Jump to content

ދި އިންކްރެޑިބްލްސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ The Incredibles އިން)

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).


ދި އިންކްރެޑިބްލްސް (English: The Incredibles) އަކީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އެނިމޭޓް ކޮށް ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާރޓޫނު ފިލްމެކެވެ. މިކާރޓޫނުގެ ވާހަކަ ލިޔެ ތައްޔާރު ކުރީ ބްރެޑް ބާރޑް އެވެ. އެއީ ދަ ސިމްޕްސަންސް ގެ ކުރީގެ ޑައިރެކްޓަރ އެވެ. އަދި މަޝްހޫރު ކާރޓޫނު، ދި އަޔަން ޖަޔަންޓްގެ ޑައިރެކްޓަރ އޭ ބުނުމުން ގިނަބަޔަކަށް ބްރެޑް ބާރޑް އެނގޭނެއެވެ. ވާރނރ ބްރޯސްގެ އެނިމޭޝަން ޑިވިޜަން ބަންދު ކުރުމުން ބްރެޑް ބާރޑް ޕިކްސަރ އަށް ބަދަލުވިއެވެ. އަދި ދި އިންކްރެޑިބްލްސް ގެ ވާހަކަ ވެސް އެނާ އާއި އެކު ގެންދިޔައެވެ. ދި އިންކްރެޑިބްލްސް އަކީ ޕިކްސަރ އިން ރިލީޒް ކުރި 6ވަނަ ފީޗަރ ފިލްމެވެ. މިފިލްމު އހަރެމެންނަށް ހަދިޔާ ކުރީ ވޯލްޓް ޑިޒްނީ ޕިކްޗަރސް އިންނެވެ. އަދި މިފިލްމު ރިލީޒް ކޮށް އަހަރެމެންނާ ހަމައަށް ގެނެސް ދިނީ ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން އިންނެވެ. އެއީ 5 ނޮވެމްވަރ 2005 ގައި ނޯރތް އެމެރިކާ ގައެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްވަރ މަހުގެ 26 ވަނަ ދުވަހު ޔުނައިޓެޑް ކިންގޑޮމް އަދި ރިޕަބްލިކް އޮފް އަޔަރލޭންޑް ގައެވެ. އެމް.ޕީ.އޭ.އޭ ގެ ފަރާތުން ޕީ.ޖީ (PG) ގެ ގޮތުގައި ރެޖިސްޓަރ ކުރެވުނު ފުރަތަމަ ޕިކްސަރ ފިލްމަކީ ވެސް ދި އިންކްރެޑިބްލްސް އެވެ. 15 މާރޗް 2005 ގައު މި ކާރޓޫނު ރިލީޒް ކުރެވުނީ (ވައިޑް ސްކްރީން އަދި ފުލް ފްރޭމް ވާރޝަން ހިމެނޭ ގޮތަށް) ޑީވީޑީ 2 ސީޑީގެ ގޮތުގައެވެ. އިންޓަރނެޓް މޫވީ ޑާޓާބޭސް އިން ހާމަ ކުރާ ގޮތުގައި 2005ގައި އެންމެ ގިނަ އަދަދަކަށް ވިކުނު ޑީވީޑީ އަކީވެސް ދި އިންކްރެޑިބްލްސް އެވެ. އެގޮތުން މިފިލްމުގެ 17.18 މިލިއަން ކޮޕީ ވަނީ ވިކިފައެވެ. އެމް.އެސް.އެން މޫވީސް އިން ވަނީ މިއަދާ ހަމައަށް ނިކުތް ސުޕަރ ހީރޯ ކާރޓޫނު ތަކުގެ ތެރެއިން މި ކާރޓޫނަށް 4 ވަނަ ދީފައެވެ. އެއީ މަޝްހޫރު އެކްސްމެން، ބެޓްމޭން ރިޓާރންސް އަދި ސްޕައިޑަރމޭންގެ ގެ ފަހަތުންނެވެ.


