ކަށި ވިދުރި
ކަށި ވިދުރި(އިނގިރޭސި ބަހުން: smallpox) އަކީ ޑީއެންއޭ ވައިރަސް ތަކުގެ ތެރޭގައި ހިމެނޭ ޕޮކްސް ގްރޫޕްގެ ވައިރަސްގެ ތެރޭގައި ހިމެނޭ ވޭރިއޯލާ ވައިރަސް ގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ވޭރިއޯލާ ވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށި ވިދުރި ޖައްސާ ވޭރިއޯލާ މޭޖަރ ވައިރަސް އަދި އެލަސްޓްރިމް ކިޔާ ބައްޔެއް ޖައްސާ ވޭރިއޯލާ މައިނަރ ވައިރަސް އެވެ.
ބަލިޖެހުން
[އުނިއިތުރު ގެންނަވާ]މިބަލި ޖެހެނީ ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ. ވައިރަސް ހަށިގަނޑަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ރުމާ ފަދައެއްޗެއް ބޭނުންކުރުން، ނުވަތަ ވައިރަސް އާ ތަޣައްޔަރުވެފައިވާ އެއްޗެއް ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުމުންނެވެ.
ޢަލާމާތްތައް
[އުނިއިތުރު ގެންނަވާ]ފުރަތަމަ ކޮޅު ހުން އައުމާއެކު މިބަލީގެ އަސަރު ކުރާނީ ނޭފަތުގެ ބަތާނަ ނުވަތަ އެތެރޭގެ ތެތް ދުލި ފަށަލަ އަށެވެ. އެއަށްފަހު ވައިރަސް ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް އަށް ވާޞިލްވެއެވެ. އަދި ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ. އެއަށްފަހު ވައިރަސް ހަންގަނޑުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ބިހިތަކެއް ހަންގަނޑުގައި ނަގަން ފަށައެވެ. އެއަށްފަހު އެބިހިތައް ފޮޅުތަކަށް ބަދަލުވެ، ފޮޅުތަކަށް ދޮސްއެރި، ފެޅި، ރަގަޅުވާއިރު ދާއިމީ ލަކުނުތަކެއް ހަންގަނޑުގައި ލާފައި ހުރެއެވެ.
ދުނިޔެއިން ފުހެލުން
[އުނިއިތުރު ގެންނަވާ]1980 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިންވަނީ މިބަލި ދުނިޔެއިން ފުހެލާފައެވެ. ނަމަވެސް މިހާރު ވެސް ބައެއް ގައުމުތަކުގައި މިބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު މީހުންނަށް އެކަމުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ދީ އުޅެއެވެ. މިގޮތުންދީއުޅޭ ވެކްސިނަށް ކިޔަނީ ކަފް ލިމްފް ވެކްސިން އެވެ.