ލޭގެ ހުދު ސެލް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ލޭގެ ހުދު ސެލް ނުވަތަ (އިނގިރޭސި ބަހުން: White blood cell) އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ލޫކަސައިޓް(Leucocyte) އޭވެސް ކިޔައެވެ.ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ. އެވްރެޖްގޮތެއްގައި މިއަދަދު ހުންނަނީ 7000ގައެވެ.ލޭގެތަހުލީލު ތަކުން ލޭގެ ހުދު ސެލްތައް ލޭގައި ގިނަކަމަށް ދައްކައިފިނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ބައްޔެއް އަށަގަތުމެވެ.

ލޭގެ ހުދު ސެލްގެ ވައްތަރުތައް

ލޭގެ ހުދު ސެލްތަކުގެ ތެރޭގައި މައިގަނޑު 5 ބާވަތެއްގެ ސެލް ހިމެނެއެވެ.


ނޫޓްރަފިލް، އީއަސިނަފިލް، ބޭސަފިލް ތަަކަށް ގްރެނިޔުލޯސައިޓް(Granulocyte) އޭވެސް ކިޔައެވެ. މިހެން ކިޔަނީ މިބުނި ސެލްތަކުގެ ތެރޭގައި ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްސް ( Digestive enzymes) އެކުލެވޭ ގްރެނިއޫލް( Granule) ތަކެއް ހުންނާތީއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ގްރެނިއޫލް ތަކެކެވެ. އީއަސިނަފިލް ތަކުގައި ހުންނަނީ ރަތްއޮރެންޖް ކުލައިގެ ގްރެނިއޫލް ތަކެކެވެ. ނޫޓްރަފިލްގައި ހިމެނޭ ގްރެނިއޫލްތައް ހުންނަނީ ނޫފިޔާތޮށި ކުލައަށެވެ.


ނޫޓްރަފިލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޫޓްރަފިލް

ނޫޓްރަފިލް ނުވަތަ (އިނގިރޭސި ބަހުން: Neutrophil) އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ސެލްގެ ވައްތަރެވެ. ލޭގެ ހުދު ސެލްތަކުގެ 70-50 އިންސައްތަ ހިއްޞާކުރަނީ މިސެލްތަކެވެ. ބެކްޓީރިއާތަކާއި އިދިކޮޅަށް ހަށިގަނޑު ދިފާއުކުރުމުގައި އަސާސީ ދައުރެއް ނޫޓްރަފިލް އަދާކުރެއެވެ. ބެކްޓީރިއާ މަރާލުމުގެ ގޮތުން ނޫޓްރަފިލް ކުރާކަމަކީ ބެކްޓީރިއާ ދިރުވާލުމެވެ. މިގޮތަށް ދިރުވާލާ ދިރުވުމަށް ނުވަތަ ކާލުމަށް ފަގަސައިޓޯސިސް( Phagocytosis ) އޭ ކިޔައެވެ. ނޫޓްރަފިލް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 20-5އާއި ދެމެދުގެ އަދަދަކަށް ބެކްޓީރިއާ ދިރުވައެވެ.


އީއަސިނަފިލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އީއަސިނަފިލް

އީއަސިނަފިލް ނުވަތަ (އިނގިރޭސި ބަހުން: Eosinophil) އަކީ ދިފާޢީ ނިޒާމްގައި ބައިވެރިވާ ލޭގެ ހުދު ސެލް ގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ޕަރަސައިޓްގެ ސަަބަބުން ޖެހޭ އިންފެކްޝަން އިން ހަށިގަނޑު ދިފާއުކޮށް ހިމާޔަތްކުރުމުގައި މުހިއްމު ދައުރެއް މިސެލް އަދާކުރާކަން ފާހަގަ ކުރެވެއެވެ. ލޭގެ ހުދު ސެލްތަކުގެ 5-1 އިންސައްތަ ހިއްޞާކުރާ މިސެލްގެ ސައިޒުގައި 12-10 މައިކްރޯމީޓަރު ހުރެއެވެ. ލޭގެ ތެރޭގައި ނޫޓްރަފިލް 12-6 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ.


ބޭސަފިލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޭސަފިލް

ބޭސަފިލް ނުވަތަ (އިނގިރޭސި ބަހުން: Basophil) އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ މަދުން ހުންނަ ވައްތަރެވެ. މަސްޓް ސެލް]](Mast cell) އާއި، ބޭސަފިލް ތަކާ އެއްގޮތް ގޮތެއް ހުރެއެވެ. މިސާލަކަށް މިދެވައްތަރުގެ ސެލްގައި ވެސް ހިސްޓަމީން(Histamine) ރައްކާ ކުރެއެވެ. ހުންނާތީއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ގްރެނިއޫލް ތަކެކެވެ.


މޮނަސައިޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މޮނަސައިޓް

މޮނަސައިޓް ނުވަތަ (އިނގިރޭސި ބަހުން: Monocyte) އަކީ ދިފާޢީ ނިޒާމްގައި ހިމެނޭ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. ލޭގެ ހުދު ސެލްތަކުގެ 40-20 އިންސައްތަ ހިއްޞާކުރަނީ މޮނަސައިޓް ތަކެވެ. ލޭގެ ޒަރީޢާއިން އުފަންވާ އިންފެކްޝަން އަށަގަންނަތާ 12-8 ގަޑިއިރުގެ ތެރޭގައި އިންފެކްޝަން އަށަގަތް ހިސާބަށް މޮނަސައިޓް ވާޞިލް ވެއެވެެ.


ލިމްފަސައިޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލިމްފަސައިޓް

ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: Lymphocyte) އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. މިއީ ސީދާ ދިފާއުކުރުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކެކެވެ. މިސެލްތަކުގެ 3 ވައްތަރެއް ހުރެއެވެ. ލިމްފަސައިޓްގެ މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.