ބަލްބޯ ޔުރެތުރަލް ގްލޭންޑް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ނުވަތަ ކައުޕާރސް ގްލޭންޑް ތަކަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ކުދިކުދި ގްލޭންޑް ތަކެކެވެ. ނުވަތަ މިނިޒާމްގައި ހިމެނޭ ދެގްލޭންޑް އެވެ. ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ކައުޕާރސް ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް އަންހެނުންގެ ހަށިގަނޑުގައި އިންނަނީ ބާރތޮލިން ގްލޭންޑް އެވެ.

ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ހުންނަނީ ފިރިހެންހަށީގެ ބުނޑުގައި(ފެށޭ ހިސާބުގައި)، ކުޑަކަމުދާ ހޮޅީގެ ފުރަގަހުން އެއް އަރިމައްޗެއްގައެވެ. މިގްލޭންޑްތަކާ ކުޑަކަމުދާ ހޮޅި ގުޅައިދެނީ ކުޑަ މަގަކުންނެވެ. މިމަގު ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ކުޑަކުޑަ އޮށެއްގެ ސައިޒަށް ގުޅިފައި އިންނަ މިދެގްލޭންޑް އުމުރުން ދުވަސްވާ ވަރަކަށް އޭގެ ސައިޒުން ކުޑަވެއެވެ.