Jump to content

އޭ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ A އިން)

އޭ، މިއީ އިނގިރޭސި އަލިފުބާގެ ފުރަތަމަ އަކުރެވެ. އަދި ހުޅަނގު-ހިންދުސްތާނީ އާއިލާގެ ގިނަ ބަސްބަހުގެ އަލިފުބާގެ ވެސް ފުރަތަމަ އަކުރުމެއެވެ. މި އަކުރު ގެ ބައްޓަން ނެގިފައިވަނީ އަކުރުތައް ގުޅުވައިގެން ލިޔެފައިވާ މިސްރުގެ ގަދީމީ ދީނީ ލިޔުންތަކުގައި ވާ ބާޒު (އަހޮމް) އިންނެވެ. ފިއްނީސުން (Phoenicians) މި އަކުރަށް "އަލިފު" (އޮކްސް) ކިޔައި ނަންދިނެވެ. އެއީ އެ ޖަނަވާރުގެ ދަޅާއި ބޮލާ މި އަކުރުގެ ސިފަ ވައްތަރު ވާ ކަމަށް އެމީހުން ދެކޭތީއެވެ. ގަދީމީ ޔޫނާނުގައި މި އަކުރަށް އަލްފާ ގެ ނަންދެވުނެވެ. އަދި ރޫމާނީންގެ އޭ އަށް މިއަކުރު ވިއެވެ. މިއަދު މި އަކުރު ބޭނުން ކުރެވެމުން ދަނީ ރޫމާނީން ބޭނުން ކުރި ގޮތަށެވެ.