އިބްރާހީމް ފަޒީލް
ވީބީގެ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) މިހާރު ކޮބައިހެއްޔެވެ؟ އޭނަ ނުކުޅެނީ ހެއްޔެވެ؟ މިއީ އަޅުގަނޑު ކުރާ ސުވާލެއްނޫނެވެ. އިއްޔެ ވީބީ އާއި ނިއުރޭޑިއަންޓް ކުޅެމުންދިޔައިރު ކައިރީގައިން ރައްޓެއްސަކު އިއްޔެ ކުރި ސުވާލެކެވެ. އެސުވާލު އޭނާ ކުރުމުން ހައިރާންކަމެއް ނޫފެދުނެވެ. ސަބަބަކީ އޭނާ އެސުވާލުކުރީ އޮއްޕޮ ނުފެނިގެން ކަމުގައި ހީނުކުރެވުމުންނެވެ. ނަމަވެސް ރަހުމަތްތެރިޔާ ދެންބުނި ވާހަކައިން ހައިރާންކަން އުފެދުނެވެ.
"އަސްލުވެސް އަހަރެން ހީކުރީ އޮއްޕޮ މިއަދު ނުކުޅޭކަމަށް. އަދި ކިރިޔާ އަހަރެންނަށް އޮއްޕޮ ފެނުނީ. އޭނަ ކިހިނެތް ވެފައިތަ އެހުންނަނީ" ރަހުމަތްތެރިޔާ ވާހަކަ ފުރިހަމަކޮށްލަމުން ބުންޏެވެ.
ތެދެކެވެ. އޮއްޕޮއަކީ މީގެކުރިން ދަނޑުމަތިން ބޯޅަ ހިފައިގެން އެންމެގިނައިންއުޅޭ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ނަމަވެސް މިއަހަރުގެ ސީޒަނުގައި އޮއްޕޮ ފެންނަނީ ބޯޅައާ ބީރައްޓެހި އަދި ކުރިން ދެއްކި ޖާދޫ ގެއްލިފައިވާ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އޮއްޕޮގެ ކުޅުމަށް މިއަރު އައިސްފައިވާ ނިކަމެތިކަމުގެ ވާހަކަ ދަނޑަށްދާ އެތަށްބަޔެއްގެ ދޫތަކުން ދައްކަމުން އާދެއެވެ. ހައިރާންކަމާއި ކަންބޮޑުވުމާ އެކުގައެވެ. އުންމީދީ އަދި ޒުވާން ފޯވަޑް އޮއްސެންޖެހޭ ދަނޑިވަޅު ހަމަގައިމުވެސް އަދި ނާދެއެވެ. އެކަމަކު އޮއްޕޮގެ ކުޅުން ނުދެއްކޭތީ އެއީ ކުޅުންތެރިންގެ ވާހަކަ ދައްކާ ކޮންމެ މީހަކަށްވެސް ފަލަ ސުރުޚީ އަޅައިލެވޭނެ ކަމެއްގެ ގޮތުގައި މިހާރު ފެންމަތިވެފައިވާ ކަމެކެވެ. އެންމެންވެސް އުންމީދު ކުރަނީ ދިވެހިންނަށް ސާފްޗެމްޕިއަންޝިޕް އަންނައިރު އޮއްޕޮ ކުރީގެ އޮއްޕޮއަށް ބަދަލުވާނެ ކަމަށެވެ. ނަމަވެސް މަންޒަރު ފެންނަގޮތުން ނާއުންމީދުގެ ބަޔަކުވެސް ތިބެދާނެއެވެ.
އޮއްޕޮގެ ކުޅުމަށް އައިސްފައިވާ ބަދަލުގެ ވާހަކަ ނުވަތަ ނިކަމެތި ކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި ސަޕޯޓަރުންނެއްނޫނެވެ. ދިވެހި ކޯޗުންވެސް އެވާހަކަތައް ދައްކަނީ ހިތާމަޔާއެކުގައެވެ. ބައެއް ކޯޗުން ބުނަނީ އޮއްޕޮގެ ކުޅުން މިހާރުހުރި ހިސާބަށް ދާންޖެހޭ ސަބަބު އެމީހުންނަށްވެސް ލަފާނުކުރެވޭ ކަމަށެވެ. އަޑު އަރާފައިވާ ގޮތުގައި އޮއްޕޮ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެހެންކްމުން އޮއްޕޮގެ ބޭނުން ހިފުމަށް ވީބީން ކޮށްފައިވާ ހޭދައިގެ ވަރަށްމަދު އެއްޗެއްނޫނީ އޮއްޕޮގެ ފަރާތުން ކުލަބަށް ދެވިއްޖެކަމުގައި ފުޓްބޯޅައިގެ ވާހަކަދައްކާ ގިނަމީހުން ނުބުނެއެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައިވެސް އޮއްޕޮގެ ކުޅުމާދު އެންމެ ފުރަތަމަ އުފެދެނީ ހައިރާން މާކެކެވެ. އެއަށްފަހު ސުވާލު މާކެކެވެ. ދެންހުރީ ޖަވާބުދޭން ނޭނގޭ ކަންތެކެވެ.
ނަމަވެސް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެކަކުވެސް ބޭނުންނުވާނެ ކަމެއް އެބައޮތެވެ. އެއީ މީގެކުރިން ހަލުވިކަމާއެކު ވިދުވަރެއް ފަދައިން ކުޅެމުން އައި ކުޅުންތެރިޔާ ގެއްލިގެން ނުދިޔުމެވެ. ދިވެހި ފުޓްބޯޅައިގެ މީހުން ތިބީ ކޮންމެވެސް ވަގުތަކުން އޮއްޕޮ ފެންނާނެ ކަމުގައި އުންމީދު ކޮށްގެންނެވެ. އިނދިކޮޅު ޓީމުތަކުގެ ގޯލަށް އުންޑަ ފޮނުވާ ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި މީގެކުރިންވެސް ފެނުނުގޮތަށް ފެންނާނެ ކަމުގައި ބަލައިގެންނެވެ. ހަމަޔަގީނުންވެސް އޮއްޕޮގެ ކުޅުމަށް ފަޚުރުވެރިވި އެތަށްބަޔަކު ދިވެހި ބިމުގައި އަދިވެސް އެބަތިއްބެވެ.
ކުޅެފައިވާ ކްލަބްތައް
[އުނިއިތުރު ގެންނަވާ]- ނިއު ލެގޫންސް
- އައިއެފްސީ
- ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
- ވީބީ ސްޕޯޓްސް ކްލަބް
- ވިކްޓްރީ ސްޕޯޓްސް ކްލަބް
- ދުލި ޕެންގިރާން - ބުރޫނާއީ