Jump to content

ކޯގަންޱު

Coordinates: 0°34′51.83″S 73°13′42.78″E / 0.5810639°S 73.2285500°E / -0.5810639; 73.2285500
ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Koagannu އިން)

ފަންވަތް:Unreferenced Script error: The function "main" does not exist.

ކޯގަންނު ގެ ނަމުން މަޝްހޫރުވެފައިވާ ގަބުރުސްތާނަކީ ދިވެހިރާއްޖޭގައި އޮތް އެންމެ އާސާރީ ގަބުރުސްތާނެވެ. މި ގަބުރުސްތާނު އޮންނަނީ އައްޑުއަތޮޅު މީދޫގައެވެ. ކޯގަންޱު ގަބުރުސްތާނަށް ފަނޑިޔާރުންގެ ގަބުރުސްތާނޭ ވެސް ކިޔައެވެ. އެއީ އެތާގައި ވަޅުލެވިފައިވާ އިލްމު ވެރިންނާއި ފަނޑިޔާރުންގެ އަދަދު ގިނަ ކަމުންނެވެ. މިގަބުރުސްތާނަކީ، އައްޑުއަތޮޅުގައި އެންމެ ފުރަތަމައަށް އިސްލާމްދީން ޤަބޫލްކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލުމަށް ޚާއްސަކުރެވިގެން މީގެ 900 އަހަރު ކުރިން ހަދާފައިވާ ޤަބުރުސްތާނެކެވެ. ރާއްޖޭގަ އެންމެ ދުވަސްވީ ކީލަ ނުވަތަ މަހާނަ ގާތަކުގެއިތުރުން، ދީނީ އިލްމް ވެރިންނާއި، ޤުރުއާން ހިތުދަސް ހާފިޒުންނާއި، ފަނޑިޔާރުން އެންމެގިނަ އަދަދަކަށް ފަސްދާނު ވެޑުވިފަވަނީވެސް ކޯގަންޱުގައެވެ. މީގެއިތުރުންވެސް ރާއްޖޭގައި ހުރި އެންމެއުސް ދެމަހާނަ ގަލާ، އެންމެ އެވޭލާ އަދި ޤަދީމީ ޒަމާނުގެ ކުރެހުންތަކާއި ލިޔުންތަށްވެސް މި ގަބުރުސްތާނުގައި ފެންނަން އެބަހުރިއެވެ. 0°34′51.83″S 73°13′42.78″E / 0.5810639°S 73.2285500°E / -0.5810639; 73.2285500