ކަނޑިތީމު (ށ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Kanditheemu
Inhabited island
{{{pushpin_map_alt}}}
Kanditheemu
Kanditheemu
Location in Maldives
Coordinates: 06°26′20″N 72°55′00″E / 6.43889°N 72.91667°E / 6.43889; 72.91667Coordinates: 06°26′20″N 72°55′00″E / 6.43889°N 72.91667°E / 6.43889; 72.91667
ޤައުމުދިވެހިރާއްޖެ
Geographic atollMiladhummadulhu Atoll
Administrative atollShaviyani Atoll
މާލެއާއި ހުރި ދުރުމިން258.26 km (160.48 mi)
Government
 • Island ChiefAhmed Solah
Dimensions
 • ދިގުމިން1.720 km (1.069 mi)
 • ފުޅާމިން0.700 km (0.435 mi)
Population
 • Total1,400
Time zoneMST (UTC+05:00)

މި ރަށަކީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މިރަށް އޮންނަނީ އަތޮޅުގެ ހުޅަނގު އުތުރު ގައެވެ. މިރަށުގެ އުތުރާއި ދެކުނު ފަރާތުގައި ފަޅު އޮވެއެވެ. މިއީ ލަފާ ފުރަން ފަސޭހަ ރަށެކެވެ. މިރަށަށް ދެވިފައިވާ ކޯޑަކީ C1 އެވެ.

މީހުން[އުނިއިތުރު ގެންނަވާ]

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އާބާދީ[އުނިއިތުރު ގެންނަވާ]

2021 ވަނަ އަހަރުގެ ޖޫންމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަނޑިތީމުގެ އާބާދީ އަކީ 1621 މީހުން. އެއީ 830 އަންހެނުން. އަދި 791 ފިރިހެނުން.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.

މިރަށުގެ މަސްވެރިން، މަސްވެރިކަމުގެ ތަފާތު ވައްތަރުތަކަށް ވަރަށް ފަރިތައެވެ. އެންމެ އާއްމުކޮށް އެމީހުން ކުރާ މަސްވެރިކަމަކީ ދޮށީގެ މަސްވެރިކަމެވެ. ނަމަވެސް މީގެ އިތުރުން (ހާއްސަކޮށް ދޮށީގެ މަސްވެރިކަން ދޭރީވާ ދުވަސްވަރު) ލޭނު އެޅުމާއި، ފަރުމަހު މަސްވެރިކަމާއި، ހުއިފިލަނޑާ ނެގުމާއި އިހިވެރިކަން ކޮށް އުޅެއެވެ. މިހާރަކަށް އައިސް މަސްވެރިކަން ކުރާ އުޅަނދުތައް ބޮޑެތިކުރެވިފައި ވާތީ ލޭނުގެ މަސްވެރިކަމާ ދުރުވަން ވަނީ ފަށާފައެވެ. އޭގ ބަދަލުގައި އަލަށް ފެށި މަސައްކަތަކީ ކަންނެލީގެ މަސްވެރިކަމެވެ.

ތަންކޮޅެއް ކުރީގައި ރޮދުއެޅުމާއި ކަށިމިޔަރު މަސްވެރިކަން ވެސް މިރަށުގެ މަސްވެރިން ކާމިބުކަމާއެކު ކޮށްފައި ވެއެވެ. އަދި އޭގެ ކުރިން މާކެޔޮޅުކަން ވެސް ކޮށްފައި ވެއެވެ. ނަމަވެސް މިހާރު މި މަސައްކަތްތައް ތަފާތު ސަބަބުތަކާ ހުރެ ވަނީ މުޅިން ނެތިފައެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

ކުރީގެ ހުކުރު މިސްކިތް[އުނިއިތުރު ގެންނަވާ]

ދިވެހި ބަސް ލިޔާ ތާނައަކުރު ގެ ތާރީޚު މި މިސްކިތާ ވަނީ ގުޅިފައެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެންމެ ކުރީގެ ތާނަ ލިޔުމެއް ފެނިފައިވަނީ ކަނޑިތީމު ގަބުރސްތާނުގައި ހުރި މި މިސްކިތުންނެވެ. މި މިސްކިތުގެ އުތުރުފަރާތު ދޮރުގެ ދެފަރާތުގެ ފިލާގަނޑުގައި ތާނައިން ކަނޑާނަގައި ލިޔެފައިވަނީ "ހާހާވިހިވަނައަހަރުފަށްގެލީކަމުހަދާށް" މިހެނެވެ. އެއީ ހިޖުރައިން 1020 ވަނަ އަހަރު އެ މިސްކިތުގައި ފަންގި ލާފައި ޖަހާފައި އޮތް ތާރީހެއް ކަމަށް ބެލެވެ އެވެ.