ކުރުގޮތަކަށް މި ކާރޓޫނުގައި ވާ ގޮތް

[އުނިއިތުރު ގެންނަވާ]

3 ސުޕަރހީރޯ އިން (މރ. އިންކްރެޑިބަލް/ ބޮބް ޕާރ، އިލާސްޓިގާރލް/ ހެލެން، ފްރޯޒޯން/ ލޫޝިއަސް) ގެ ބަސްތީގަތުމެއް ދައްކައިދޭ ފުރިހަމަ މަންޒަރަކަށް ފަހު މި ފިލްމު ފެށިގެންދަނީ ޒުވާން މރ. އިންކްރެޑިބަލް ގަހެއްގައި ތާށިވެފައިވާ ބުޅަލެއް ސަލާމަތް ކުރަމުން މީހުން މަރާ 2 މީހަކު ހިފަހައްޓާ މަންޒަރަކުންނެވެ. މރ. އިންކްރެޑިބަލް އާއި ދެން ދިމާވަނީ އޭނާގެ ވާހަކަ އެންމެގާތުގައި ދައއްކަމުން ހިނގާ، އަދި މރ. އިންކްރެޑިބަލް އަށް އެންމެ ސަޕޯރޓް ކުރާ ބަޑީ ޕައިން އާއި އެވެ. މރ. އިންކްރެޑިބަލގެ މަސައްކަތުގައި އެހީވެ މރ. އިންކްރެޑިބަލް ދިފާއު ކޮށް މރ. އިންކްރެޑިބަލްގެ އެންމެ ގާތް މީހަކަށް ވުމުގެ ހުއްދައަށް ބަޑީ އެދެއެވެ. އާދެ! އިންކްރެޑި ބޯއި އަށް ވުމަށް އެދެއެވެ. އެހެންނަމަވެސް މރ. އިންކްރެޑިބަލް އޭނާގެ ހުށަހެޅުން ގަބޫލެއް ނުކުރެއެވެ. އަދި އިލާސްޓިގާރލް އާއި އެކު ވައްކަން ކުރާ މީހަކު ހިފަހަށްޓައެވެ. އެއަށްފަހު މަތިން ވެއްޓެމުންދާ މީހަކު ސަލާމަތް ކުރެއެވެ. އަދި ބޮމްބް ވޮޔޭޖް ބޭންކަކުން ވައްކަން ކުރަން އުޅޭތަން މރ. އިންކްރެޑިބަލް އަށް ފެނެއެވެ. އެހެންނަމަވެސް މރ. އިންކްރެޑިބަލްގެ މަސައްކަތަށް ބަޑީގެ ހުރަސް އެޅެއެވެ. އަދި އަނެއް ފަހަރުވެސް އިންކްރެޑި ބޯއި އަށް ވުމުގެ ހުދައަށް އެދި މރ. އިންކްރެޑިބަލް ގާތު އާދޭސް ކުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ ފުރުސަތުގެ ބޭނުން ކޮށްގެން ބޮމްބް ވޮޔޭޖް އެލެވޭޓެޑް ރެއިލް ރޯޑެއް ގޮއްވާލުމަށް ފަހު އެތަނުން ފިލުމެވެ. އަދި އެމަގުން ދަތުރުކުރަން އުޅޭ ރޭލެއް އެމަގުން ކައްސާލަން ދަނިކޮށް ސަލާމަށް ކޮށްދިނުމަށްފަހު މރ. އިންކްރެޑިބަލް ބަޑީ ޕައިން ގެއަށް ފޮނުވާލައެވެ. އަދި އިލާސްޓިގާރލް އާއި ކައިވެނި ކުރުމުގެ ހަފްލާއަށް ދިއުމަށް އަވަސްވެގަނެއެވެ. ކައިވެނީގެ މަންޒަރަށްފަހު ދެން ފެނިގެން ދަނީ ސަރުކާރުން ސުޕަރހީރޯ އިންގެ މަސައްކަތް ހުއްޓާލުމަށް ގޮވައިލާ ތަނެވެ. އެއީ ނުބައި މީހުން ހިފަން އުޅުމުގެ ތެރޭގައި އާންމުންގެ ތަކެއްޗަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ އެމީހުން ކުރާތީވެއެވެ.

