ފަންވަތް:Portal:Philosophy/Intro

ވިކިޕީޑިއާ އިންވިކިޕީޑިއާ

'ފަލްސަފާ' މި ބަހަކީ 'ފިލޯސޮފީ' އަށް ދިވެހި ބަހުން ކިޔައި އުޅޭ ބަހެކެވެ. މިބަހަކީ ޢަރަބި ބަހުން އައިސްފައިވާ ބަހެކެވެ. 'ފިލޯސޮފީ' އަކީ އާންމު ކޮށް ބޭނުންކުރާ ބަހެވެ. ޚާއްސަކޮށް ޒުވާނުންގެ ތެރޭގައެވެ. މި ބަހަކީ އަސްލު އިނގިރޭސި ބަހެކެވެ. މި ބަހުގެ އަސްލަކީ ގްރީކް ގެ 'ފިލޯ-ސޯފިއާ' އެވެ. އެ ބަހުގެ މާނައަކީ 'ޙިކުމަތަށް ލޯބިވުމެވެ.'

މި ބަހުގެ އާންމު ތައާރަފެއް ދިނުމަކީ ނުހަހުނު އުނދަގޫ ކަމެކެވެ. އެހެނީ އެކި މީހުން ގެ ތައާރަފުތައް ތަފާތުވާތީ އެވެ. ނަމަވެސް ހުޅަނގުގެ ފިލޯސޮފީއަށް ބަލާއިރު ފިލޯސޮފީ ފެށިފައިވަނީ ގްރީސް މީހުންގެ ތެރެއިން ކަމަށް ބުނެވެ އެވެ. އެގޮތުން ފުރަތަމަ ފިލޯސަފަރަކީ ތޭލީސް ކިޔާ މީހެއްކަމަށް ވަރަށް ގިނަ މީހުން އެއްބަސްވެ އެވެ. މީނާ އުޅެފައިވަނީ އީސާގެ ފާނުގެ ކުރިން ގާތްގަނޑަކަށް 546-624 ދެމެދުގައެވެ.

ޕެންގްވިން ޑިކްޝެނަރީ އޮވް ފިލޯސޮފީ ގައި ފިލޯސަފީގެ ތައާރަފަކަށް ބުނެފައިވަނީ: ވިސްނުމާއި، އުޅުމާއި ނުވަތަ ހަރަކާތާއި، އަދި ހަގީގަތުގެ އެންމެ އާންމު ކަންކަން ދެނެގަތުމުގެ އިލްމުކަމަށެވެ.