ކުޑަކަމުދާ ހޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުޑަކަމުދާ ހޮޅި
Female anatomy. (Urethra labeled at bottom left.)
Latin urethra feminina, urethra masculina
Gray's subject #256 1234
Precursor Urogenital sinus
MeSH urethra
Dorlands/Elsevier u_03/12838693

ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި ނުވަތަ (އިނގިރޭސި ބަހުން: Urethra) އަކީ އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

އެނަޓަމީ[އުނިއިތުރު ގެންނަވާ]

އަންހެނާގެ ކުޑަކަމުދާ ހޮޅި[އުނިއިތުރު ގެންނަވާ]

އަންހެނާގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނަކީ 2-1 އިންޗި އެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަން ގެ ދޮރާއި ކުޅަނދިލި އާ ދެމެދުގައެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މާ ދިގެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމް ގެ އިންފެކްޝަން އަންހެނުންނަށް ޖެހޭ މިންވަރު އިތުރެވެ.

ފިރިހެނުންގެ ކުޑަކަމުދާ ހޮޅި[އުނިއިތުރު ގެންނަވާ]

ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނުގައި 8 އިންޗި ހުރެއެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ ފިރިހެން ހަށި ގެ ކޮޅުންނެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މައިގަނޑު 3 ބަޔަކަށް ބަހާލެވިފައި ވެއެވެ. އަދި އެބައިތަކަށް ނަންދެވިފައިވަނީ އެބަޔެއް ހުރި ހިސާބާއި ގުޅޭގޮތަށެވެ.

ޕްރޮސްޓެޓިކް ކުޑަކަމުދާ ހޮޅި[އުނިއިތުރު ގެންނަވާ]

މިއީ ޕްރޮސްޓޭޓް ގްލޭންޑް ގެ ތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. ތަފާތު ލޮއި ނުވަތަ ހުޅުވުންތައް މިބައިގައި ވެއެވެ.

މެމްބްރޭނަސް ކުޑަކަމުދާ ހޮޅި[އުނިއިތުރު ގެންނަވާ]

މިއީ އެކްސްޓާނަލް ސްފިންކްޓަރ މަސްގަނޑު ގެތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 2-1 ސެންޓިމީޓަރު ހުރެއެވެ. މިއީ ކުޑަކަމުދާ ހޮޅީގެ އެންމެ ހަނި ބައެވެ. ބަލްބޯ ޔުރެތުރަލް ގްލޭންޑް ގެ މަގުތައް ކުޑަކަމުދާ ހޮޅި އަށް ހުޅުވިފައި ހުންނަނީ މިހިސާބުގެ ތެރޭގައެވެ. ނުވަތަ މިބައިގެ ތެރޭގައެވެ.މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ.

ޕިނައިލް ކުޑަކަމުދާ ހޮޅި[އުނިއިތުރު ގެންނަވާ]

މިއީ ފިރިހެންހަށީގެ ތެރެއިން ގޮސްފައިވާ ފިރިހެނާގެ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 16-15 ސެންޓިމީޓަރު ވަރު ހުރެއެވެ.މިބައި ގޮސްފައި އިންނަނީ ފިރިހެންހަށީގެ އޮނިގަނޑުގައިވާ ކޯރޕަސް ސްޕަންޖިއޯސަމް ގެތެރެއިންނެވެ. މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ.

ހިސްޓޮލޮޖީ[އުނިއިތުރު ގެންނަވާ]

  • ކުޑަކަމުދާ ހޮޅީގެ ފެށޭ ކޮޅު ހުންނަނީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ. އެއީ މަސާނާ ގައިވެސް ހުންނަ އެޕިތީލިއަމް އެވެ.
  • ކުޑަކަމުދާ ހޮޅީގެ މެދުގައި ހުންނަނީ ސްޓްރެޓިފައިޑް ކޮލަމްނާ އެޕިތީލިއަމް އެވެ.
  • ކުޑަކަމުދާ ހޮޅި ނިމޭކޮޅު ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް އެވެ.

ބަލިތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]