މރ. އިންކްރެޑިބަލް

އޭގެ 15 އަހަރު ފަހެވެ. ބޮބް އަކީ ހެލެންގެ 3 ކުދިންގެ މަންމަ އެވެ. 14 އަހަރުގެ ވައިލެޓް އަށް ވަނީ ގެެއްލުމާއި ފޯރސް ފީލްޑް ގެ ބާރު ލިބިފައެވެ. 10 އަހަރުގެ ޑެޝް އަށް ވަނީ އާދަޔާ ހިލާފަށް ކަންތައް ކުރުމުގެ ބާރު ލިބިފައެވެ. އަދި ތުއްތު ތުއްތު ޖެކް-ޖެކް އަށް ލިބިފައިވާ ބާރެއް ނޭނގެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބޮބް އާއި އޭނާގެ އެކުވެރި ލޫޝިއަސް އާންމުންގެ ސަލާމަތަށްޓަކައި މީހުންމަރާ މީހުންނާއި ވައްކަން ކުރާ މީހުންނާއި ހިނގުރާމަ ކުރަމުން ދެއެވެ. ހެލެން އަށް މިކަން އެނގުމުން އެދެމަފިރިންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދެއެވެ. ރުޅި އިސްކުރެވި އޭނާ އަށް ކުރެވޭ ކަމެއްގެ ސަބަބުން ބޮބް ވަޒީފާއިން ވަކި ކުރެވެއެވެ. ގެއަށް އަންނައިރު ހަގީގަތް ނޭނގޭ މިރޭޖް ގެ ފަރާތުން ދަޢުވަތެއް ލިބިފައި ވެއެވެ. އަދި ނުރައްކާތެރި ރޮބޮޓް، އޮމްނިޑްރޮއިޑް 9000 ރަށެއްގެ ތަކެއްޗަށް ގެއްލުންދީ ހަލާކު ކުރަމުން ދާ ކަމުގެ ހަބަރު ބޮބް އަށް ދެއެވެ. އަދި މރ. އިންކްރެޑިބަލް އޭތި ހުއްޓުވުމަށް ބޭނުންވާ ކަމަށް ބުނެއެވެ. އެހެންކަމުން ހެލެން ގާތު ބޮބް ވިޔަފާރި ދަތުރަކު ދަނީ ކަމަށް ބުނެ ދޮގު ހަދައި އެ ރަށާއި ދިމާލަށް ބޮބް މިސްރާބު ޖަހައެވެ. އަދި ކާމިޔާބު ކަމާއެކު އޭނާ އޮމްނިޑްރޮއިޑް އާއި ހަނގުރާމަ ކޮށް އޭތި ބަލިކުރެއެވެ. ބޮބް އަކީ އަދިވެސް ސުޕަރހީރޯ އެއްކަން ސާބިތުކުރުމަށްފަހު އާއިލާ އާއި އެކު އުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން ބޮބްގެ މުސާރަ ތިން ގުނަ އިތުރުވެއެވެ.

