މޭޒު: Difference between revisions
m r2.7.2) (ރޮބޮޓ އިތުރު ކުރުނ: chy:Táxemésêhestôtse |
m r2.7.2) (ރޮބޮޓ އިތުރު ކުރުނ: gv:Boayrd |
||
ފޮޅުވަތް 54: | ފޮޅުވަތް 54: | ||
[[gd:Bòrd (àirneis)]] |
[[gd:Bòrd (àirneis)]] |
||
[[gl:Mesa]] |
[[gl:Mesa]] |
||
[[gv:Boayrd]] |
|||
[[he:שולחן]] |
[[he:שולחן]] |
||
[[hr:Stol]] |
[[hr:Stol]] |
20:57, 15 ޑިސެމްބަރު 2012ގެ ނުސްހާ
މޭޒަކީ އިށީނދެގެންހުންނަ އިރު ހެޔޮވަރެއްގެ އުސްމިނެއްގައި ކާތަކެއްޗާއި އެހެނިހެންތަކެތި ބެހެއްޓުމަށް ގެންގުޅެވޭ ފަރުނީޗަރެކެވެ. އާއްމުގޮތެއްގައި ބޭނިންކުރެވޭ މޭޒުތައް ބޭނުންކުރެވެނީ ގޮނޑިތަކާއި އެކުގައެވެ. އެހެންނަމަވެސް ހުރިހާ މޭޒެއްގައި ތަކެތި އަޅައި ރައްކާކުރާނެ ވައްގަނޑެއް ނުހުރެއެވެ. އެހެންނަމަވެސް ވައްގަނޑެއް ހުންނަ މޭޒެއް ނަމަ އެއަށް ކިޔަނީ އެހެންނަމެކެވެ. މިގޮތުން މިބާވަތުގެ ތެރޭގައި <ކޮމޯޑްސް>،<ލޯބޯއިސް> އަދި ހެދުންއަޅާމޭޒުގެ ބާވަތްތައް ހިމެނެއެވެ.
މިބަހުގެ ހަޤީގަތް
"މޭޒު" މިބަސް އައިސްފައިވަނީ ފްރެންޗް ބަހެއްކަމަށްވާ ޓޭބަލް"' އަދި ގަދީމީ އނގިރޭސި ޓޭބެލް އިންނެވެ. މިދެބަހުގެވެސް އަސްލަކަށް ވެފައިވަނީ ލެޓިން ބަހެއްކަމަށްވާ ޓެބިޔުލާ މިބަހުންނެވެ. މީގެ މާނައަކީ ތުނި ވަކި ބޮޑުމިނެއްގެ ދިގު ފިލާގަނޑެވެ. މަސައްކަތް ކުރުމުގައި ހާއްސަގޮތެއްގައި ބޭނުންކުރެވޭ މޭޒަށްކިޔައި އުޅެނީ މަސައްކަތުމޭޒެވެ.
މެޒުގެ ތަފާތު ބާވަތްތައް
- އެނދެދޮށު މޭޒަކީ ނިދާކޮޓަރީގައި ބަހައްޓާ މޭޒެކެވެ. މިމޭޒަކީ ސޯނާގަޑި އާއި ނިދާބޮކިފަދަ ނިދާ ތެދުވުމަށް ގެންގުޅެވޭ ސާމާނު ބަހައްޓައި ހަދާ މޭޒެކެވެ.
- ކުރަހާމޭޒަކީ ވަކި ގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ލަންބާލެވޭ ފަދަ ގޮތަކަށް ހުންނަ ހާއްސަ މޭޒެކެވެ. އެއީ ތިމާގެ ހުނަރު ދައްކައިލެވޭ ފަދަ ކުރެހުމެއް ކުރެހުމަށެވެ. ފަތިގަނޑެއްފަދަ ކުރެހުމަށް ބޭނުންކުރެވޭ އާލާތެއްވެސް މިމޭޒާއެކު ހުރެއެވެ،
- ކޮފީ މޭޒަކީ <ސިޓިންގ ރޫމް> ގައި އިށީނދެއިނދެގެން ހުންނައިރު ބޭނުންކުރުމަށް ފޮތްތަކާއި ބުއިންތައް ބަހައްޓުމަށް ބޭނުންކެރެވޭ ކުޑަމޭޒެކެވެ.
- ރާޒުވާމޭޒަކީ ރާޒުވާކުޅުމަށް ބޭނުންކުރެވޭ ކުޑަމޭޒެކެވެ.
ބޭނުންތައް
ވަގުތީގޮތުން ފަރިއްކޮޅު ތައްޔާރު ކުރެއްވުމަށްފަހު ތަށިތަކާއި މޭވާފަދަ ތަކެތި ބެހެއްޓުމަށް މޭޒު ބޭނުންކުރެވެއެވެ. ހަމައެހެންމެ މޭޒު ޗާޓުތަކާއި ގަނޑުތައް ލިޔެކިޔެހަދާއިރު ފަތުރާލުމަށް ބޭނުންކުރެވެއެވެ. އަދި އެކަކުގެ މަސައްކަތްތެރިކަން ދައްކާލުމަށާއި އޭނާ އަތުން ހިފައިގެންގުޅޭ ތަޅުދަނޑީގައިލާތަކެއްޗާއި ގަލަން ފަދަ ސާމާނުތައް ބެހެއްޓިދާނެއެވެ. މޭޒުތައް ބައެއްފަހަރު އެހެން ފަރުނީޗަރުތަކުގައިވެސް ބޭނުންކުރެވެއެވެ. މޭޒުމަތީގައި ތަކެތި ވަގުތީގޮތެއްގައި ބެހެއްޓުމުގެ ބަދަލުގައަ ދާއިމީގޮތުންވެސް ބެހެއްތިދާނެއެވެ. މިގޮތުން މޭޒުމަތީގައި ޓީވީއެއް ނުވަތަ ކޮމްޕިއުޓަރެއް ނުވަތަ ފަރުމާ ކުރުމުގެ ގޮތުން (މާވަށިގަނޑާއި މޭޒުމަތީގައި އަޅާފޮތިގަނޑު) ބެހެއްޓުން ހިމެނެއެވެ.
ގަދީމީ ގޮތުންމޭޒު
އެންމެ ފުރަތަމަ މޭޒު އުފައްދައި ބޭނުންކުރީ ގަދީމީ މިސްރު މީހުންނެވެ. އެއީ އެމީހުން އިށީނދެ ހެދުމަކަށް ނޫނެވެ.