ފަރުޖުގެ ތުންފަތް
މިއީ އަންހެނާގެ ކުރިމަތި ފަރާތުގައި ޖިންސީ ގުނަވަން އަދި ފަރުޖު ހިމެނޭ ހިސާބުގައިވާ ދެތުންފަތެވެ. ބޭރު ބޮޑު ތުންފަތް ވާއިރު އެއަށްވުރެ އެތެރެއިން ވަނީ ކުޑަ ތުންފަތެވެ. ބޮޑު ތުންފަތް އެކުލެވިގެންވަނީ ހަން އަދި ފެޓް އެކުލެވޭ ޓިޝޫ އިންނެވެ. ބާލިޣުވުމަށްފަހު ބޮޑު ތުންފަތުގެ ހަންގަނޑުގައި އާންމުކޮށް އިސްތަށި ފަޅައެވެ. އަންހެނަކު ކޮޅަށް ހުންނައިރު ފަރުޖުގެ ބޮޑު ބައެއް ބޮޑު ތުންފަތުން ނިވާކޮށްދެއެވެ. ޢާންމު ގޮތެއްގައި ބޮޑު ތުންފަތުގެ ހަމުގެ ކުލަ އާދައިގެ ހަމުކުލަ އާއި އެއްގޮތެވެ. ނަމަވެސް ބައެއް މީހުންގެ މިބައިގެ ހަމުގެ ކުލަ ފިޔާތޮށި ނުވަތަ މުށި ކުލައަކަށްވެސް ހުރެދާނެއެވެ.
ކުޑަ ދެތުންފަތަކީ ބޮޑު ދެތުންފަތުގެ އެތެރެއިން ޖިންސީ ގުނަވަނުގެ ދޮރުގެ ވަށައިގެން ލެވިފައިވާ އެއްޗެކެވެ. ކުޑަ ދެތުންފަތް ދެފަރާތުން މައްޗަށް އައިސް ގުޅޭ ހިސާބުގެ މަތީގައި ވަނީ ކުޅަދިއްޔެވެ. ކުޅަދިނލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ވަށައިގެން ހަންކޮޅެއް ލެވިފައި ވެއެވެ.