އިލްހާދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Athesim އިން)

އިލްހާދު ނުވަތަ (އިނގިރޭސިބަހުން: Atheism) އަކީ އިލާހަކު ވާކަމަށް ޤަބޫލުނުކުރުމެވެ.އާއްމުގޮތެއްގައި މީގެ ދެބާވަތެއްވެއެވެ. އެއީ ބަލިކަށި އިލްހާދާއި ކައްޓަރު އިލްހާދެވެ.


އިލްހާދުގެ ދެބާވަތް[އުނިއިތުރު ގެންނަވާ]

މީގެތެރެއިން ބަލިކަށި އިލްހާދުގެ އަހުލުވެރިން ގަބޫލުކުރާގޮތުގައި އިލާހަކު ވޮޑިގެންވާންވީ އެއްވެސް ސަބަބެއްނެތެވެ.އެއްވެސް އިލާހެއް ގަބޫލުކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ.ނަމަވެސް ބަލިކަށި އިލްހާދުގެ އަހުލުވެރިންގެ ވިސްނުން ވަނީ ކާއިނާތުގައިވާ ހުރިހާ ހަރަކާތެއްގެ ފަހަތުގައި ކޮންމެވެސް ޒާތެއްގެ ބާރެއް ވާކަމަށް ގަބޫލުކުރުމުގެ ފިކުރަށް ހުޅުވާލެގެންނެވެ. އެހެންނަމަވެސް އެބާރަކީ އިލާހީ ބާރެއް ނޫންކަމަށް އެމީހުން ގަބޫލުކުރެއެވެ.ޚައްޓަރު އިލްހާދަކީ ކަލާނގެ ނުވަތަ އިލާހު އޭކިއިދާނެ އެއްވެސް ފަރާތެއްނުވާކަމަށް ގަބޫލުކުރުމެވެ.މީގެ ބައެއްމީހުން ބުނާގޮތުގައި އިލާހަކު ވުމަކީ ވެދާނެކަމުގެ އެއްވެސް ފުރުސަތެއް އޮތްކަމއްވެސް ނޫނެވެ. އިލްހާދަކީ ވަކި ދީނެއް ނުވަތަ ވަކި އަގީދާއެއްނޫނެވެ.އެއީ ހަމައެކަނި އެއްވެސް އިލާހެއް ގަބޫލުނުކުރުމަށް ކިޔާއުޅޭނަމެކެވެ.

ހެވާއި ނުބައި[އުނިއިތުރު ގެންނަވާ]

ހެވާއި ނުބައި ވަކިކުރުމުގައި ކަނޑައެޅިގެންވާ މިންގަނޑެއް މުލްހިދުންގެ މެދުގައި ނުވެއެވެ.އެހެންކަމުން ބައެއްމީހުން މުލްހިދުންނަކީ ހެވާއި ނުބައި ވަކިކުރާ ބައެއް ނޫންކަމަށް ތުހުމަތުކުރެއެވެ.ނަމަވެސް މުލްހިދުންގެ ތެރޭގައިވެސް އެހެން އަގީދާ ތަކުގެ އަހުން ފަދައިން މިކަމަށް ސަމާލުކަން ނުދޭމީހުންނާއި ހެވާއި ނުބައި ވަކިކުރާމީހުންވެއެވެ.

އާއްމުގެ ގޮތެއްގައި މުލްހިދުންގެ މެދުގައި ހެވާއި ނުބައި ވަކިކުރުން ބިނާވެފައި އޮންނަނީ އެމީހަކު އުޅެބޮޑުވާ މުޖްތަމައުގެ ވިސްނުމާއެއްގޮތް ގޮތެއްގައެވެ.އެހެންނަމަވެސް އެމީހުން މިމިންގަނޑަކީ ވަކި ދީނަކުން ނަގާފައިވާ އެއްޗެއްކަމަކަށް ނުބުނެއެވެ. މުލްހިދުންގެ މެދުގައި މިފަދަ މިންގަނޑެއް ކަނޑައެޅުމަށް ބައެއްކަހަލަ ގުރޫޕުތައް ހެދިފައި ހުރެއެވެ. މިސާލަކަށް ސެކިއުލަރ ހިއުމަނިޒަމް އަދި ބްރައިޓްސް މޫވްމެންޓް ފަދަ ހަރަކާތްތައް ހިމެނެއެވެ.މި ދެ ގްރޫޕަށް ނިސްބަތްވާ މުލްހިދުން ގަބޫލުކުރާ މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ.

އަނެއްބައި މުލްހިދުން މިކަމުގައި އެހެން ފަލްސަފާތަކަށްވެސް ބަރޯސާވެއެވެ. މިސާލަކަށް އެނާކިސްޓުންނާ މާކްސިސްޓުން ގެންގުޅޭ މިންގަނޑުތައް ފާހަގަކުރެވެއެވެ. މިމިންގަނޑުތަކަކީ ރޫހާނީގޮތުން ބަލާ ކަނޑައެޅިފައިވާ މިންގަނޑުތަކެއްނޫނެވެ.އެހެންނަމަވެސް މިއީ ބުއްދީގެ ވިސްނުމުން ހަދާފައިވާ މިންގަނޑުތަކެކެވެ.