1900 ގެ ފަހުކޮޅުގައި އެ މިސްކިތް ވަރަށް ބޮޑަށް ވީރާނާވެފައި ހުއްޓާ އެތާ ކައިރީގައި އެހެން މިސްކިތެއް އިމާރާތްކޮށް އެ މިސްކިތް ތަޅާލީއެވެ. އެ މިސްކިތުގެ ގާފޮޅު އަދިވެސް ގަބުރުސްތާނުގައި ފެންނަން އެބަ ހުއްޓެވެ. އެއީ އުވައިން ރާނައި ދެފަރާތުގައި އުވަ ޖަހާ ފުރާޅުގައި ޓިނު ޖަހާ ހިޔާކޮށްފައިވާ މިސްކިތެކެވެ. މިސްކިތް ތަޅާލުމާ ހަމައަށްވެސް އެތާގައި ކަށުނަމާދު ކޮށް އުޅުނެވެ.

ކާޑުގެ[އުނިއިތުރު ގެންނަވާ]

މިއީ ރައްޔިތުންގެ އާމްދަނީން ހޯދާ މުދާ ގުދަންކުރުމަށާއި ވިޔަފާރިއަށް ބެނުންކުރުމަށް ހަދާފައިވާ ބޮޑު އިމާރާތެކެވެ. އިމާރާތް ކުރެވިފައި ވަނީ ލަކުޑި ޑެކް އަޅައިގެން ދެ ބުރިއަށެވެ.

ކުރީ ޒަމާނުގައި މި ކާޑުގޭގައި ރަށުން އުފައްދާ އެކިއެކި ބާވަތްތަކާއި ރާއްޖޭން ބޭނުން، ހާއްސަކޮށް އިންޑިޔާއިން ގެނެވޭ މުދާ ވިއްކާ ފިހާރައެއްގެ ގޮތުގައި ބޭނުންކުރި މި ތަނެވެ. އެ ޒަމާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހުން އައިސް ކާޑުގެއިން ވިޔަފާރި ކޮށް އުޅުނު ކަމަށް އޭރުގެ މީހުން ބުނެއެވެ. ބައެއް ފަހަރު މިތަނުގައި ހުންނަ މުދަލަކީ އޭރު މާލެއިން ވެސް ނުލިބޭ ތަކެތި މަކަށް ވާތީ އެ ރަށުންވެސް މީހުން އައިސް ވިޔަފާރި ކޮށް އުޅުނު ކަމުގެ ވާހަކަތައް އިހުގެ މިހުން ކިޔައިދެއެވެ.

ރައްޔިތުންގެ ބޭސްފިހާރަ އިމާރާތްކުރުމުގެ މަސައްކަތް ކުރި ދުވަސްވަރު މި އިމާރާތް ވަނީ ތަޅާލައި ބިން ސާފު ކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ ބޭސް ފިހާރަ އިމާރާތް ކުރެވުނީ ކާޑުގެ ހުރި ތަނުގައެއް ނޫނެވެ. ކާޑުގެ އިމާރާތް ހުރީ މިހާރު 'ސައިބަރކެފޭ' އިމާރާތް ހުރި ހިސާބުން ފެށިގެން އިރަށް ގާތްގަނޑަކަށް 3 ކޮޓަރީގެ ދިގުމިގުގައެވެ.

ބޭރު ދަތުރުކުރާ ބައްތެލި[އުނިއިތުރު ގެންނަވާ]

މިއީ އަވައްޓެރި ގައުމުތަކަށް ވިޔަފާރި ދަތުރު ކުރުމަށް ބޭނުންކުރި ރައްޔިތުންގެ ނާލު ބައްތެއްޔެކެވެ. މިބައްތެއްޔަށް ދީފައިވާ ނަމަކީ "ނާއިންފަރު" މި ނަމެވެ.

އެ ޒަމާނުގައި ރާއްޖެއިން ބޭރަށް ވިއްކަން ގެންދަނީ ހިކި ކަނޑުމަހާއި، ކާއްޓާއި، ބޮއްޔާއި ރޯނު ފަދަ ތަކެއްޗެވެ. މި ތަކެތި ވިއްކާފައި ލިބޭ ފައިސާއަށް، ކާޑުގެ ބާވަތްތަކާއި، އެތަނަކުން ލިބެން ހުންނަ ބޭނުންތެރި މުދާ ގަނެގެން ރަށަށް ގެނެއެވެ. އަދި މި ތަކެތި "ކާޑުގެ" ގައި ވިއްކައެވެ. އެދުވަސްވަރު، މުދާ ގަންނަން ދުރު ރަށްރަށުން މީހުން މިރަށަށް އައިސް އުޅުނެވެ.

ބައްތެލި ރާއްޖެއިން ބޭރަށް ކުރީ މުޅިއެކު 3 ދަތުރެވެ. ސަރުކާރުން ލަކުޑި އޮޑިފަހަރުގައި ބޭރު ދަތުރުކުން މަނާކުރުމުގެ ގޮތުން ގަވައިދަށް ގެނައި ބަދަލާކާ އެކު މިފަދަ އުޅަނދު ރާއްޖެއިން ބޭރަށް ދަތުރުކުރުން ހުއްޓުނީއެވެ.

ރަށްވެހިގެ (އުޖާލާ ވިދުވަރު)[އުނިއިތުރު ގެންނަވާ]

މިއީ، މިހާރު ސިއްހީ މަރުކަޒު އެހުރި ތާނގައި ކުރިން ހުރި އިމާރާތެކެވެ. ޒަމާންތަކެއް ވަންދެން ރަށު އޮފީސް ހިންގީ މި އިމާރާތުގައެވެ.

ރާނައި، އުވަ ޖަހައި، ލަކުޑި ޑެކް އަޅައި، ދެ ބުރިއަށް ހެދިފައިވާ މި އިމާރާތުގެ ދެފަރާތުގައި ފެންޑާ ލެވިފައި ވެއެވެ. އިމާރާތް ކުރެވިފައި ވަނީ ރަށަށް ޒިޔާރަތް ކުރާ މެހުމާނުން ނިދުމަށް ބޭނުން ކުރެވޭ ގޮތަށެވެ. ފުރާޅުގައި ހުރީ އީޓު ޖަހައިފައެވެ.

މިހާރު ކައުންސިލް އިދާރާ ހިންގަމުން އެދާ އިމާރާތް ބިނާ ކުރެވުމާ އެކު، އުޖާލާވިދުވަރު އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލެވުނެވެ. އޭގެ ފަހުން ދުވަސް ކޮޅަކަށް މި އިމާރާތް ޕްރީ ސްކޫލެއްގެ ގޮތުގައި ބޭނުން ކުރެވުނެވެ. އަދި އެއަށްފަހު، 1998 ވަނަ އަހަރު ބަނދަރުގެ މަސައްކަތް ކުރަމުން ދިޔައިރު ގުދަނެއްގެ ގޮތުގައި ބޭނުންކުރެވުނު ހަނދާނެއް ވެސް ވެއެވެ.

މި އިމާރާތް ތަޅާ ސުންނާފަތިކޮށްލީ، އެެތަނުގައި ސިއްހީ މަރުކަޒު ބިނާކުރުމަށެވެ.

ޒިޔާރަތް[އުނިއިތުރު ގެންނަވާ]

ޒިޔާރަތް ހުންނަނީ ގަބުރުސްތާނު ތެރޭގައެވެ. ރާނައި ހިޔާކޮށްފައިވާ ޒިޔާރަތުގެ އެތެރޭގައި ލަކުޑި ޒިޔާރަތެއް ހުރެއެވެ. ލަފާކުރެވޭ ގޮތުގައި އަސްލު ޒިޔާރަތަކީ މިބުނި ލަކުޑި ޒިޔާރަތެވެ. އެތަން ހަލާކުވެދާނެ ކަމަށްޓަކައި އޭގެ ބޭރުން ފާރު ރާނައި ހިޔާކޮށްފައި ވަނީއެވެ.

