ލިމްފަސައިޓް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: Lymphocyte) އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. މިއީ ސީދާ ދިފާއުކުރުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކެކެވެ. މިސެލްތަކުގެ 3 ވައްތަރެއް ހުރެއެވެ. ލިމްފަސައިޓްގެ މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.

ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް


ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ބީ ލިމްފަސައިޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބީ ލިމްފަސައިޓް

ބީ ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: B-Lymphocyte) އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ސެލް އެކެވެ. ބީ ލިމްފަސައިޓް އިން ހަށިގަނޑަށް ވަންނަ ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ(Antibodies) އުފައްދައެވެ.

ޓީ ލިމްފަސައިޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޓީ ލިމްފަސައިޓް

ޓީ ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: T-Lymphocyte) އަކީ ލިމްފަސައިޓްގެ ވައްތަރެކެވެ. ސެލްތައް ބޭނުންކޮށްގެން ހަށިގަނޑު ދިފާޢުކުރުން(Cell mediated immunity) ފުރިހަމަކުރުމުގައި ހިއްސާވަނީ ޓީ ލިމްފަސައިޓް ތަކެވެ.


ދިރިހުންނަ މުއްދަތު[އުނިއިތުރު ގެންނަވާ]

ލިމްފަސައިޓް ތައް ލިމްފް ޓިޝޫ ( ހުންކޮށި، ލިމްފް ގޮށް، ތައިމަސް )ތަކާއި، ލިމްފް ދިޔައާއި،ލެޔާއި ދެމެދު ދައުރުވެ،ދައުރުވެ ހުރެއެވެ. ލޭގައި އެތައް ގަޑިއިރެއްވަންދެން ލިމްފަސައިޓްތައް ދެމިހުރެއެވެ. މިސެލްތައް ވެސް ހަފްތާ،މަސް، އަދި އަހަރުތައް ފާއިތުވެދާއިރުވެސް ދިރިދެމިހުރެއެވެ]blimifocoliose