ކަނާތުން ވާއަތަށް : ފްރޯޒޯން، އިލާސްޓިގާރލް، ޖެކް-ޖެކް އަދި ޑޭޝް

އަދި މރ.އިންކްރެޑިބަލް އަށް އާ ކޮސްޓިއުމެއް އެޑްނާ މޯޑް ހަދާ ދެއެވެ. އާ ކޮސްޓިއުމް ލިބޭތާ މާގިން އިރެއް ނުވެ އަނެއްކާ މިރޭޖް ބޮބް އާއި ބައްދަލު ކުރެއެވެ. އަދި ބޮބް އާ އެހެން ކަމެއް ހަވާލު ކުރެއެވެ. އަދި ބޮބް އަށް އަނބުރާ އެ ރަށަށް ދާން މަޖުބޫރު ވެއެވެ. އެހެންކަމުން އަނެއްކާ ވެސް ވިޔަފާރި ދަތުރަކު ވަރަށް އަވަހަށް ދާންޖެހޭ ކަމަށް ހެލެން ގާތު ބުނެއެވެ. ބޮބް މިހެން ބުނުމުން ހެލެން އަށް އެއްޗެއް ހީވެއެވެ. އހެން ނަމަވެސް އެކަމަކާ މާ ބޮޑަށް އަޅައެއް ނުލައެވެ. ބޮބް އަށް އެރަށަށް ދެވުމުން ބޮބް އަށް ހަމަލާ ދެނީ އޮމްނިޑްރޮއިޑް (އެހެން ވާރޝަން) އަދި ނުބައި ސިންޑްރޯމް އެވެ. އާދެ! ބޮޑުވެފައިވާ ބަޑީ ޕައިން އެވެ. ބެނެވޭ ގޮތުގައި ބަޑީގެ އެދުމާއި މރ.އިންކްރެޑިބަލް ދެކޮޅު ހެދުމުން އޭނާ އޮމްނިޑްރޮއިޑް އުފައްދައި ކުރިއެރުވުމަށްޓަކައި މުއްސަނދި ވުމަށް ނުރައްކާތެރި ހަތިޔާރު އުފައްދައި ARMIES ތަކަށް ވިއްކީ އެވެ. ސިންޑްރޯމް ވަނީ އޮމްނިޑްރޮއިޑް ކުރިއެރުވުމުގައި ބޮބްގެ އެހެން ވަރަށް ގިނަ "ސުޕަރ ހީރޯ" އިން މަރާފައި ކަންވެސް ބޮބް އަށް އެނގެ އެވެ. އަދި ސިންޑްރޯމް މިހާރު ގަސްދުކުރަނީ މީހުން ދިރިއުޅޭ މައި ޝަހަރަށް އޮމްނިޑްރޮއިޑް ދޫ ކުރަން ކަންވެސް ބޮބް އަށް އެނގެއެވެ. މިވަގުތުގެ ތެރޭގައި ހެލެން އެޑްނާ އާއި ވާހަކަ ދައްކައެވެ. އޭރު އެޑްނާ ވަނީ ޕާރ އާއިލާގެ ކޮންމެ މެމްބަރަކަށް "ސުޕަރ ސުއިޓް" އެއް ހަދާ ދީފައެވެ. އަދި މީގެ 2 މަސް ކުރިން ބޮބް ވަނީ އޭނާގެ ވަޒީފާއިން ވަކިކޮށްލެވިފައި ކަން ވެސް ހެލެން އަށް އެނގެއެވެ.

"ހޯމިންގ ޑިވައިސް" ބޭނުން ކޮށްގެން ހެލެން ބޮބް ހުރި ހިސާބު ހޯދައެވެ. އެޑްނާ ހެލެން އަށް ހަދައި ދިން "ސުއިޓް" ލައިގެން ޖެޓެއްގައި ބޮބް ހުރި "ނޯމެނިސަން އައިލެންޑް" އާއި ދިމާލަށް މިސްރާބު ކުރެއެވެ. މިދަތުރުގައި ހެލެން އަށް ނޭނގި ނަމަވެސް ވައިލެޓް އާއި ޑޭޝް ބައިވެރިވެއެވެ. އޭރު ސިންޑްރޯމް ބޮބް ހިފަހެއްޓުމަށްފަހު ތަޅައި އަނިޔާ ކުރަމުން ދެއެވެ. އަދި ހެލެން މެން ދަތުރު ކުރަމުން އައި ޖެޓަށް "މިސައިލެއް" ފޮނުވާލައެވެ. އެހެންނަމަވެސް މިހަމަލާގައި ހެލެން، ވައިލެޓް އަދި ޑޭޝް ސަލާމަތްވެއެވެ. އަދި އެރަށުގެ މީހުންވެސް އެ ތިން މީހުން މަރުވީ ކަމުގައި ހީކުރެއެވެ. މިހެން ކަންތައް ވުމުން، ރުޅިގަދަވެފައިވާ ބޮބް މިރޭޖް ގެ ގައިގައި ހިފެހެއްޓުމަށް ފަހު ބޮބް އެތަނުން ސަލާމަތްކޮށް ދިނުމަށް ސިންޑްރޯމް ގާތު ބުނެއެވެ. އަދި އެހެންނޫނީ މިރޭޖް މަރާލާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް ސިންޑްރޯމް މިކަމަކަށް ސަމާލު ކަމެއް ނުދެއެވެ. އޭނާ މަރުވިޔސް ސިންޑްރޯމް އަށް ވަރިހަމަ ކަމުގައި މިރޭޖް އަށް ހީވެއެވެ. އެހެން ކަމުން މިރޭޖްގެ ހިތުގައި ސިންޑްރޯމް އަށް ނަފްރަތު ކަމެއް އުފެދެއެވެ. އަދި ބޮބްގެ ހާލާއި މެދު ހަމްދަރުދީވެ ކޮންމެ ގޮތަކުންނަމަވެސް ބޮބް އަށް އެހީ ވާން ގަސްދު ކުރެއެވެ.

