Jump to content

ދަނބާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ދަނބާގެ ވައްތަރެއް

ދަނބާ (ސައިންޓިފިކް ނަން: Abudefduf biocellatus)ނުވަތަ (އިނގިރޭސި ބަހުން: ocellated sergent major) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި ގިނަ އަދަަދަކަށް އުޅޭ މަހެކެވެ. މިމަހުގެ ޅަދުވަސްވަރު މަސް ހުންނަގޮތް ބޮޑެތިވީވީހެން ބަދަލުވަމުން ދެއެވެ. މިއީ ރާއްޖޭގެ މަސްވެރިން ހިފައިއުޅޭ ބާވަތެއް ނޫނެވެ. ކުޑަކުދިން މަސްހިފަން މޫދަށްއެރި އުޅޭއިރު ވަރަށް ގިނައިން ދަނބާ ހިފާ އުޅެއެވެ.

މަހުގެ ކުލައަކީ މުށިކުލަ އެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހުންނަނީ ތަންކޮޅެއް ފަނޑު މުށިކުލައެވެ. މަހުގެ ތުނބުން ފެށިގެން ލޮލުގެ މަތީބަޔަށް ދެމިފައި ހުންނަ ނޫކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ މަޑުކަށިތަކުގެ ބުނޑުގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެެއެވެ. މަހުގެ ބޮލުގައި ނޫކުލައިގެ ކުދި ތިކިތަކެއް ފަނޑުކޮށް ހުރެއެވެ. ކަންފަތް ގަނޑާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ ފަނޑު ރީނދޫ ކުލައެވެ. މަތީ ކޮތަރިބައިގެ ކުލައަކީ މުށި ކުލައެވެ.