ދާނެސްނާމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ ދާނެޝްނާމާ އިން)
Jump to navigation Jump to search
އެންސައިކްލޮޕީޑިޔާ ބްރިޓާނިކާ

ދާނެސްނާމާ (ފާރިސީބަހުން: دانشنامهٔ ދާނެޝްނާމޭ) ނޫނީ އެކުމާފާނު، އިނގިރޭސިބަހުން ބުނާނަމަ އެންސައިކްލޮޕީޑިޔާ އަކީ އެކިއެކި މައުޟޫތަކުގެ މައުމާތުތަކެއް އެކުލެވިގެންވާ ލިޔުމެވެ. ދާނެސްނާމާތައް ބަހާލެވިފައި ހުންނަނީ އަލިފުބާގެ އަކުރުތަކަށް މަޒުމޫނުތަކެއްގެ ގޮތުގައެވެ. ރަދީފުތަކާއި ޚިލާފަށް- އެއީ ބަހުގެ ލަފުޒުތަކާއި އޭގެ މާނަ، އަސްލު، ބޭނުންކުރާގޮތް އެކުލެވިގެންވާ ލިޔުމެއް- ދާނެސްނާމާއެއްގައި އެކުލެވިގެންވަނީ އެ މަޒުމޫނެއްގެ މައުޟޫއާއި ގުޅޭ ހަޤީޤީ މައުޟޫމާތުތަކެވެ. ދާނެސްނާމާތައް ހައްދުވާތާ ގާތްގަނޑަކަށް 2000 އަހަރުވެއްޖެވެ. އަދި އެ އަހަރުތަކުގެތެރޭގައި ދާނެސްނާމާތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ތަޖުރިބާކާރުން އެއްކުރައްވާފައިވާ ބަރޯސާވެވޭ ތެދު މައުލޫމާތުތަކެއްގެ ގޮތުގައި، ޗާޕުކުރެވިފައިވާ އިސްދާރުތައްވަނީ ކުތުބުޚާނާ އާއި އެހެނިހެން ތަޢުލީމީ އިދާރާތަކުގައި ޖާގަ ހޯދާފައެވެ.

20ވަނަ ގަރުނުގެ ފަހުކޮޅުގައި ޑިޖިޓަލްކޮށް އާންމުންނަށް ކިޔާލެވޭގޮތަށް ދާނެސްނާމާތައް ނިކުތުމުގެ ސަބަބުން ކިޔުންތެރިންގެ އަދަދާއި މައުޟޫމާތު ފޯރާ ފަރާތްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ދާނެސްނާމާތަކުގެ ލިޔުންތައްވެސް ފުޅާވެގެން ދިޔައެވެ އަދި ދާނެސްނާމާ އަކީ ކޯޗެއްކަމުގެ ސުވާލުވެސް ވަނީ އުފެދިގެން ގޮސްފައެވެ.

ލަފްޒުގެ އަސްލު[އުނިއިތުރު ގެންނަވާ]

"ދާނެސްނާމާ" މި ލަފުޒު އުފެދިގެން އައީ ފާރިސީ ބަހުންނެވެ. دانش (ދާނެޝް) މާނައީ ޢިލްމު އަދި نامه (ނާމޭ ނުވަތަ ނާމާ) މާނައީ ފޮތް، މިދެލަފުޒުންނެވެ.