" ވަޠަން އެދޭގޮތަށް " މިގުޅުން އުފެދުނު ގޮތް އަދި މިގުޅުމަށް އައި ބަދަލު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހި ރާއްޖޭގައި ވެރިކަން ކުރައްވަމުން އައި 3 ވަނަ ރައީސް އަލްއުސްތާޛް މައުމޫނު އަބުދުލް ޤައްޔޫމުގެ ވެރިކަމަށް 30 އަހަރުފުރި ދިވެހިރާއްޖޭގެ ރައްޔިތުން ބަދަލަކަށް ބޭނުންވެގެން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގިނަޕާޓީ ވާދަކުރާ އިންތިޚާބެއް ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވުމަށް މަގުފަހިވެގެން ދިޔައެވެ. ރިޔާސީ އިންތިޚާބަކަށް ރާއްޖޭގެ ރައްޔިތުން ފިސާރި ރަގަޅަށް ތައްޔާރުވަމުން ދިޔައެވެ. އެކި އެކި ސިޔާސީ ޕާޓީތައް ހަދައިގެން ސިޔާސީ މައިދާނުގައި މުޅި ދިވެހިރާއްޖެ ނުދެކޭފަދަ ބޮޑެތި ކަންތައްތަކެއް ކުރިމަތިވިއެވެ. މަޒުމޫނުގެ މައުޟުން ބޭރުވެދާނެތީ އެބަޔަށް އަލި އަޅުވާލުމުގެ ބަދަލުގައި އަސްލު މައުޟޫއާއިގެން ކުރިއަށް ދާނަމެވެ. ރިޔާސީ އިންތިޚާބު އޮތީ ދެބުރަކަށެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރެވެ. ފުރަތަމަ ބުރުގައި ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވީ ދިވެހި ރައްޔިތުންގެ ޕާޓީން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި އަލް އުސްތާޛް މައުމޫނު އަބުދުލް ޤައްޔޫމެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އަލްފާޟިލް މުހައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ / މާލެއެވެ. ޖުމްހޫރީޕާޓީގެ ފަރާތުން ކުރިމަތި ލެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަލްފާޟިލް ޤާސިމް އިބްރާހިމްއެވެ. ދިވެހި ޤައުމީޕާޓިން ރައީސްކަމަށް ކުރިމަތިލެއްވީ ޑޮކްޓަރ ހަސަން ސައީދެވެ.ޝޯސަލް ލިބަރަލް ޕާޓީން ކުރިމަތި ލެއްވީ އަލްފާޟިލް އިބްރާހިމް އިސްމާއިލް މއ.ބޯގަންވިލާ / މާލެއެވެ. އިސްލާމިކް ޑިމޮކްރެޓިކް ޕާޓިން ކުރިމަތިލެއްވީ އަލްފާޟިލް އުމަރު ނަސީރު / ހ.ދޮންޖޭމުގަސްދޮށުގެއެވެ. ބާކީ ހުރި ސިޔާސީޕާޓީތައް ތާއިދުކުރައްވަމުން ގެންދިޔަ ގޮތް ދަނަނަވަލާނަމެވެ.

__________________________________________________________________________________________________________________________________


2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބްގެ ބައިވެރިން [އުނިއިތުރު ގެންނަވާ]

1. ޑީ.އާރު.ޕީ ( ދިވެހިރައްޔިތުންގެ ޕާޓީ) އާއި ގުޅިފައި ހުރި ޕާޓީތައް

  • ރައީސުލްޖުމްހޫރިއްޔާގެ ކޮށްކޯފުޅު އަބްދުﷲ ޔާމީނު އިސްވެ ހުންނަވައިގެން ހިންގަވާ ޕީޕަލްސް އެލަޔަންސް (ޕީ.އޭ)
  • ރެޑްވޭވް ސަލީމް ހައްދަވައިގެން އުޅުއްވާ ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލާ ޕާޓީ
  • ޕީޕަލްސް ޕާޓީ (އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޕާޓ)


2. އެމް.ޑީ.ޕީ (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

  • ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން ހައްދަވައިގެން އުޅޭ ޤައުމީ އިއްތިހާދު ޕާޓީ


3.ޖުމްހޫރީޕާޓީ

  • އަދާލަތު ޕާޓީ
  • މޮނާޒާ ނައީމު ހައްދަވައިގެން އުޅޭ މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމް.އެން.ސީ)


4.ޑޮކްޓަރ ހަސަން ސައީދު

  • ޑރ.ހަސަން އަށް ތާއިދުކުރި ވަކި ސިޔާސީ ޕާޓީއެއް ނެތެވެ. ނަމަވެސް ހަސަން ނިކުމެވަޑައިގަތީ ނިއުމޯލްޑިވްސްގެ ޓެކް ޖައްސަވައިގެންނެވެ. ޑރ.ހަސަން ނަށް ތާއީދު ކުރެއްވި ސިޔާސީ ބޭފުޅުން މާކަ ގިނައެކޭ ނުދެންނެވޭނެއެވެ.


5.އިބްރާހިމް އިސްމާއިލް (އިބްރާ)

  • އިބްރާ ރިޔާސީ ރޭހަށް ނިކުމެ ވަޑައިގަތީ އަމިއްލަޕާޓީ އާއި އެކު ގިނިކަންޏާކަމުގައި ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. މާބޮޑު ބައިގަޑެއް ފަހަތުގައި ނެތި ނުކުމެވަޑައިގެން ރޭހުގައި ބައިވެރިވެލެއްވިއެވެ.


6. އުމަރު ނަސީރު (އުމަރު)

  • އުމަރު ނަސީރު ރާއްޖޭގެ ވެރިކަމުގެ ރޭހަށް ނިކުމެވަޑައިގަތީވެސް އަމިއްލަ ޕާޓީގެ ތާއީދު ހޯދައިގެންނެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އުމަރު ދުރާލާ ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް އުމަރު ހިންގެވިއެވެ. ސިޔާސީ އެހެން ޕާޓީއެއް އުމަރަކަށް ތާއީދެއް ނުދެއްވިއެވެ.


___________________________________________________________________________________________________________________________________

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ބޭފުޅުންގެ ތެރެއިން 1 ވަނަ އަށް ދިޔައީ ރައީސް މައުމޫނެވެ. ދެވަނަ ބޭފުޅަކީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އެވެ. ހަސަން ސައީދު ތިންވަނައެވެ.ޤާސިމް ދިޔައީ ހަތަރުވަނަ އަށެވެ.ފަސްވަނަ އިބްރާއެވެ.ހަވަނަ އުމަރެވެ. ނަތީޖާއިން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޖުމްހޫރީ ޕާޓީއަށެވެ. ސަބަބަކީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީގޮތުން އެންމެ ބާރުގަދަ ޕާޓީގެ ގޮތުގައި އެޕާޓީ އޮތީމައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޮޑުބައެއް ޖުމްހޫރީޕާޓީއާއި ގުޅިފައިވާތީ އެވެ. ސިޔާސީ ގޮތުން އެންމެ ބާރުގަދަ ޕާޓީ އަކީ ޖުމްހޫރީ ޕާޓީކަމުގައި މިދެންނެވީ އޮޅުމަކުން ނޫނެވެ.ޑީއާރުޕީގެ އިންތިހާބުގެ ބަލިވުމުގެ ހަޤީޤީ ސަބަބަކީ ޖުމްހޫރީޕާޓީއެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ދުވަސްތައް ގުނަން ފެށުމުގެ ސަބަބަކީ ވެސް ޖުމްހޫރީޕާޓީއެވެ. އެވަގުތު ޖުމްހޫރީޕާޓީ އޮތީ ޖުމްހޫރީ ގުޅުން ކިޔާ ހާއްސަ ކޯލިޝަނެއް ހަދައިގެންކަމުން އެކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތުން ވެގެން ދިޔައީ މިދެންނެވި ސިޔާސީ ބާރުގަދަވުން ލިބުނު ސަބަބުކަމުގައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެޑިޑޭޓ އިންތިހާބުގައި ހަތަރުވަނައަށް ދިޔަކަން އެއީ ސިހުން ލިބިގެން ދިޔަކަމެކެވެ. ހަސަން ސައީދަށް ވުރެ ޤާސިމް މަޤުބޫލުވާނެ ކަމަށް ގިނަބަޔަކު ބުނިނަމަވެސް ރައްޔިތުންގެ ވޯޓު ނިކުތީ ހައރާން ކުރުވަނިވި ގޮތަކަށެވެ. ޤާސިމަށް ނާކާމިޔާބު ވުމުގެ ސަބަބުތައް ކޮންމެހެން މިތާދަންނަވާކަށް ބޭނުމެއްނުވެއެވެ. " އަދި ނުނިމޭ... ކުރިއަށް ދަނީ....."