ކޮވެލި ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ ބުޅަލަ ފާނަ އިން)
Jump to navigation Jump to search
ކޮވެލި ފާނަ

ކޮވެލި ފާނަ(ސައިންޓިފިކް ނަން: Cephalopholis miniata)ނުވަތަ (އިނގިރޭސި ބަހުން: Coral hind)ބުޅަލަ ފާނަ އަކީ ދިވެހިން ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ ގަލާއި މުރަކަތަކުގެ ނިވަލުގައެވެ. މަހުގެ ކަރުތާފަތްގަނޑުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ.

ކޮވެލި ފާނަ އަކީ ފަރުތަކުގެ ގާތަކުގެ ނިވަލުގައި އުޅޭ މަަހެއްކަމަށް ވިޔަސް މިމަސް ގިނައިން ފެންނަނީ ފިލަން ވަންނަ ތަނެއްގެ އަނގަމަތީ ބޯ ނުވަތަ ހަށިގަނޑުން ބައެއް ނެރެގެން ހިމޭނުން އޮއްވައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، މަޑުކަށީގެ 14 ނުވަތަ 16 ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 9 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި މަޑުކަށީގެ 17 ނުވަތަ 18 ކަށި ހުރެއެވެ. މަހުގެ ކުލައަކީ ދިއްލިފައި ހުންނަ ޒާތުގެ ރަތް ނާރިނގު ކުލައެކެވެ. މަހުގެ ބޮލުގައްޔާއި ހަށިގަނޑުގައި ނޫކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިތިކިތައް މަހުގެ ތުބުގެ ދަށުގައެއް ނުހުރެއެވެ. ކަންފަތުގެ ފަހަތްކޮޅު ހުންނަނީ ރީނދޫ ކުލައެއްގައެވެ.