ޓަންޓެކްސް ސްކައި ޓަވަރ: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: pnb:ٹنٹیکس سکائی ٹاور
m r2.7.3) (Robot: Modifying sk:Tuntex Sky Tower to sk:Kao-siung 85 ta-lou
ފޮޅުވަތް 39: ފޮޅުވަތް 39:
[[pt:Tuntex Sky Tower]]
[[pt:Tuntex Sky Tower]]
[[ru:Тантекс Скай Тауэр]]
[[ru:Тантекс Скай Тауэр]]
[[sk:Tuntex Sky Tower]]
[[sk:Kao-siung 85 ta-lou]]
[[sv:Tuntex Sky Tower]]
[[sv:Tuntex Sky Tower]]
[[th:ทุนเท็กซ์สกายทาวเวอร์]]
[[th:ทุนเท็กซ์สกายทาวเวอร์]]

14:14, 14 ޖެނުއަރީ 2013ގެ ނުސްހާ

ޓަންޓެކްސް ސްކައި ޓަވަރ

ޓައިވާންގެ ކައޯޝިން ސިޓީގެ ލިންގޔާ ޑިސްޓްރިކްޓްގައި ހުންނަ ޓަންޓެކްސް ސްކައި ޓަވަރަކީ އެޢިމާރާތް ބިނާކޮށް ނިމުނު އިރު ޓައިވާންގައި ހުރި އެންމެ އުސްޢިމާރާތްކަމުގައި ވިއެވެ. 1994 ވަނަ އަހަރު ޢިމާރާތްކުރުމުގެ މަސައްކަތް ފެށި މިޢިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަންފަށާފައި ވަނީ 1997 ވަނަ އަހަރުއެވެ.

ޢިމާރާތުގެ އޮނިގަނޑުގެ އުސްމިނުގައި 1140 ފޫޓު ( 347.5 މީޓަރު ) ހުންނައިރު އެޤޢިމާރާތުގެ އެންމެ މަތީގައި ހުންނަ އެންޓަނާއާއެކު ޖުމްލަ އުސްމިނަކީ 1240 ފޫޓް( 378 މީޓަރު) އެވެ. ޖުމްލަ 85 ފަންގިފިލާ ހުންނަ މިޢިމާރާތަކީ އޮފީސް ޢިމާރާތެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެކެވެ. ނަމަވެސް މިޢިމާރާތުގައި މީހުން ދިރިއުޅޭ ބައެއް އެޕާޓްމަންޓްތަކާއި ޑިޕާޓްމަންޓް ސްޓޯރެއްވެސް ހުރެއެވެ.

ޒަމާނީ އެތައް ފަސޭހަތަކަކާއެކު ބިނާކޮށްފައިވާ ޓަންޓެކްސް ސްކައި ޓަވަރުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އެޢިމާރާތުގެ އެންމެ މަތީ ފަންގިފިލާގައިވާ އޮބްޒަވޭޝަން ޑެކަށް އެރުމަށްޓަކައި ބަހައްޓާފައި ހުންނަ އެލެވޭޓަރެވެ. މި އެލެވޭޓަރަކީ ސުކުންތަކު 33 ފޫޓަށް ދަތުރުކުރެވޭ އެލެވޭޓަރެކެވެ.

ޓައިވާންގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓަންޓެކްސް ކުންފުނިން ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ ޓަންޓެކްސް ސްކައި ޓަވަރު ފަރުމާކުރީ ސީ.ވައި. ލީ އެންޑް ޕާޓްނަރސްއާއި ހެލްމަތު، އޮބޭޓާ އަދި ކަސަބައުމް ނަމަކަށްކިޔާ ފަރުމާކުރާ ކުންފުނިތަކެއް ގުޅިގެންނެވެ.

ޓަންޓެކްސް ސްކައި ޓަވަރަކީ އާދަޔާ ޚިލާފުގޮތަކަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. މިތަން ފަރުމާކޮށްފައިވަނީ 39 ފަންގިފިލާ ހިމެނޭ ދެބަޔާއި އެދެބަޔާ ގުޅިގެން މެދުގައި ޓަވަރެއް ހުންނަ ގޮތަށެވެ. އެހެންކަމުން މިޢިމާރާތުގެ މެދުބައިގެ ދަށުގައި ވަރަށް ބޮޑު ހުސްތަނެއް އޮވެއެވެ.

މިޢިމާރާތް ފަރުމާކުރުމުގައި ސަމާލުކަން ދީފައިވާ ކަމަކީ ޗައިނާގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭ " ކާއޯ" ޚިޔާލަށެވެ. ޗައިނާ ބަހުން ކާއޯ ނުވަތަ ގާއޯގެ މާނައަކީ ދިގުކަމެވެ. މިކާއޯއަކީ ޓައިވާންގެ މިސިޓީގެ ނަމާވެސް ގުޅިފައިވާ ބަހެކެވެ. އެހެންކަމުން ޓަންޓެކްސް ޓަވަރަކީ ޒަމާނީ ފަސޭޙަތަކާއި ޒަމާނީ ކުލަތަކުގެ އިތުރުން ޗައިނާގެ ޘަޤާފަތާވެސް ގުޅިފައިވާ ފުރިހަމަ ބިނާއެކެވެ.

ޓަންޓެކްސް ސްކައި ޓަވަރަކީވެސް އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި ޓައިވާން އޮތް ދުވަސްވަރު ބިނާކޮށްފައިވާ ތަނަކަށް ވުމުން އެތަން ބިނާކުރުމުގެ މަސައްކަތްވެސް ކުރުވާފައިވަނީ އިނގިރޭސީންނާ އެންމެ ގާތްގުޅުމެއް އޮންނަ އެމެރިކާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ލައްވައެވެ. އެގޮތުން ޓަންޓެކްސް ސްކައި ޓަވަރ ބިނާކުރުމުގެ މަސައްކަތްކުރީ އެމެރިކާގެ ނިއުޔޯކްގެ ކުންފުންޏެއްކަމަށްވާ ޓަރނަރ އިންޓަރ ނޭޝަލްގެ ކޮންސްޓްރަކްޝަން ކުންފުނި ޓާނަރ ކޮންސްޓްރަކްޝަން އިންނެވެ.

މަރުޖިޢުތައް

  • ދުވަހު ނޫސް ރާއްޖެ ގެ ލިޔުމަކުން