ކުޅަނދިލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަންހެނާގެ ކުރިމަޓި ފަރާތް
އަންހެނާގެ ކުރިމަތިފަރާތުގެ ތަޞްވީރު

ކުނޅަދިއްޔަކީ މަންމަލީގެ އަންހެން ޖިންސުގެ ހަށިގަނޑުގައި ވާޖިންސީ ގުނަވަނެކެވެ. ކުޑަކުޑަ ގޮބެއްހެން އިންނަ މިގުނަވަން އިންނާނީ ފިނދުގެ އެތެރޭ ދެތުންފަތް ގުލޭދިމާލުން ތިރީގައި ލޯވަލުގެ މަތީގައެވެ.ފިރިހެން ޖިންސީ ގުނަވަނާ ހިލާފަށް ، ކުޑަކަމުދާއެއްޗެހި ދަތުރު ކުރާ ހޮލިއެއް ކުނޅަދިލީ ތެރެއަކު ނީންނާނެ އެވެ. ކުނޅަދިލީގެ ހަމައެކަނި ބޭނުމަކީ ޖިންސީ އަރާމު ލިއްބައިދިނުމެވެ.

ކުޅަދިއްޔަކީ ވެސް ފަރުޖު ހިމެނޭ ހިސާބުގައިވާ ބައެކެވެ. ކުޅަދިނލި އިންނަނީ ކުޑަ ދެތުންފަތް މަތިން ގުޅިފައިވާ ހިސާބާއި ކައިރީގައެވެ. ކުޑަކަމުދާ ހޮޅީގެ ލޯވަޅަށްވުރެ މަތީގައެވެ. ބުނެވޭގޮތުގައި ފިރިހެނާގެ ހަށިގަނޑުގައިވާ ފިރިހެން ހައްޓާއި އެންމެ އެއްގޮތް އެއްޗެއްކަމަށް އަންހެނުންގެ ހަށިގަނޑުން ފެންނަށް އިނީ ކުޅަދިނލި އެވެ. ކުޅަދިނލީގެ ބޯ ކޮޅުގައި 8000 ނާރވް ނުވަތަ ނާރު ފައިބަރު ތައް ވާކަމަށް ބުނެވެއެވެ. ނަތީޖާއެއްގެ ގޮތުން ކުޅަދިނލި ހީވާގިކޮށް މުރާލިކުރުމުން ޖިންސީ އެދުންވެރިކަން ހިލި، ޖިންސީ އުފާ އިތުރުވާކަމަށް ވެއެވެ.