ރަހިމުގެ ދޮރުގެ ކެންސަރު
ވިކިޕީޑިއާ އިން
ރަހިމުގެ ދޮރުގެ ކެންސަރު އަކީ ރަހިމުގެ ކަރު އަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް އަށް ޖެހޭ ކެންސަރު ގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މިގުނަވަނަށެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރުގެ ތެރެއިން ދެވަނަ އަށް އެންމެ އާންމު ވައްތަރެވެ. މިއީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކެންސަރު ޖެހިގެން އަންހެނުން މަރުވުމަށް ދިމާވާ އެންމެ އާންމު ސަބަބުވެސް މެއެވެ.
ރަހިމުގެ ދޮރުގެ ކެންސަރު ޖެހެނީ އެހިސާބުގައި ހުންނަ ސެލްތަކަށް ބަދަލުތަކެއް އައިސް ދުވަސްތަކެއް ވަންދެން ހުރުމަށް ފަހުގައެވެ. މިވައްތަރުގެ ކެންސަރު ޖެހޭ މީހުންނަށް އޭގެ އަސަރު ފެންނަނީ ބަލި ޖެހުމަށްފަހު ގިނަ ދުވަސްވެ، ރަހިމުގެ ބޮޑު ބަޔަކަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބަލީގެ އަސަރު ފޯރާ ފަހުންނެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ފުރުޞަތު ބޮޑުވާ ކަންތައްތައް
- ޖެނިޓަލް ވޯރޓްސް ޖެހުން
- މާ ޅައުމުރުގައި ޖިންސީ ގުޅުން ހިންގަން ފެށުން ( އުމުރުން 16 އަހަރުވުމުގެ ކުރިން )
- ގިނަ މީހުންނާއި ޖިންސީ ގުޅުން ހިންގާ މީހެއްކަމުގައިވުން ، ނުވަތަ އެފަދަ ބައިވެރިޔަކު ޚިޔާރުކޮށްފައިވުން
- ދުންފަތުގެ އިސްތިއުމާލު ކުރުން
- ގިނަ ކުދިން ވިހެއުން
[އުނިއިތުރު ގެންނަވާ] އަލާމާތްތައް
ގިނަ ފަހަރަށް މިބަލީގެ އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ. އާންމުކޮށް ފެންނަ އަލާމާތްތަކަކީ: -
- ޖިންސީ ގުޅުން ހިންގުމަށް ފަހުގަޔާއި މައްސަރުކަންތައް ފެށުމުގެ ކުރިން ކުރިމަތިފަރާތުން ލޭއައުން. އަދި ބައެއް ފަހަރަށް އިއްދައިން ކެނޑިފައިތިބޭ މީހުންގެ ވެސް ކުރިމަތި ފަރާތުން ލޭއަންނަގޮތް މެދުވެރިވުން
- ދިގުމުއްދަތަކަށް ކުރިމަތި ފަރާތުން އެއްޗެތި އައުން. މިގޮތަށް އަންނަ އެއްޗެތި ކުލަ ފަނޑުކޮށް، ދިޔާކޮށް، ފިޔާތޮށި ކުލައިގައި، މުށިކުލައިގައި، ނުވަތަ ލެޔާއެކުވެފައި ވެސް ހުރެދާނެއެވެ. އަދި ބައެއް ފަހަރު ކުލަ ގަދަކޮށް ހުރުމާއެކު ނުބައި ވަސް ދުވުން ވެސް އެކަށީގެންވެއެވެ.
[އުނިއިތުރު ގެންނަވާ] ގިނަދުވަސް ވުމުން ފެންނަ އަލާމާތްތައް
- ކާހިތްނުވުން، ބަރުދަން ލުއިވުން، ވަރުބަލިވުން، ފައި ފޮއްސިވުން
- ޅިނދުކަށިގަނޑު، އުނަގަނޑު އަދި ފައިގައި ރިއްސުން
- ކުރިމަތި ފަރާތުން ބޮޑުކަމުދާ ނަޖީހުގެ އަސަރު ފެނުން
- އަމިއްލަ އިޚްތިޔާރެއްނެތި ކުޑަކަމުދާ ތަކެތި ބޭރުވުން
- ކުޑަކަމުދާ ނިޒާމްގެ ބަލިތައް އިތުރުވުން
[އުނިއިތުރު ގެންނަވާ] ރަހިމުގެ ދޮރުގެ ކެންސަރު ޖެހުމުގެ ކުރިން ސްކްރީންކޮށް ބެލުން
ރަހިމުގެ ދޮރުގެ ކެންސަރު ޖެހުމުގެ ކުރިން މިކަމަށް މަގުފަހިކޮށްދޭ ފަދަ އަލާމާތެއް ހުރިތޯ ބަލާ ސްކްރީން ކުރުން މުހިއްމެވެ. މިގޮތުން ސްކްރީން ކުރުމަށް ކުރެވޭ ތަހްލީލަކީ ޕެޕްސްމިއަރ ހެދުން އެވެ. ޕެޕްސްމިއަރ އިން ކެންސަރު ޖެހުމުގެ ކުރިން އެކަން ދެނެގަނެވި މިކަމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކުރަން ޖެހޭ ފަރުވާ ކުރުމަށް އެހީތެރިވެދޭނެއެވެ.
[އުނިއިތުރު ގެންނަވާ] ދެނެގަންނަގޮތް
ބަލި ދެނެގަތުމަށް ތަފާތު ތަހްލީލުތައް ކުރެވެއެވެ.
- ޕެޕްސްމިއަރ ހެދުން : މިއި ރަހިމުގެ ދޮރުމަތިން މަދު މިންވަރެއްގެ ސެލް ކޮޅެއް ނެގުމަށްފަހު، އެސެލްތަކުގައި އާދަޔާ ޚިލާފު އެއްވެސް ކަމެއް ހުރިތޯ ބެލުމަށް ކުރެވެ ތަހްލީލެކެވެ.
- ބޮޑުވާ ބިއްލޫރި އެކުލެވޭ އެއްޗެއް ބޭނުންކޮށްގެން ރަހިމުގެ ދޮރު މައްޗަށް ނުވަތަ ރަހިމުގެ ކަރު އަށް އެއްވެސް ބަދަލެއް އައިސްފައި ހުރިތޯ ބެލުން: މިކަމަށް ކިޔަނީ ކޮލްޕޮސްކޮޕީ އެވެ.
- ބަޔޮޕްސީއެއް ހަދައިގެން ކެންސަރު ހުރިތޯ ބެލުން
- ރަހިމުގެ ދޮރަށް ކެންސަރު ޖެހިފައި ހުރިކަން ސާބިތުވެއްޖެނަމަ ކައިރީގައި ހުރި އެހެން ގުނަންތަކަށް އޭގެ އަސަރު ފޯރާފައި ހުރިތޯ ބެލުމަށް އެހެން ތަހްލީލުތައް ހަދަން ޖެހިދާނެއެވެ. މިގޮތުން އެކްސްރޭ ނެގުން ، މަސާނާ އަދި ފުރަގަސް ފަރާތް އެތެރެއަށް ސްކޯޕެއް ނުވަތަ ކެމެރާއެއް ލައްވައިގެން ތަހްލީލު ކުރުން ހިމެނެއެވ.
[އުނިއިތުރު ގެންނަވާ] ފަރުވާ
- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން ( އަލިދޯދި ބޭނުންކޮށްގެންދޭ ފަރުވާ )
- ކީމޮތެރަޕީ ( އެންޓިބަޔޮޓިކް ބޭނުންކޮށްގެން ދޭފަރުވާ )