ވައިލެޓް

އޭރު ހެލެން، ވައިލެޓް އަދި ޑޭޝް ވަނީ ސަލާމަތްކަމާއެކު އެރަށަށް އަރާފައެވެ. އަދި ހެލެން ސިންޑްރޯމްގެ މަރުކަޒަށް ވަގަށް ވަދެއެވެ. އޭރު ސިންޑްރޯމް އޮމްނިޑްރޮއިޑް މެޓްރޯވިލް އާއި ދިމާލަށް ފޮނުވާލައެވެ. (ޕާރ އާއިލާ ދިރިއުޅެމުން ގެން ދަނީ މެޓްރޯވިލްގައި) އެރޭ ވައިލެޓް އާއި ޑޭޝް ނިދީ ޖަންގަލީގައެވެ. އެހެންނަމަވެސް ސިންޑްރޯމްގެ ބައިވެރިންނަށް އެކުދިން ފެނުމުން އެކުދިންނާއި ދިމާ ކުރެއެވެ. ސިންޑްރޯމްގެ މަރުކަޒުތެރޭގައި، ހެލެން އަށް ވުރެ ކުރިން މިރޭޖް ސިއްރުން ބޮބް އަށް އެހީވެ ބޮބް ސަލާމަތް ކުރެއެވެ. ދެން މިރޭޖް އާއި ބޮބް އަވަސްވެގަންނަނީ ވައިލެޓް އާއި ޑޭޝް ހޯދުމަށެވެ. އެދެމީހުންނަށް އެކުދިން ފެންނަނީ ޖަންގަލީގެ ތެރޭގައި ސިންޑްރޯމްގެ ހަތިޔާރު އެޅި ބައިވެރިންނާއި ތަޅަން ތިބެނިކޮށެވެ. އިރުކޮޅަކުން އެތަނަށް އެންމެން ހަމަވެއެވެ. އެހެންނަމަވެސް ސިންޑްރޯމްގެ ބައިވެރިން ބަލިވާ ތަނާ އެތަނަށް ސިންޑްރީމް އާދެއެވެ. އަދި އޭނާގެ "ޒީރޯ ޕޮއިންޓް އެނާރޖީ" ބޭނުން ކޮށްގެން އެންމެން ހިފަހައްޓއައެވެ. އަދި އޮމްނިޑްރޮއިޑް ކިބައިން މެޓްރޯވިލް ސަލާމަތްކޮށް "ސުޕަރ ހީރޯ" އަކަށް ވުމަށް އޭނާ ރާވާފައިވަ ގޮތް ކިޔައިދެއެވެ. އަދި ސިންޑްރޯމްގެ އެނާރޖީ ފީލްޑް ޖަލަށް އެމީހުން ލާފައި އެތަނުން ސިންޑްރޯމް ދެއެވެ. އެހެންނަމަވެސް ވައިލެޓްގެ "ފޯރސް ފީލްޑް"ގެ އެހީގައި އެމީހުންނަށް ސަލާމަތްވެވެއެވެ. އަދި މިރޭޖްގެ އެހީ އާއި އެކު މައި ރަށަށް އެމީހުން ދެއެވެ. މެޓްރޯވިލްސިންޑްރޯމް އޮމްނިޑްރޮއިޑް ހުއްޓުވޭތޯ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އޮމްނިޑްރޮއިޑްގެ އެތިފަހަރަކުން ސިންޑްރޯމް ހޭނެތެއެވެ. އިރުކޮޅެއްފަހުން އެތަނަށް ހުރިހާ އިންކްރެޑިބްލަސްތައް އާދެއެވެ. އަދި ފޮރޯޒޯންގެ އެހީ އާއި އެކު އެންމެން އޮމްނިޑްރޮއިޑް އާއި ތަޅައެވެ. އަދި އެ ރޮބޮޓް ބައިބައި ކޮށްލައެވެ. އިންކްރެޑިބްލްސްގެ ހިތްވަރާއި ކާމިޔާބީ އަށް މެޓްރޯވިލްގެ އަހުލުވެރިން ހޫނު ތަރުހީބެއް ދެއެވެ. އަދި މިއީ "ސުޕަރ ހީރޯ" އިންތަކުގެ އެނބުރި އައުން ކަމަށް ބަލައެވެ. ސިންޑްރޯމް އަށް ހޭލެވުމުން އޭނާ ކުރަން އުޅުނުކަންތައް އިންކްރެޑިބްލްސް ކޮށްފިކަން އެނގެއެވެ.

