ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Follicle stimulating hormone) އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް ގައި ހުންނަ ގޮނާޑޮޓްރޯޕް(Gonadotrope) ސެލްތަކުން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބިސްރަވައިގައި ފުރިހަމަނުވާ ގްރާފިން ފޮލިކަލް ފުރިހަމަވުމަށް ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ބާރު އަޅައެވެ. ފޮލިކަލް ފުރިހަމަވުމުން އެއިން އިންހިބިން ދޫކުރެއެވެ. އިންހިބިން ދޫކުރުމުން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުން ނުވަތަ ބޭރުކުރުން ހުއްޓުވައެވެ. ފިރިހެނުންނަށް ރިޢާޔަތްކުރާއިރު އުރަވަޅިގައި ހުންނަ ސާރޓޯލީ ސެލް އިން އެންޑްރަޖަން ބައިންޑިންގ ގްލޯބިއުލިން އުފެއްދުން ހަލުއިކޮށް ފަސޭހަކޮށްދެއެވެ.