ޔަޙްޔާގެފާނު

ވިކިޕީޑިއާ އިން

Part of a series on
Allah-eser2.png
Islam

Beliefs

Allah · Oneness of God
މުޙައްމަދުގެފާނު · Other prophets

Practices

Profession of faith · Prayer
Fasting · Charity · Pilgrimage

Texts and laws

Qur'an · Sunnah · Hadith
Fiqh · Sharia · Kalam · Sufism

History and leadership

Timeline of Muslim history
Ahl al-Bayt · Sahaba
Sunni · Shi'a
Rashidun caliphs · Shi'a imams

Culture and society

Academics · Animals · Art
Calendar · Children
Demographics · Festivals
Mosques · Philosophy
Science · Women
Politics · Dawah

Islam and other religions

Christianity · Judaism
Hinduism · Sikhism · Jainism

See also

Criticism · Islamophobia
Glossary of Islamic terms

Islam portal
 v  d  e 


ޔަޙްޔާގެފާނު (يحيى) އަކީ ﷲ ގެ ނަބީ އެކެވެ. ދަރިކަލެއްގެ ނިޢްމަތަށް އެދިވަޑައިގެން ޒަކަރިއްޔާ ޢަލައިހިއްސަލާމް ކުރެއްވެވި ދުޢާފުޅު މާތްﷲ އިޖާބަކުރައްވަވާ، މަލާއިކަތްބޭކަލުން މެދުވެރިކުރައްވަވާ، ޒަކަރިއްޔާ ޢަލައިހިއްސަލާމްއަށް ދެއްވެވި އުފާވެރިކަމުގެ ޚަބަރަށްފަހު، ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އަނބިކަނބަލުން އާލާސްވެއިންނަވާ، މޫނު އަލިވެގެންވާ، ބަރަކާތްތެރި ދަރިކަލަކާއިގެން ރައްކާވެވަޑައިގަތެވެ. ﷲ ދެއްވެވި އުފާވެރިކަމުގެ ޚަބަރުގައި އަންގަވާފައިވާ ފަދައިން، އެ ދަރިކަލުންނަށް ޔަޙްޔާ އޭ ވިދާޅުވެ، ޒަކަރިއްޔާގެފާނު ނަންދެއްވިއެވެ.


ފަހެ، ޔަޙްޔާ ޢަލައިހިއްސަލާމް ވެވަޑައިގަތީ އެންމެ ތުއްޕުޅު އިރުއްސުރެވެސް ތޫނުފިލި ވިސްނުންތެރި ދަރިކަލަކަށެވެ. ފޮތުގެ ޢިލްމަށް ލޯބިކުރައްވަވާ، އަޅުވެރި ތަޤްވާވެރި ދަރިކަލަކަށެވެ. މާތްﷲ ނަބިއްޔެއްކަމުގައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވިއެވެ. އަދި މީސްތަކުންނަށް ޢިލްމާއި ޙިކްމަތް އުނގަންވައިދެއްވާ ތަޤްވާވެރިއަކު ކަމުގައި އެކަލޭގެފާނުވިއެވެ.


ޔަޙްޔާ ޢަލައިހިއްސަލާމްއަށް މާތްﷲ 5 ކަމަކަށް އަމުރުކުރެއްވިއެވެ. އަދި އެ 5 ކަންތަކުގައި ހިފެހެއްޓުމަށް ބަނީ އިސްރާއީލުންނަށް އަމުރުކުރުމަށް އެންގެވިއެވެ. މި ދެންނެވި 5 ކަންތަކަކީ، ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމާއި، ނަމާދު ޤާއިމްކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުޅައުމެވެ. ޤައުމުގެ މީހުންނަށް، މި 5 ކަންތަކުގައި ހިފެހެއްޓުމުގެމައްޗަށް ޔަޙްޔާގެފާނު ވަޞިއްޔަތްކުރެއްވިއެވެ. އަދި ރެޔާއި ދުވާލު އަޅުކަމާއި ހެޔޮ ކަންތައްތައް ކުރެއްވުމުގައި ދެމިހުންނަވާ، ﷲ ހަނދުމަކުރެއްވުމާއި، ޤިޔާމަތްދުވަސް ހަނދުމަކުރައްވަވާ ކީރިތިކުރެއްވުން ގިނަ ބޭކަލަކުކަމުގައި ޔަޙްޔާގެފާނު ވިއެވެ.


