ހޯނގް ތީ ލޯން

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Hoang Thi Loan އިން)
Jump to navigation Jump to search

ހޯނގް ތީ ލޯން (1868-1901) އަކީ ނގުޔެން ސިންހް ކަންގް (މިހާރުގެ ނަމުންނަމަ ހޯ ޗީ މިންހް) ގެ މަންމައެވެ. ހޯ ޗީ މިންހަކީ ވިއެޓްނާމްގެ ކުރީގެ ވެރިއެކެވެ. ހޯނގް ތީ ލޯން ދުނިޔޭގެ އަލިކަން ދެކިވަޑައިގަންނަވާފައި ވަނީ ހޯނގް ޓްރޫ ކިޔާ އަވަށެއްގައި 1868ގައެވެ. މިއީ ނާމް ޑާން އޭކިޔުނު ހިސާބުގަނޑުގައި ވާ ތަނެކެވެ. މީނާއަކީ މި ރަށަށް އުފަން އަދި ރަށްވެއްސެއް ކަމުގައިވާ އަދި ހަމަ އެހެންމެ މޮޅަށް ކިޔަވައިގެން ހުރިމީހެއްކަމުގައިވާ ހޯނގް ޑުއޯންގްގެ ދެވަނަ އަންހެން ދަރިއެވެ. ލޯން ކައިވެނި ބައްލަވައި ގެންނެވީ ނގުޔެން ސިންހް ސެކް އާއެވެ. މިދެމަފިރިންނަށް ތިން ދަރިން ލިބުނެވެ. ނގުޔެން ސިންހް ކަންގް، ނގުޔެން ސިންހް ކިއެމް އާއި ނގުޔެން ސިންހް ތަންހްއެވެ. ހޯނގް ތީ ލޯން އަވަހާރަވީ 1901ގައި އާލާސް ކަންފުޅާއެވެ.
1922ގައި ހޯ ޗީ މިންހްގެ ދައްތަ، ނގުޔެން ސިންހް ތަންހް މީއާގެ މަހާނަ ސެން އަވަށައް ބަދަލުކުރެއްވިއެވެ. 1942ގައި ދެވަނަ ފަހަރަށް މިމަހާނަ އެހެން ތަނަކަށް ބަދަލު ކުރިއެވެ. މިފަހަރު މިކަންކުރީ ނގުޔެން ސިންހް ކިއެމް އެވެ. އެއީ ޑޮންގް ޓްރާންހް ފަރުބަދަ ކައިރިޔަށެވެ.
1985ވަނަ އަހަރު ހޯ ޗީ މިންހް ގެ 95 ވަނަ އުފަންދުވަހު ލޯންގެ މަހާނައިގާ މަހާނަ ގައުޖެހިއެވެ. މިގައު ޖަހާފައިވަނީ ޑޮންގް ޓްރާންހް ފަރުބަދައިގައެވެ.