ވިކިޕީޑިއާ:ތަޢާރަފު
Help:Contents |
ވިކިޕީޑިއާ އަކީ ކޮން އެއްޗެއް؟
ވިކިޕީޑިއާ އަކީ ވިކިޕީޑިއާ ބޭނުން ކުރާ ފަރާތްތަކުން އެކުވެގެން ލިޔެ ތަރައްޤީ ކުރާ މިނިވަން އެކުމާފާނެކެވެ. ވިކީ އަކީ ގިނަ މީހުން އެކުވެގެން ކުރާ މަސައްކަތް ފަސޭހަކުރަން ހުންނަ ޚާއްސަ ވައްތަރެއްގެ ވެބްސައިޓް ތަކަށް ކިޔޭ ނަމެކެވެ. ޕީޑިއާ މި ނަން އައިސްފައިވަނީ އިނގިރޭސިބަހުން އެކުމާފާނު ތަކަށް ކިޔާ ނަން އެންސައިކްލަޕީޑިއާ (އިނގިރޭސި ބަހުން: Encyclopedia)ގެ ފަހަތުގައިވާ ޕީޑިއާ އިންނެވެ. ގިނަ މީހުން ދަނީ ހުއްޓުމެއްނެތި ވިކިޕީޑިއާ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގަޑިއަކު އެތައް ބަދަލުތަކެއް ގެންނަމުންނެވެ. މި ހުރިހާ ބަދަލެއްވެސް ބަދަލުގެނެވުނު މަޒުމޫނެއްގެ ތާރީޚް ގައި ރައްކާކުރެވެއެވެ. އިތުރަށް މި މަޝްރޫޢާ ބެހޭ ގޮތުން ވިދާޅުވުމަށް ވިކިޕީޑިއާގެ ޚުލާސާ، މި ޞަފްޙާއަށް ވަޑައިގަންނަވާށެވެ.
ތިބޭފުޅާއަށް ބައިވެރިވެވޭނީ ކިހިނެއް؟
އުނިއިތުރު ގެންނަވަން ޖެހިލުންނުވާށެވެ. - ކޮންމެ ބޭފުޅަކަށްވެސް ގާތްގަނޑަކަށް ހުރިހާ ޞަފްޙާއަކަށް އުނިއިތުރު ގެންނެވޭނެއެވެ. އުނިއިތުރު ގެންނަން ޖެހިލުންނުވުމަށް ވިކިޕީޑިއާގައި ހިތްވަރު ދެވެއެވެ. ރަނގަޅުކުރެވޭނެ ކޮންމެވެސް އެއްޗެއް ހޯދާށެވެ. އެއަށްފަހު އެ އެއްޗެއް ތިޔަބޭފުޅާއަށް ތަރައްޤިކޮށްދެވޭނެ ވަރަކަށް ތަރައްޤީކޮށްދެއްވާށެވެ. މިސާލަކަށް މަޒުމޫނަކުން ބަހުގެ ޤަވާޢިދުގެ ކުށެއްވާ ކަމަށް ފާހަގަކުރެވޭނަމަ އެ ކުށް ފިލުވައިދެއްވާށެވެ. ނުވަތަ މަޢުލޫމާތު އިތުރުކޮށްދެވިދާނެއެވެ. ނުވަތަ އެހެންވެސް ކުށެއް ފެނިވަޑައިގަންނަވައިފިނަމަ އެކުށް ވެސް ފިލުއްވައިދެއްވިދާނެއެވެ. އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ ޞަފްޙާއެއްގެ ޚިޔާލު ޞަފްޙާގައި އެކަން ލިޔުއްވާށެވެ.
ވިކިޕީޑިއާ އަކީ އިންޓަރނެޓްގެ އެންމެ ރަނގަޅު މަޢުލޫމާތުގެ ޚަޒާނާއަށް ހެދުމަށް ތިޔަބޭފުޅުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެން ކަމުން ތިޔަބޭފުޅާއަށް އެހިތެރިވެދެއްވޭނެ ގޮތަކުން އެހީތެރިވެލައްވާ!
ހަދިޔާކުރައްވާ - ވިކިޕީޑިއާ ބޭނުންކުރުމަކީ ހިލޭ ކުރެވޭކަމެކެވެ. ނަމަވެސް ތިބޭފުޅުންގެ އެހީއަށް ބަރޯސާވެގެންނެވެ. ވިކިޕީޑިއާ އިތުރަށް ފުރިހަމަކޮށްދެއްވުމަށް އެހީތެރިވެލެއްވުމަށް ވިސްނަވައިލައްވާށެވެ. އެހީތެރިވެލެއްވުމަށްޓަކައި ކަނާތްފަރާތުގައި އިން ޚައިރާތުތައް ލިންކަށް ވަޑައިގަންނަވާށެވެ.
Why not try out the editor right now?
- Click here to edit the sandbox, a place to make test edits. (If there is already some text there, add to the end of the text.)
- Type some text.
- Click ނަމޫނާ to test your changes, or ޞަފްޙާ ރައްކާކުރައްވާ when you're happy with the way it looks.