މިއީ ނަދުރު ބުނާ ޒިޔާރަތެކެވެ. އެކި ބޭނބުންތަކުގައި ނަދުރު ބުނެ ހަދިޔާކޮށްފައިވާ ކާށި އެތާގައި ފުންޏަކަށް ހުރެއެވެ.

މީގެ އިތުރުން ރަށުގައި މަހަށް ފުރާ ކޮންމެ ދޯންޏަކުން ޒިޔާރަތަށް ދަނޑިމަސް ދޭން ޖެހެއެވެ. ދަނޑިމަސް ދޭނީ ޒިޔާރަތް ބަލަަހައްޓާ މީހާއަށެވެ. ޒިޔާރަތް ބަލަހައްޓަނީ މަތިފުށު ވާރުތައިން ކަނޑައެޅޭ މީހެކެވެ. އަދި އަހަރަކު އެއްފަހަރު ޒިޔާރަތްފުޅު މައުލޫދު ކިޔުން އޮންނާނެއެވެ.

ރަށްވެރިކަން[އުނިއިތުރު ގެންނަވާ]

ކަނޑިތީމުގެ ކަތީބުކަން ކުރެއްވި ބޭފުޅުން

  • އަލީ ކަތީބު (ރަމީޒް ކަތީބު ބައްޕަ)
  • އަބްދުﷲ ރަމީޒް
  • އަބްދުލްޣަނީ އިދުރީސް
  • އަހްމަދު ސަލާހް

ފުރަތަމަ ކައުންސިލް (2011-2014)[އުނިއިތުރު ގެންނަވާ]

  • ނަސްރުﷲ އަބްދުލްޣަނީ (ރައީސް)
  • އިބްރާހިމް އާރިފް (ނައިބު ރައީސް)
  • އަހްމަދު ޝަހީމް
  • މަރްޔަމް ޝަރުމާ
  • އަބްދުލް ހަސީބް

ދެވަނަ ކައުންސިލް (2014-2017)[އުނިއިތުރު ގެންނަވާ]

  • އަލީ ރިފާޒް (ރައީސް)
  • މުޙައްމަދު ފަހުމީ (ނައިބު ރައީސް)
  • އިނާޔާ އަލީ ޝާކިރު
  • ހުސައިން ނަބީލް
  • ނަސްރުﷲ އަބްދުލްޣަނީ (އިސްތިއުފާ 2015)
  • އާދަމް އަލީ (ނަސްރުﷲ އިސްތިއުފާ ދިނުމުން އަލުން ހޮވުނު)

ތައުލީމު[އުނިއިތުރު ގެންނަވާ]

މަކްތަބް[އުނިއިތުރު ގެންނަވާ]

ރަށުގައި ތައުލިމު ދިނުމަށް ރޭވިގެން ނުވަތަ ވަކި ނިޒާމަކަށް އެންމެ ފުރަތަމަ ހެދުނު މަރުކަޒަކީ ކުރީގެ މަކްތަބެވެ. ށަވިޔަނި އަތޮޅު މަދަރުސާ އިމާރާތް ކުރެވި ކިޔަވައިދިނުން ފެށުމަށް ފަހު މި މަކްތަބުގައި ކިޔަވައިދިނުން ހުއްޓާލިއެވެ. މި އިމާރާތް ފަހުން ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ދުވަސްތަކެއް ވަންދެން ބޭނުން ކުރެވުނެވެ. އަދި އިންޖީނުގެ އާ އިމާރާތަކަށް ބަދަލުކުރެވުމުން ކޭބަލް ޓީވީ ގެ ހިދުމަތް ދޭ މަރުކަޒަކަށް މި އިމާރާތް ބޭނުންކުރަން ފެށުނެވެ.

މިއީ ރަށުގެ ހުރިހައި ކުދިންނަށް އަސާސީ ތައުލީމު ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރައްޔިތުންގެ ހިންގާ މަކްތަބެކެވެ. ކުރިކޮޅުގައި ނައިފަރުގެ މުދައްރިސަކު ގެނެސްގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ފަހުން މުދައްރިސުންގެ ގޮތުގައި މުޅިންވެސް ތިބީ ރަށުގެ އެކިއެކި މީސްމީހުންނެވެ. ރަށުގެ ކަތީބުންނާއި މުދިމުންގެ އިތުރުން ވެސް އެކިއެކި ކަމުވޮށިން މަކްތަބުގެ މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

މިއީ އުވައިން ރާނައި އީޓު ޖަހައި ހިޔާކޮށްފައިވާ އިމާރާތެކެވެ. ޖާގައިގެ ދަތިކަން ކުރިމަތި ވުމުން، މި އިމާރާތުގެ އުތުރުން، ދަނޑިފަނުގެ އިމާރާތެއް ކުރެވި ބޭނުން ކުރެވުނެވެ.

ށަވިޔަނި އަތޮޅު މަދަރުސާ[އުނިއިތުރު ގެންނަވާ]

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަނޑިތީމުގައި އަތޮޅުމަދަރުސާ ބިނާކުރެވި ކިޔެވުން ފެށުނީ 1986 ޖެނުއަރީ 23 ގައެވެ. މި މަދަރުސާގައި މިހާރު މަތީ ސާނަވީ އާ ހަމަޔަށް ކިޔަވައިދެއެވެ.

ކަނޑިތީމު ޕްރީސްކޫލް[އުނިއިތުރު ގެންނަވާ]

ކުރިން ޕްރީ ސްކޫލް ހިންގާފައިވަނީ ރަށުގެ އަންހެނުންގެ ކޮމިޓީންނެވެ.

މިއީ ދަރިވަރުން އަތުން ފީނަގައިގެން ހިންގި (ޕްރައިވެޓް) ސްކޫލެކެވެ. މި ސްކޫލްގައި ބޭބީނާސަރި، އެލް ކޭ ޖީ އަދި ޔޫ ކޭޖީ ލެވެލް ތަކަށް ކިޔަވައިދޭ ކްލާސްތައް ހިންގައެވެ.

މިހާރު ސަރުކާރުން ޕްރީސްކޫލުގެ ޚިދުމަތް ދޭން ފެށުމާއި އެކު ށ.އަތޮޅު މަދަރުސާގައި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ޕްރީ ސްކޫލްގެ ޚިދުމަތް ލިބެެވެ. އޭގެ އިިތުރުން ބޭބީ ނަސަރީ ލެވެލްގެ ކުދިންނަށް ޕްރީ ސްކޫލުގެ ޚިދުމަތްދެނީ އަލް އުލާ ޤްރާން ކުލާހުންނާއި އަދި އަލިވާ ޤުރްއާން ކުލާހުުންނެވެ.

ކްލަބް ޖަމިއްޔާ[އުނިއިތުރު ގެންނަވާ]

  • ކޭލި ޖަމިއްޔާ
  • ދި އެކޯސްޓިކްސް
  • ކީ ޖަމިއްޔާ
  • ފެކްޓް އެސޯސިއޭޝަން (މިހާރު ވަނީ އުވާލެވިފައި)

ވެބްސައިޓް[އުނިއިތުރު ގެންނަވާ]

ކަނޑިތީމުގެ ޚަބަރާއި މަޢުލޫމާތު އާއްމުރައްޔިތުންނާއި ހަމައަށްގެނެސްދިނުމަށްޓަކައި ކަނޑިތީމުގެ ޒުވާނަކު އިސްނަގައިގެން 2009 ވަނަ އަހަރުންފެށިގެން އަންނަނީ ކަނޑިތީމު އޮންލައިންގެ ނަމުގައި އޮންލައިން ނޫހެއް ހިންގަމުންނެވެ. މި ނޫހުގެ ފަރާތުން ކަނޑިތީމުގެ އެންމެފަހުގެ ޚަބަރާއި މަޢުލޫމާތު ދުވަހުން ދުވަހަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެއެވެ. އަދި މިނޫހުގެ ފޭސްބުކް ޕޭޖުގައި ކަނޑިތީމުގައި ހިންގާ އެކިހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯ ހިއްސާކުރެއެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް