖެހިފައިވާ މީހެއްގެ އަތުގައި ނަގާފައިވާ ފިތްތައް
  • ރަހިމުގެ ދޮރުގެ ކެންސަރު: އެއިޑްސް ބަލި ޖެހިފައިތިބޭ އަންހެނުންނަށް މިއީ ވަރަށް ގިނައިން ޖެހޭ ކެންސަރުގެ ވައްތަރެއްކަމަށް ފާހަގަ ކުރެވެއެވެ. މިކެންސަރު ޖެހެނީ ހިއުމަން ޕެޕިލޯމާ ވައިރަސް ގެ ސަބަބުންނެވެ.

އިތުރުފާލަންތައް[އުނިއިތުރު ގެންނަވާ]

އެޗް.އައި.ވީ/އެއިޑްސް ރިސޯސަސް:

HIV/AIDS associations and programs
ޑޮކިޔުމެނޓަރީ ތަކާއި ރިޕޯރޓްތައް

|}