މަސާނާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Urinary bladder
Urinary system.
Bladder
Latin vesica urinaria
Gray's subject #255 1227
Artery Superior vesical artery
Inferior vesical artery
Umbilical artery
Vaginal artery
Vein Vesical venous plexus
Nerve Vesical nervous plexus
Lymph external iliac lymph nodes, internal iliac lymph nodes
Precursor urogenital sinus
MeSH Bladder
Dorlands/Elsevier v_07/12855244


މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.މަސާނާ ނުވަތަ (އިނގިރޭސި ބަހުން: Bladder) އަކީ އަކީ މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އޮންނަ އެތެރެ ހުސްކޮށްވާ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން ޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.

މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށް(Mucosa) ގެ ބޭރު ފަށަލަ ނުވަތަ އެޕިތީލިއަމް(Epithelium)ގެ ވައްތަރަކީ ޓްރާންސިޝަނަލް އެޕިތީލިއަމް(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ސްޓެރައިލް ގުނަވަނެކެވެ.

މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓާރސް(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.


މަސާނާގެ ބައިތައް[އުނިއިތުރު ގެންނަވާ]

  • ޓްރައިގޯން: މިއީ މަސާނާގެ ފާރުގައި ފަހަތުން ތިރީބައިގައި ތިނެސްކަން ބައްޓަމަން އިންނަ ތަނެކެވެ. ގުރުތާ މަސާނާ އަށް ވަދެފައި އިންނަނީ މިތަނުންނެވެ.
  • އޭޕެކްސް: މީޑިއަން އަމްބަލައިކަލް ލިގަމެންޓް މަސާނާ ގުޅެނީ މަސާނާގެ އޭޕެކްސް އިންނެވެ.
  • ކަރު:މަސާނާގެ ކަރާއި ޅިނދު ކަށިގަނޑު ގުޅުވާދެނީ އަންހެނުންގެ ހަށިގަނޑުގައި ޕިއުބޯ ވެސައިކަލް ލިގަމެންޓް(pubovesical ligament)ގެ ޒަރީޢާއިންނެވެ. ފިރިހެނާގެ ހަށިގަނޑުގައި ނަމަ ޕިއުބޯ ޕްރޮސްޓެޓިކް ލިގަމެންޓް(puboprostatic ligament)ގެ ޒަރީޢާއިންނެވެ.

މަސާނާގެ ފާރު[އުނިއިތުރު ގެންނަވާ]

  • ތެތް ދުލިފަށަލަ: މިތާގެ ބޭރު ފަށަލަ އެޕިތީލިއަމްގެ ވައްތަރަކީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ. މީގެ އިތުރުން ލެމިނާ ޕްރޮޕްރިއާ ވެއެވެ.
  • މަސް ފަށަލަ: މެދުން ވަށްކޮށް އެތުރިފައި ހުންނަ މަޑު މަސް ގެ ފަށަލައެއް ވާއިރު އެތެރޭއާއި ބޭރުގައި ހުންނަނީ ދިގަށް އެތުރިފައި ހުންނަ ދެމަސް ފަށަލައެވެ.
  • އެޑްވަންޓިޝާ އަދި ގުނަވަންތަކުގެ ވަށައިގެންވާ ޕެރިޓޯނިއަމް އަކީ އެންމެ ބޭރުގައިވާ ފަށަލަތަކެވެ.

މަސާނާގެ މަސް ފަށަލަ[އުނިއިތުރު ގެންނަވާ]

މަސާނާގެ މަސް ފަށަލަ(Detrusor muscle) އަކީ މަސާނާގެ ފާރުގައިވާ މަޑު މަސް ގެ ފަށަލަ އެކެވެ. މަސާނާ ދެމި ވާންވުމުން ޕަރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މިމަސް ފަށަލަ އަށް ކުރުގެޅުމަށް ނުވަތަ ކޮންޓްރެކްޓުވުމަށް ސިގްނަލް ދެއެވެ. މިއީ މަސާނާ އިން ކުޑަކަމުދާ ހޮޅި ހުރަސްކޮށް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައިދޭ ކަމެކެވެ. ކުޑަކަމުދާ ތަކެތި މަސާނާގައި ހަރުލައި ހުރުމަށް މަސާނާގެ ކައިރީގައިވާ ދެމަސްގަނޑު ކަމަށްވާ އަމިއްލަ ޒާތުގައި މަސައްކަތް ކުރާ އެތެރެއިން ލެވިފައިވާ އިންޓާނަލް ސްފިންކްޓަރ(Internal sphincter) އަދި އަހަރެމެންގެ ބާރު އޭގެ މައްޗަށް ފޯރުވޭ ބޭރުން ލެވިފައިވާ އެކްސްޓާނަލް ސްފިންކްޓަރ(External sphincter) ހުޅުވިފައި ހުންނަން ޖެހެއެވެ. މިދެންނެވި ދެމަސްގަނޑަށް މައްސަލަ ކުރިމަތިވެއްޖެނަމަ ފަހަރުވާ ނުހިފެހެއްޓުން ފަދަ މައްސަލައެއް ކުރިމަތިވުމަކީ ގާތް ކަމެކެވެ.

އާންމު ގޮތެއްގައި 620-400 އާއި ދެމެދުގެ މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި މަސާނާގައި ބަހައްޓައިދެއެވެ. އެކަމަކު ކުޑަކަމުދާ ތަކެތި ބޭރުވާ މަގު ބަންދުވެފައިވާނަމަ އޭގެ ދެގުނަ މަސާނާގައި މަސާނާ ފެޅުމެއްނެތި ހިފަހައްޓައިދެއެވެ. ކުޑަކަމުދާ ޢާންމުކޮށް ޖެހެނީ މިދެންނެވި މިންވަރުގެ 75 އިންސައްތަ މަސާނާ އަށް ޖަމާވުމުންނެވެ.

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]