ވޭޒޯޕްރެސިން

ވިކިޕީޑިއާ އިން

ވޭޒޯޕްރެސިން ނުވަތަ (އިނގިރޭސި ބަހުން: Vasopressin) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕަރަވެންޓްރިކިއުލާ ނިއުކްލިއަސް(Paraventricular nucleus) އަދި ސްޕްރައޮޮޕްޓިކް ނިއުކްލިއަސް(Supraoptic nucleus) ގައި ހުންނަ މެގްނޯ ސެލިއުލާ ނިއުރޯސިކްރީޓަރީ ސެލް(Magnocellular neurosecretory cell) ތަކުން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. ވޭޒޯޕްރެސިން މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ މިފަދަ ސެލްތަކުންނެވެ.

މިއީ ހައިޕޯތަލަމަސް ގައި ޕްރީޕްރޯ ހޯރމޯން ޕްރިކޯސަރ އިން އުފެދިގެން އައިސް ޕޯސްޓީރިއޯ ޕިޓޫއިޓަރީ ލޯބް އަށް ވާޞިލްވާ ހޯރމޯން އެވެ. ޕޯސްޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން މިހޯރމޯން ލޭގެ ތެރެއަށް ދޫކުރެއެވެ. އަދި ބައެއް ފަހަރު ސީދާ ސިކުނޑިގެ ތެރެއަށް ދޫކުރެއެވެ.

ވޭޒޯޕްރެސިން އަށް ކިޔައިއުޅޭ އެހެން ނަންނަމުގެ ތެރޭގައި އާޖިނީން ވޭޒޯޕްރެސިން(Arginine vasopressin) ، އާޖިޕްރެސިން(Argipressin) ، އަދި އެންޓި ޑައިޔުރެޓިކް ހޯރމޯން(Antidiuretic hormone/ADH) ފަދަ ނަންތައް ހިމެނެއެވެ.

ވޭޒޯޕްރެސިން ހަށިގަނޑުން ދޫކުރަނީ ހަށިގަނޑުގައި ފެނުގެ ނިސްބަތް މަދުވާ ހިނދުގައެވެ. ގުރުދާ ގައި ފެން ވަކިވަރެއްގައި ހިފަހައްޓައި ދިނުމަށް މިހޯރމޯން މެދުވެރި ކުރުވައެވެ. އެގޮތުން ކުޑަކަމުދާ ތަކެތި ތަރުކީޒުކޮށް، އަދި ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުކުރުވައެވެ. މީގެ އިތުރުން ލޭހޮޅިތައް ހަނިކުރުވުން(Vasoconstriction) ކުރިމަތި ކުރުވައިގެން ލޭގެ ޕްރެޝަރު މަތިކުރުވައެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން