މެމްބަރު:Miraz~dvwiki

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުފެދޭނެ ސުވާލެއްކަން ޔަޤީނެވެ. މި ފަތްތޫރަ (ބްލޮގް) ލިޔަނީ ކޮންފަރާތަކުންބާއެވެ. ބުނެދެވޭތޯ ބަލާނަމެވެ. ފާދިއްޕޮޅު ހިންނަވަރަށް އުފަން ދާއިމީ އެޑުރެސް އަޤީދުގެ އެވެ ކިޔާގޯތީގައި ރަޖިސްޓަރީ އޮންނަ މިރާޒް އަޙްމަދު (މިރ) އަކީ އިސްކޫލު ދުވަސްވަރުންފެށިގެން ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ، ނޫސްވެރިކަމުގެ ދާއިރާގައި ހަތަރު އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ޒުވާނެކެވެ. އަދި ސިޔާސީ އިޖުތިމާޢީ ކަންކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނެއްވެސް މެއެވެ.

މިރ ގެ އެންމެ ފުރަތަމަ ލިޔުމެއް ލިޔެފައިވަނީ 1996 ވަނަ އަހަރު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަން އުޅުނު ދުވަސްވަރު ސާއިޢުކުރި ފޮތެއްކަމުގައިވާ “ފާމަސީ” އެވެ ކިޔުނު ފޮތުގައެވެ. “މިނިވަން ދިވެހިރާއްޖެ، ސާފު ދިވެހިރާއްޖެ” މި މަޢުލޫގެ މައްޗަށް އަލިއަޅުވާލައި ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރަށް “ފާމަސީ” އެވެ ކިޔުނު ފޮތުގައި މައިގަނޑު ހަތް މަޢުލޫއަށް ތަފާތު ޚިޔާލުތައް ފާޅުކޮށްފައިވެއެވެ. މި ފެށުމާއެކު ޅ.އަތޮޅު ތަޢުލީމީމަރުކަޒުގެ ފަރާތުން ނެރުނު ތަފާތު މަޖައްލާތަކަށް ލިޔަމުން ދިޔައެވެ.

ލިޔުންތެރިކަމުގައި ތަޅުއެޅުވިގެން ދިޔަޒަމާނުގައި ސިއްރު ނަންނަމުގައި މިނިވަން ނޫހާއި ދިވެހި އޮބްޒާވަރގައި ތަފާތު ފިކުރާއި ޚިޔާލުތައް ފާޅުކުރަމުން ގެންގޮސްފައިވެއެވެ. ރާއްޖޭގެ މަސްހޫރު އައިޓީ ކޮންޕެނީއެއްކަމަށްވާ “ފޯކަސް ކޮމްޕިޔުޓަރސް” ގައި މާރކެޓިން އެގްޒެކެޓިވްއެއްގެ ވަޒީފާއަދާކުރުމަށްފަހު މިނިވަން ނޫހުގެ ވަޒީފާއަށް ބަދަލު ވިއެވެ.

ބާޒާރުގައި ލިޔެފައިވާ ފޮތްތަކެއް ފެންނަން ނެތްނަމަވެސް މިރވަނީ 2001 ވަނަ އަހަރު ނުރަސްމީ ތަޢުލީމުދޭ މަރުކަޒުން ހުޅުވާލި “ލިޔަން ކިޔަން ފަށައިގަންނަ ބޮޑެތި މީހުން ކިޔާނެ ފޮތް ތައްޔާރުކުރުމުގެ މުބާރާތް” އިން އެއް ވަނަ ހާސިލްކޮށްފައި ވެއެވެ. ރާއްޖޭގެ މަސްހޫރު ލިޔުއްވުން ތެރީންނާއި ވާދަކޮށް އެފަދަ ނަތީޖާއެއް ހާސިލް ކުރެވުނީ ލިޔުން ތެރިކަމަށް ހުންނަ ޝައުގުވެރިކަމުން ނޫނީ ނުވާނެއެވެ.

މިރ އަބަދުވެސް ތަފާތު އުފެއްދުންތައް އުފެއްދުމަށް އިސްކަންދެއެވެ. ހުޅަނގުގެ ވައްޓަފާޅިއަށް ތައްޔާރުކޮށްފައިވާ “ޓްވިންކަލް ޓްވިންކަލް، ލިޓްލް ސްޓްރ” ފަދަ މިއުޒިކީ ދުނިޔޭގެ ހިޔަލުގައި ތިބެ ކުޑަކުދިން އެކުދިންގެ އަރާމު ނިދި ފެށިގެންދާން މިރ ހިތް ހަމަ ނުޖެހުނެވެ. މި ސަބަބާހުރެ ދިވެހި ރާއްޖޭގައި ކުޑަކުދިން ނިދާގަޑީގައި ޖެހުމަށް ބޭނުންކުރާނޭ “ނާނާ” (ލުލަބައިސް) ސީޑީއެއް އެންމެ ފުރަތަ ބާޒާރަށް ނެރުނީ މިރ އެވެ. ދިވެހި ރާއްޖޭގައި އެއް އިރެއްގައި ލަވަކިޔުމުގެ ދާއިރާގައި އެންމެ މަސްހޫރު މިއުޒިކީ ފަންނާނު އަލީ ރަމީޒާއި ގުޅިގެން މިކަން ފުރިހަމަ މަސައްކަތަކަށް ހެދިއެވެ. ނާނާ ސީޑީ ތަފާތުވެގެން ދިޔައީ ދިވެހި ވުޖޫދަށް ފުރަތަމަ ފަހަރަށް މިއުޒިކާ ނުލާ ވަރަށް ފުރިހަމަކޮށް މިފަދަ ނާނާ ސީޑީއެއް ނެރުނީމައެވެ. އެތައް ހާސް ނަކަލެއް މިހާރު ވިކި ހުސްވީމައެވެ. މިރގެ ގިނަކަންކަމުގައި ޅ.ހިންނަވަރު ފިނިއުނިމާގެ އިބްރާހިމް ރަޝީދުގެ އެހީތެރިކަން އަބަދުވެސް ލިބެއެވެ. އެ ގޮތުން މި މިސައްކަތުގައިވެސް އެ އެހީތެރިކަން ލިބުނެވެ. މި ފުރުޞަތުގައި އިބްރާހިމް ރަޝީދަށް ނުހަނު އިހުލާސްތެރިކަމާއިއެކު ސުކުރުދަންނަވަމެވެ.

ފަރުމާ ކުރުމަކީ މިޒާޖުގައި ސަމާސާ ގޮތެއް ހުންނަ މިރގެ ޝައުގުވެރިކަމުގެ ތެރެއަށް އަމުނާލެވޭ އިތުރު ބޮޅެކެވެ. ފިކުރު ތަފާތުވިނަމަވެސް މަސައްކަތުގެ މައިދާނުގައި ތަފާތު ކުރުންތަކަށް ޖާގަދޭކަށް މިރ ބޭނުމެއް ނުވެއެވެ. އ.ދ ގެ ފަރާތުން އޭޝިއާ ސަރަހައްދަށް ހުޅުވާލި “ޔޫތް ވޮއިސަސް، ފެކްޓްސް އެންޑް އޮޕީނިއަންސް” ލޯގޯ ކުރެހުމުގެ މުބާރާތުން އެއްވަނަ ހޯދާފައިވާ މިރގެ މިފަދަ ދިރި ހުރި ކިތައްމެ މިސާލެއް ފެންނާން އެބަހުއްޓެވެ.

ދިވެހި ރާއްޖޭގައި ސިޔާސީ ޕާރޓީތައް ރަޖިސްޓަރީވެ ހިންގަން ފެށުމާއިއެކު އުފެދިގެން ދިޔަ ޖަމިއްޔާއެއްކަމަށްވާ “ޕީޕަލްސް އެލަޔަންސް”ގެ ލޯގޯ ފަރުމާކޮށް ބޭނުންކުރާނޭ ކުލަ ކަނޑައެޅީ މިރއެވެ. މީގެ އިތުރުން އެޖަމިއްޔާގެ ތެރެއިން ސިޔާސީ ޕާރޓީއެއް އުފެދިގެންއައި ހިނދު އެ ޕާރޓީގެ ލޯގޯ ޕާރޓީގެ އިސްވެރިން ބޭނުންވި ގޮތަށް “ޕީޕަލްސް އެލަޔަންސް”ގެ ލޯގޯގެ ސިފަ ނުގެއްލޭނޭ ގޮތުގެ މަތީން ފަރުމާކުރީ މިރއެވެ. މީގެ އިތުރުން އެމްޓީޑީސީގެ ބެލެނިވެރިކަމުގެ ދަށުގައިވާ “ފަތުރު މޯލްޑިވްސް” އާއި މާލޭގައި ފުޅާ ދާއިރާއެއްގައި ކިޔު ސިސްޓަމްގެ ޚިދުމަތް ދެމުންގެންދާ “ސްމާރޓް ކިޔު” ލޯގޯފަދަ އެތައް ލޯގޯއެއް ފަރުމާ ކޮށްފައިވެއެވެ. ޅ.ހިންނަވަރުގައި ހުޅުވި “ދިރާގު ސޯލް ޑިސްޓްރި ބިޔުޓަރ” ޓެގަރ ޝޮޕްގެހުރިހާ ފަރުމާތަކެއް ތައްޔާރުކޮށްފައިވަނީ މިރއެވެ.

ދާދި ފަހުން އާއިލީ މެންބަރުންކޮޅަކާއިއެކު އިންޓަރނެޓް އާއި ކޭބަލް ޓީވީގެ ޚިދުމަތުގެ ތެރެއިން ވިޔަފާރީގެ ތެރެއަށް ވަތް މިރގެ ޝައުގުވެރިކަން ވިޔަފާރީގެ ތެރޭގައިވެސް އެބަހުއްޓެވެ.

ސިޔާސީ ޕޯޑިއަމް ތަކުގައި ހާޒިރީން ޝައުގުވެރިކަން ހުންނަ ޒާތުގެ ވާހަކަ ދައްކަން ކުޅަދާނަ މިރ ކައިވެނީގެ ގޮތުން ގުޅި އަންހެން ދަރިއަކު ލިބިފައިވެއެވެ.

ނިންމާލުމުގެ ކުރިން މިރާޒް އަޙްމަދު (މިރ) އަކީ ކޮބައިކަން ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ، ލިޔުންތެރިއެއް، ފަރުމާކުރުންތެރިއެއް، ވިޔަފާރިއަށް ޝައުގުވެރިކަން ހުންނަ ސިޔާސީ ފާޑު ކިޔުންތެރިއެއްކަމުގައެވެ.