ބާރތޮލިން ގްލޭންޑް
Appearance
(މިސްރާބުކުރެވުނީ Bartholin's gland އިން)
ބާރތޮލިން ގްލޭންޑް އަކީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ދޮރުގެ ދެފަރާތުގައި އިންނަ ކުޑަ ކުޑަ ދެ ގްލޭންޑް އެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބާރތޮލިން ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ކައުޕާރސް ގްލޭންޑް(Cowpers gland) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ތެތް ކަމެއް ހުންނަ ދިޔައެއް މި ގްލޭންޑުން ބޭރުކުރާ ކަމަށް ބުނެވެއެވެ.
ބާރތޮލިން ގްލޭންޑް ފުރަތަމަ ހޯއްދެވި ކަމަށް ބުނަނީ 17 ވަނަ ގަރުނުގެ ތެރޭގައި ޑެންމާރކްގެ އެނަޓަމީ ޢިލްމު ވެރިއެއް ކަމަށްވާ ކެސްޕަރ ބާރތޮލިން (1738-1655) އެވެ. ބައެއް މީހުން މިގްލޭންޑް ހޯއްދެވީ 1629-1585 އަށް ދިރިއުޅުއްވި ކެސްޕަރ ބާރތޮލިން ދިއިލްޑަރ ކަމަށް ބުނެއެވެ. އެއީ ކުރިން ބުނި ކެސްޕަރ ބާރތޮލިންގެ ކާފަ އެވެ.