ސިންޑްރޯމް

ބޮބް އާއި އޭނާގެ އާއިލާ ގެއަށް އައިސް ވަންނަ އިރު، ސިންޑްރޯމް ކުޑަ ޖެކް-ޖެކް ވަގަށް ނަގަނީއެވެ. ސިންޑްރޯމް އޭނާގެ ރޮކެޓް ބޫޓު ބޭނުންކޮށްގެން އޭނާގެ ޖެޓް އާއި ހަމައަށް ދާން އުދުއްސައިގަންނަތަނާ، ޖެކް-ޖެކް އޭނާ އަށް ލިބިފައިވާ ބާރު ހާމަކުރެއެވެ. އަދި ކުއްލިއަކަށް އަލިފާނުންވާ އޭލިއެން އެއްކަހަލަ ޖަނަވާރަކަށް ޖެކް-ޖެކް ބަދަލުވެއެވެ. ސިންޑްރޯމް ޖެކް-ޖެކް ވައްޓާލުމުން ހެލެން ޖެކް-ޖެކް ހިފައެވެ. އަދި ފުރުސަތުގެ ބޭނުންކޮށްގެން ސިންޑްރޯމ ފިލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބޮބް އެމީހުންގެ ކާރު ނަގައި ސިންޑްރޯމްގެ ޖެޓާއި ދިމާލަށް އެއްލައެވެ. ސިންޑްރޯމް އެއްލައިގެން ގޮސް ޖެހިފައި އޭނާގެ ހެދުމުގެ ބައެއް ޖެޓުގެ އިންޖީނުގެ ތެރެއަށް ވަދެއެވެ. މިއާއި އަކު ސިންޑްރޯމް ވެސް އޭގެ ތެރައަށް ދަމައެގަނެއެވެ. ޖެޓް ގޮވުމުން ބުރައިގެން ދިޔަ އަލިފާނުން ވައިލެޓް އޭނާގެ އާއިލާ ސަލާމަތްކުރެއެވެ.


އޭގެ 3މަސްފަހެވެ. ބޮބްގެ އާއިލާ ދިރިއުޅެމުންދަނީ ވަރަށް އުފަލުގައެވެ. ބޮބްވެސް ހުންނަނީ އޭނާގެ އާދައިގެ ދިރިއުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ފިލްމު ފެށޭ އިރު ޑޭޝް އަށް ބައިވެރިވާން ހުއްދަ ނުލިބިފައިވާ ދުވުމުގެ ރޭހެއްގައިވެސް އޭނާަށް ބައިވެރިވެވެއެވެ. ހެލެން އޭނާ އަށް ފުރަތަމަ ހުއްދަ ނުދިނީ، އެ ކުޅިވަރު ހަފްލާގައި ޑޭޝްއަށް އޮޅިގެން މާބާރަށް ދުވެވި އޭނާގެ ބާރު އެންމެންނަށް ހާމަވެ އެނގިދާނެތީއެވެ. އެހެންނަމަވެސް ފަހުން ޑޭޝް އާދައިގެ މިންވަރަށް ނޫނީ ނުދުވުމަށް ހުވާ ކޮށް މުބާރާތުން ދެވަނަ ހޯދިއެވެ. ބޮބްމެން ކުޅިވަރުގެ މައިދާން ދޫކޮށްފައި އެތަނުން ނިކުންނަނިކޮށް ބިމުގެ އަޑިން "ދި އަންޑރމައިނަރ" ނިކުމެއެވެ. އަދި އެމީހުންގެ އާއިލާގެ އުފަލާއި ހިތްހަމަޖެހުމަށް އޭނާ ގޮންޖަހައެވެ. އެންމެން އެއްކޮށް ޖެކް-ޖެކް ވެސް އމީހުންގެ މޫނުމަތީ ގައި އަޅާ ސުޕަރހީރޯ މޫނުމަތި އަޅައިގެން "ދި އަންޑަރ މައިނަރ" އާއި ދެކޮޅަށް ނިކުމެއެވެ. ފިލްމު ނިމިގެންދާނީ ބޮބް އޭނާގެ ގަމީސް ހުޅުވާލައި އޭގެ ދަށުގައިވާ "ދި އިންކްރެޑިބްލްސް" ސުއިޓް ދައްކާލާ މަންޒަރުންނެވެ.