ބަނީ އިސްރާއީލުންގެ މީހުންގެ ނުބައިނުލަފާކަން ޙައްދު ފަހަނައަޅާގޮސް، އެއްވެސް ޙައްޤަކާނުލައި، އެއުރެންގެ އަތްތަކުން ޤަތުލުކަޅަ ނަބީ ބޭބޭކަލުންކުރެ އެއްބޭކަލަކީ ޔަޙްޔާގެފާނެވެ.


ﷲގެ ނަބިއްޔާ، ޔަޙްޔާ ޢަލައިހިއްސަލާމް ޤަތުލުކުޅަ ޙާދިސާއާއިމެދު ތަފާތު ރިވާޔަތްތަކެއް ވެއެވެ. މި ހުރިހާ ރިވާޔަތްތަކަކަށް ނަޒަރު ހިންގާއިރުވެސް މި ނުބައި ޢަމަލު ރާވާހިންގީ، ދިމިޝްޤުގެ ރަސްކަލަކަށް އޭރު ހުރި މީހާއާއި، އޭނާގެ އަޢުވާނުން ގުޅިގެންކަން ޔަޤީންކުރެވެއެވެ.


ބައެއް ރިވާޔަތްތައް ބުނާގޮތުގައި ޔަޙްޔާގެފާނަކީ، ނުހަނު މޫނުފުޅު އުޖާލާ، ބުރުސޫރަ ރިވެތި ބޭކަލަކަށްވާތީ، އެކަލޭގެފާނާއި ކައިވެނިކުރުމަށް ގަނޑުވަރުތެރޭގެ އަންހެން ސާހިބަކު ހިތުއަޅައިގެން އުޅުނީއެވެ. އަދި އެކަން ނުވެދާނެހެން ހީވުމުން އެކަމުގެ ރުޅީގައި ޔަޙްޔާގެފާނު ޤަތުލުކުޅައުމަށް އަމުރުކުރީއެވެ. އަނެއްބައި ރިވާޔަތްތައް ބުނާގޮތުގައި ރަސްގެފާނަށް ކާވަނި ޙަލާލުނުވާނެ އަންހެންބޭކަނބަލަކާއި ކާވަނި ބައްލަވައިގަންވަން ރަސްގެފާނު އުޅުއްވާކަން ޔަޙްޔާގެފާނަށް އެނގިވަޑައިގެން، އެކަން މަނާކުރެއްވުމުން، ގަނޑުވަރުތެރެއިން ނުކުތް އަމުރަކަށް ޔަޙްޔާގެފާނު ޤަތުލުކުޅައީއެވެ. އަދި މިކަންކުޅައީ އެއުރެންގެ ޢީދުދުވަހެއްގައެވެ.


ޔަޙްޔާގެފާނު އުފަންވަވަޑައިގަންނަވާ ވަގުތުއާއި، މިދުނިޔެއިން ވަކިވެވަޑައިގަންނަވާ ވަގުތުއާއި، އަލުން ދިރުއްވަވާ ވަގުތު ﷲގެ ޙަޟްރަތުން ސަލާމްހުރިކަމުގައި ( ﷲގެ ރަޙްމަތް އެހުރިހާ ވަގުތަކުމެ އެކަލޭގެފާނުގެމައްޗަށް ހުރިކަމުގައި ) ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ބުނެވޭ ގޮތުގައި އެކަލޭގެފާނު ދުނިޔޭގައި ހުންނެވީ 30 އަހަރަށެވެ.


[އުނިއިތުރު ގެންނަވާ] ރިފަރެންސް

[އުނިއިތުރު ގެންނަވާ] އަދި އިތުރަށް ބައްލަވާލައްވާ


[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް


Wiki letter w.svg މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން