ޕިޓޫއިޓަރީ ގްލޭންޑް
ޕިޓޫއިޓަރީ ގްލޭންޑް ޕިޓޫއިޓަރީ ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: pituitary gland) އަކީ ސިކުނޑިގެ ބުނޑުގަނޑުގައި ނުވަތަ ދަށުގައި އިންނަ ފެހި އޮށެއްގެ ވަރުވާ އިންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ ސެލާ ޓާސިކާ(sella turcica) ކިޔާ ކަށިން އުފެދިފައިވާ ހުސްތަނެއްގެ ތެރޭގައެވެ. މިބުނި ކަށީގެ ހޮހަޅަ އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި އެތެރެން ހުންނަ ކަށިގަނޑުތަކުގެ ތެރޭގައި ހިމެނޭ ސްފީނޮއިޑް ކަށިގަނޑު(sphenoid bone) ގެ ތެރޭގައެވެ. ޕިޓޫއިޓަރީ ގްލޭންޑް އިން އެހެން އިންޑަކްރިން ގްލޭންޑްތައް ހީވާގިކޮށް މުރާލިކުރާވާ ހޯރމޯންތައް ދޫކުރެއެވެ.
ބައިތައް[އުނިއިތުރު ގެންނަވާ]
ކުރިމަތީ ޕިޓޫއިޓަރީ ލޯބް[އުނިއިތުރު ގެންނަވާ]
ކުރިމަތީ ޕިޓޫއިޓަރީ ލޯބް އިން ދޫކުރާ ހޯރމޯންތައް ތިރީގައި މިވަނީ އެވެ.
- ގްރޯޘް ހޯރމޯން
- ޕްރޯލެކްޓިން
- އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން
- ލައިޕޯޓްރޮޕިން
- ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން
- ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން
- ލޫޓީއިނައިޒިންގ ހޯރމޯން
ފަހަތު ޕިޓޫއިޓަރީ ލޯބް[އުނިއިތުރު ގެންނަވާ]
ފަހަތު ޕިޓޫއިޓަރީ ލޯބް އިން ދޫކުރާ ހޯރމޯންތައް ތިރީގައި މިވަނީއެވެ.
މެދުތެރޭ ޕިޓޫއިޓަރީ ލޯބް[އުނިއިތުރު ގެންނަވާ]
މެދުތެރޭ ޕިޓޫއިޓަރީ ލޯބް އިން ދޫކުރާ ހޯރމޯން ތިރީގައި މިވަނީއެވެ.
ވަޒީފާ[އުނިއިތުރު ގެންނަވާ]
ޕިޓޫއިޓަރީ ގްލޭންޑް އަންނަނިވި ކަންތައްތައް ކޮންޓްރޯލް ކުރުމުގައި ބައިވެރިވެ، އެހީތެރިވެދެއެވެ.
- ހަށިގަނޑު ހެދިބޮޑުވުން
- ލޭގެ ޕްރެޝަރު
- މައިމީހާގެ އުރަމަތީގައި ކިރު އުފެދުން
- ޖިންސީ ގުނަވަންތަކުގެ މަސައްކަތް
- ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް
- ފެނާއި މަޢުދަންތައް ހަށިގަނޑުގައި ހަމަހަމަކަންމަތީ ބެހެއްޓުން
- މާބަނޑުވުމާއި ވިހެއުމުގެ ތެރޭގައި ކުރިމަތިވާ ބައެއްކަންތައްތައް