ޙަދީޘް
|
|||||||||||||
ޙަދީޘަކީ މުޙައްމަދުގެފާނުގެ ބަސްފުޅު ތަކާއި ޢަމަލުފުޅުތަކާއި އިތުރު އެކަލޭގެފާނު އެއްބަސްވެލައްވާފައިވާ (އިޤުރާރު)( އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެ ފާނުގެ ޞަޙާބީންގެ ތެރެއިން ބޭފުޅެއް އެކަލޭގެފާނުގެ ޙާޞިރުގައި ނުވަތަ ޣައިރު ޙާޞިރުގައި ކުރައްވާފައިވާ ކަންތަކާއި, އަދި އެކަލޭގެފާނަށް އެކަމުގެ ޚަބަރު ލިބިލައްވާފައިވާ ކަންކަމުގެ ތެރެއިން އެކަމަކަށް އިންކާރު ނުކުރައްވާ ކަންކަމެވެ.)ކަންކަމާއި އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އޭގެ ތެރޭގައި އިތުރު އެކަލޭގެފާނުގެ އަޚުލާޤީ ސިފަފުޅުތަކާއި ޒާތީ ސިފަފުޅުތައް ވެސް ޙަދީޘު ޢިލްމުވެރިން ހިމަނުއްވައެވެ.
ފިހުރިސްތު |
ޙަދީޘްގެ ބާވަތްތައް[އުނިއިތުރު ގެންނަވާ]
ހަދީޘް އަހަރެމެންނާއި ހަމައަށް ފޯރުމުގެ ގޮތުން ދެބަޔަކަށް ބެހިގެންވެއެވެ.
މުތަވާތިރު ޙަދީޘް[އުނިއިތުރު ގެންނަވާ]
المتواتر މިލަފުޒު ނެގިފައިވަނީ التّواتر އިންނެވެ. މާނައަކީ އެކަތި އަނެކައްޗާއި ގުޅިގެންދާގޮތަށް، ފަސްފަހަތުން އައުމެވެ. ޙަދީޘު އިލްމުވެރިންގެ އަރިހުގައި، المتواتر ގެމާނައަކީ " އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާހާ ގިނަ އަދަދެއްގެ ރާވީން ރިވާކުރުމެވެ."
މުތަވާތިރު ޙަދީޘްގެ ތަޢުރީފް[އުނިއިތުރު ގެންނަވާ]
ބަހުގެ ގޮތުން މުތަވާތިރު އަކީ ތަވާތުރަ' ގެ އިސްމު ފާޢިލް އެވެ. އޭގެ މާނައަކީ ތަތާބަޢަ އެވެ. މާނައަކީ އެކަތި އަނެކައްޗާއި ގުޅިގެން ފަސްފަހަތުން އައުމެވެ.ޙަދީޘް ޢިލްމުވެރިންގެ އިސްޠިލާޙުގައި މުތަވާތިރު ހަދީޘް އަކީ ގިނަ ޢަދަދެއްގެ ރާވީން އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާގޮތަށް ރިވާކުރައްވާފައިވާ ޙަދީޘެވެ.
މުތަވާތިރު ޙަދީޘްގެ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]
- ގިނަޢަދަދެއް ރާވީން ޙަދީޘު ރިވާކޮށްފައިވުން، ( މީގައި އެންމެ މަދު މިންވަރަކީ ކިހާވަރެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އިޚުތިޔާރު ކުރެވޭ ގޮތަކީ މަދުވެގެން 10 (ދިހަ) ރާވީން ރިވާކޮށްފައި ވުމެވެ.)
- މިފަދަ ގިނަ ރާވީން ސަނަދުގެ ކޮންމެ ޠަބަޤާއެއްގައިވެސް އެކުލެވިގެންވުން.
- އާދަކާދަ ނިޔާކުރާ ގޮތުން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަހީލުވާ ގޮތުގެމަތިން ރިވާވެގެންވުން. (އެއީ މިސާލަކަށް ތަފާތު ރަށްރަށުގެ ތަފާތު ދަރިކޮޅުގެ ނުވަތަ ޤަބީލާ ތަކުގެ ބައަކުކަމުގައި ވުންފަދަ ގޮތަކަށެވެ.)
- އެބައިމީހުން ރިވާކުރާ ހަދީޘު އެމީހުނަށް އެނގިފައިވުމާއި ޙިއްސުގެމަށްޗަށް އިޢުތިމާދު ވެފައި އޮތުން.( އެއީ އަޑުއައްސަވައިގެން ނުވަތަ ދެކެލައްވައިގެންނެވެ.)
މުތަވާތިރު ޙަދީޘު ބެހިގެންވާ ބައިތައް[އުނިއިތުރު ގެންނަވާ]
- المتواتز اللفظي
އެއީ އޭގެ ލަފުޒާއި މާނަވެސް މުތަވާތިރު ވުމެވެ. މިސާލު "من كذب علىّ متعمداً فاليتبوأ مقعده من النار" މާނައަކީ "ތިމަންކަލޭގަފާނުގެ މައްޗަށް ގަސްތުގައި ދޮގެއް ހަދައިފި މީހާ ފަހެ އެމީހާގެ ޖާގަ ނަރަކައިން ލިބިގަންނަ ހުއްޓެވެ." ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން 70 (ހަތްތަރި) އަށް ވުރެ ގިނަ ޞަހާބީ ބޭކަލުން މިޙަދީޘު ހަމަ މިލަފުޡުން ރިވާ ކުރައްވާފައި ވެއެވެ.
- المتواتر المعنوي
އެއީ ހަމައެކަނި މާނަ އެއްގޮތް ޙަދީޘުތަކެވެ. އެއީ ލަފުޒު ފިޔަވައި ޙަދީޘެއްގެ މާނަ މުތަވާތިރު ވުމެވެ. މިސާލަކަށް: ދުޢާ ކުރުމުގައި ދެއަތް އުފުލުމާއި ބެހޭ ޙަދިޘުތަކެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން ގާތްގަނޑަކަށް އެފަދަ 100( ސަތޭކަ) ޙަދީޘު ރިވާވެފައިވެއެވެ. އެއިން ކޮންމެ ޙަދީޘެއްގައި އެކަލޭގެފާނު ދުޢާކުރައްވާއިރު ދެއްތަޕުޅު އުފުއްލަވާކަމަށް އައިސްފައި ވެއެވެ. އެހެންނަމަވެސް އެއީ ތަފާތު މަޤާމުތަކުގައެވެ. މިއިން ކޮންމެ ޙަދީޘެއް ވަކިން ބަލާއިރު އެއިން ކޮންމެ ޙަދީޘަކީ މުތަވާތިރު ޙަދީޘެއް ނޫނެވެ. އެހެންނަމަވެސް އެތަފާތު މައްސަލަތަކުން ނެގޭ އެއްގޮތް ޙުކުމް ( ދުޢާކުރާ އިރު ދެއަތް އުފުލުން) އެއީ ތަވާތުރުގެ ދަރަޖައިގައިވާ ޙުކުމެކެވެ.
މުތަވާތިރު ޙަދީޘްގެ ޙުކުމް[އުނިއިތުރު ގެންނަވާ]
މުތަވާތިރު ޙަދީޘަކީ މީހަކަށް ކަމެއްފެނިގެން، އެފެނުނުކަންތައް އޭނާގެ އަމިއްލަނަފުސަށް ޤަބޫލުކުރެވޭ ކަމެކޭ އެއްފަދައިން ޔަޤީންކަމާއި އެކު ޤަބޫލުކުރަންޖެހޭ ޙަދީޘެވެ.
މުތަވާތިރު ޙަދީޘައް ޚާއްޞަކޮށް ލިއުއްވާފައިވާ ބައެއްފޮތްތައް[އުނިއިތުރު ގެންނަވާ]
- الأزهار المتناثرة في الأخبار المتواترة – الإمام السيوطي
- قطف الأزهار - الإمام السيوطي
އާޙާދު ޙަދީޘް[އުނިއިތުރު ގެންނަވާ]
الآحاد އަކީ أحد ގެ ގިނަގޮތެ (ޖަމްޢު)ވެ. މާނައަކީ އެކެކެވެ. ޙަދީޘު ޢިލްމުގައި آحاد އަކީ މުތަވާތިރު ޙަދީޘުގެ ޝަރުޠުތައް ފުރިހަމަ ނުވާ ކޮންމެ ޙަދީޘެކެވެ.
އާޙާދު ޙަދީޘުގެ ޙުކުމް[އުނިއިތުރު ގެންނަވާ]
އާޙާދު ޙަދީޘުން ލިއްބައިދެނީ ނަޡަރީ ޢިލްމެވެ. އެއީ ތަހުގީގުކޮށް ބެލުމާއި ދަލީލުތަކުގެ މައްޗަށް ހުއްޓިފައިވާ ޢިލްމެވެ. މިގޮތުން ތަހުގީގުކޮށް ބަލާހޯދުމަށްފަހު އެޙަދީޘަކީ މަޤުބޫލު ޙަދީޘެއްކަން ސާބިތުވެއްޖެނަމަ އެޙަދީޘަކަށް ޢަމަލުކުރުން ވާޖިބުވާނެއެވެ.
އާޙާދު ޙަދީޘު ބެހިގެންވާ ބައިތައް:[އުނިއިތުރު ގެންނަވާ]
އާޙާދު ޙަދީޘު އައިސްފައިވާ ގޮތްތަކާއި ރާވީންގެ ޢަދަދުގެ ގޮތުން ބަލާއިރު އާޙާދު ޙަދީޘު ތިންބަޔަކަށް ބެހެއެވެ. އެއީ؛
- المشهور ( މަޝްހޫރު ޙަދީޘު)
- العزيز ( ޢަޒީޒު ޙަދީޘު)
- الغريب (ޣަރީބު ޙަދީޘު)