ހަތިފުށި

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Hathifushi އިން)

ހަތިފުށި، މިނަން ތަނަކަށް ކިޔާ ނަމެއްގެ ގޮތުގައި ދޭހަވަނީ:

ހަތިފުށި ރަސްމީ ގޮތުން ފަޅުރަށަކަށް ހަދައިފި

ރަށުގެ ހުރިހާ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުވެ ނިމުމާ އެކު ހއ. ހަތިފުށި ރަސްމީ ގޮތުން ފަޅުރަށެއްގެ ގޮތުގައި މިދިއަ ބުރާސްފަތިދުވަހު 12 ޖުލައި 2007 ގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ. ހަތިފުށީގައި ހުރި ގައުމީ ދިދަ ރަސްމީކޮށް ބޭލުމުގެ ރަސްމިއްޔާތު ބުރާސްފަތިދުވަހު އެ ރަށުގައި އޮތެވެ. އަޅުގަނޑުމެން އެކަކު ވެސް ދެރަވެގެން، އަސަރުކޮށްގެން ނޫޅެން ރަށް ފަޅުވިޔަސް، ހަތިފުށީ ކަތީބު އިބްރާހިމް އަލީ މިއަދު ވިދާޅުވި އެވެ. އަޅުގަނޑުމެން ވަރަށް ބޭނުންވެގެން މިކަން ކުރީ (ރަށުން މީހުން ފޭބީ). ދިދަ ތިރިކުރުމުގެ ރަސްމިއްޔާތުގައި ހަތިފުށީ ރައްޔިތުންގެ ތެރެއިން ސާޅީހަކަށް މީހުންނާއި އެޓޯލްސް މިނިސްޓްރީގެ ވަފުދެއް ބައިވެރިވި އެވެ. އަދި ހއ އާއި ހދ އަތޮޅު އޮފީހުގެ އިސް ވެރިންނާއި ހަތިފުއްޓާއި ހަނިމާދޫގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. ތިމާވެށީގެ މައްސަލަތައް ވެސް ބޮޑު ހަތިފުށީ ރައްޔިތުން ހަނިމާދު އަށް ހިޖުރަކުރީ ޖުލައި 5 ވަނަ ދުވަހު އެވެ. ހަނިމާދު އަށް ބަދަލުވި ހަތިފުށީގެ 139 މީހުންގެ ތެރެއިން 16 އާއިލާއެއް މިވަގުތު ދިރިއުޅެނީ ހަނިމާދޫގައި މީހުން ނޫޅޭ 16 ގެއެއްގަ އެވެ. އަދި އަނެއް 11 އާއިލާ ދިރިއުޅެމުން ދަނީ ހަނިމާދޫގެ 11 ގެއެއްގައި އެގެތަކުގެ މީހުންނާ އެކީގަ އެވެ. ކަތީބު އިބްރާހިމް ވިދާޅުވި ގޮތުގައި ހަތިފުށީ ރައްޔިތުންނަށް ހަނިމާދޫގައި އަޅާ ދާއިމީ ގެތައް އިމާރާތްކުރުމަށް ބިން ސާފުކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށް އުއްމީދުކުރެއްވެ އެވެ. އަޅުގަނޑަށް ލަފާކުރެވެނީ 18 މަސް ނޫނީ ދެ އަހަރުގެ ތެރޭގައި އެ ގެތައް އިމާރާތްކޮށް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް، ކަތީބު ވިދާޅުވި އެވެ. އަޅުގަނޑުމެން ބަދަލުވީ ވެސް އެގޮތަށް އުއްމީދުކޮށްގެން. ހަތިފުށީ ރައްޔިތުން ހަނިމާދުއަށް ބަދަލުވުމާ އެކު ހަނިމާދޫގެ އާބާދީ މިހާރު ވަނީ 1600 އަށް ވުރެ މައްޗަށް އަރައިފަ އެވެ.


ބެރިންމަދޫއާއި ހަތިފުށި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަނީ 12 ސެޕްޓެމްބަރ، 2007

ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫ އާއި އެއަތޮޅު ހަތިފުށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ބީލަމަށްލައިފިއެވެ. މީމިއަހަރުގެ ތެރޭގައި މީހުން ބާލާފައިވާ ދެރަށެވެ.މިއަހަރުގެ ކުރީކޮޅު ހއ. ހޯރަފުއްޓަށް މީހުން ބަދަލުކޮށްފައިވާ ބެރިންމަދޫ އާއި މިއަހަރުގެ މެދުތެރޭގައި ހދ. ހަނިމާދުއަށް މީހުން ބަދަލުކޮށްފައިވާ ހަތިފުށީގައި ތަރައްޤީ ކުރުމަށް ހަމަޖައްސަވާފައިވަނީ 200 އެނދުގެ ރިސޯޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ. މިދެރަށުގެ ބިޑިން ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއު ކޮށްފައިވާއިރު މިމަހުގެ ނިޔަލަށް ބިޑިން ޑޮކިއުމަންޓު ވިއްކާ ގޮތަށްވަނީ ހަމަޖައްސަވާފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.. މިދެ ރަށުގެ ޕްރީބިޑް މީޓިން މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވައެވެ. ބީލަން ބަލައިގަނެ ހުޅުވަން ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. މިދެރަށުގެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ދެލައްކަ ޑޮލަރުގެ ބޭންކް ގެރެންޓީއެއް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެއެވެ. ބީލަމުގައި ނެޓްޕްރެޒެންޓް ވެލިޔުއަށް ބަލައި، ކުއްޔަށް %45 މާކްސް ދޭން ހަމަޖައްސާފައިވާއިރު، ބީލަން ކާމިޔާބުކުރާ ފަރާތަށް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި 10 އަހަރުގެ ކުއްޔަށް ހުށަހަޅާ އަދަދުގެ %15 ދައްކަންޖެހެއެވެ. އަދި އެއަދަދަކީ ފަސް މިލިއަން ޑޮލަރަށްވުރެ ދަށް އަދަދެއްނަމަ ފަސް މިލިއަން ޑޮލަރު އެޑްވާންސް ކުލީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ.ބީލަމުގައި އިތުރު މާކްސް ދިނުމަށް ހަމަޖައްސާފައިވަނީ، ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމާއި މީހުން ބިނާކުރުމަށް %35 އަދި ހެލްތު އިންޝުއަރެންސަށް %20 މާކްސް ދޭގޮތަށެވެ.