ސިންޑްރޯމްގެ ނުބައި ރޭވުން

[އުނިއިތުރު ގެންނަވާ]
އެޑްނާ މޯޑް
  • ފުރަތަމަ މަރުޙަލާ : އޮމްނިޑްރޮއިޑް 9000 ވ.10.0 ބެހެއްޓިފައި ވާނީ ރޮކެޓެއްގައެވެ.
  • ދެވަނަ މަރުޙަލާ : ރޮކެޓް ސީދާ މެޓްރޯވިލް އާއި ދިމާލަށް އަމާޒު ކުރެވިފައި، މެޓްރޯވިލް އާއި ދިމާލަށް ފޮނުވައިލާނީ އެވެ. ޝަހަރުގެ ބޭރާ ހަމައަށް ރޮކެޓަށް ދެވުމުން އޭގެ ބޭރު ތޮށިގަނޑު ހަލާކު ވާނެއެވެ. އޭރުން ބާކީ ހުންނާނީ އޮމްނިޑްރޮއިޑް އާއި އޭގެ މައިގަނޑެވެ. އޭތި ސީދާ ގޮސް ތިރިކުރާނީ މެޓްރޯވިލްގެ ކާރޯ-ބާރޯ ބޮޑު ހިސާބަކަށެވެ. (ފިލްމުގައި މިތަނަށް ކިޔޭނީ " ފައިނޭންޝިއަލް ޑިސްޓްރިކްޓް" އެވެ.)
  • ތިންވަނަ މަރުޙަލާ : މައިގަނޑު ބައިބައި ވުމުން އޮމްނިޑްރޮއިޑް ނިކުމެ އާންމުންނަށާއި އެތަނަށް އަންނަ ފުލުހުންނާއި ސިފައިންނަށް ހަމަލާދީ އިމާރާތްތަކަށް ގެއްލުންދޭން ފަށާނެއެވެ.
  • އެންމެ ފަހު މަރުޙަލާ: އެކި ފަރާތްތަކުން އޮމްނިޑްރޮއިޑް ހުއްޓުވުމަށް ކުރާ މަސައްކަތް ނާކާމިޔާބުވުމުން ދެން ސިންޑްރޯމް އެތަނަށް އަންނާނީ އެވެ. އަދި އޭނާގެ އަތުގައިވާ ރިމޯރޓްގެ ބޭނުންކޮށްގެން އޮމްނިޑްރޮއިޑް ބަލިކޮށް އެންމެންގެ ތާޢީދު ލިބިގަންނާނީއެވެ.

އެކަމަކު ގޯސްކޮށް ދިޔައީ ކޮންކަމެއް؟؟

[އުނިއިތުރު ގެންނަވާ]

އެއްވަނަ ދެވަނަ އަދި ތިންވަނަ މަރުޙަލާ ދިޔައީ ވަރަށް ފުރިހަމައަށެވެ. އެހެންނަމަވެސް ސިންޑްރޯމް މެޓްރޯވިލްގައި އޮމްނިޑްރޮއިޑް އާއި ހަނގުރާމަ ކުރިއިރު، ސިންޑްރޯމް އޭނާގެ އަތުގައިވާ ރިމޯޓް ބޭނުންކުރާކަން އޮމްނިޑްރޮއިޑް އަށް އެނގެއެވެ. އެހެންކަމުން އޮމްނިޑްރޮއިޑް އެ ރިމޯޓް ގޮއްވާލުމަށްފަހު ސިންޑްރޯމްގެ ގައިގައި ޖަހައި ހޭ ނައްތާލަނީ އެވެ. އަދި އިންކްރެޑިބްލްސް ސިންޑްރޯމްގެ ޖަލުން ސަލާމަތްވެ އެތަނަށް އެތަނަށް އެމީހުން ނޯމެނިސަން އައިލެންޑުން ހޯދާ އާރ.ވީ އެއްގައެވެ. އަދި އިލާސްޓިގާރލް، ވައިލެޓް އަދި ފްރޯޒޯން ބައިވެ،ސިންޑްރޯމްގެ ރޭވުން ނާކާމިޔާބު ކޮށް އޮޕަރޭޝަން ކްރޮނޯސް ނިމުމަކާ ހަމައަށް ގެނެއެވެ.