ޔައުޤޫބުގެފާނު
ވިކިޕީޑިއާ އިން
ޔައުޤޫބުގެފާނު (ܝܰܥܩܽܘܒ:in Syriac) އަކީ ނަބީ ބޭކަލެކެވެ. އެ ކަލޭގެފާނުގެ ބައްޕާފުޅަކީ އިސްޙާޤުގެފާނެވެ. ޔަޢްޤޫބު ޢަލައިހިއްސަލާމްއަކީ، އިސްޙާޤް ޢަލައިހިއްސަލާމްގެ ދަރިކަލެކެވެ. ޔަޢްޤޫބުގެފާނާއި އެއްމާބަނޑުގައި އެހެން ދަރިކަލަކުވެސް އިސްޙާޤްގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެދަރިކަލުންގެ ނަމަކީ ޢީޞް އެވެ.
| ސިލްސިލާ ލިޔުންތަކުގެ ބައި |
| ޢަޤީދާ |
|
ﷲ ގެ އެއްކައުވަންތަކަން |
| މުހިންމު ޝަހްސިއްޔަތުތައް |
|
މުޙައްމަދުގެފާނު |
| ފޮތްފޮތާއި ޝަރީޢަތް |
|
ޤުރުއާން • ޙަދީޘް • ޝަރީޢަތް |
| ފިރްޤާތައް |
| ސިޔާސީ-އިޖްތިމާޢީ ވިސްނުން |
|
އިސްލާމީ ތަޢުލީމު |
ޔަޢްޤޫބުގެފާނުގެ ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ލަޔާ ކިޔާ ބޭކަނބަލަކާއިއެވެ. އެއަށްފަހު، ލަޔާގެ އުޚްތެއްކަމުގައިވާ ރާޙީލްއާއިވެސް އެކަލޭގެފާނު ކައިވެނިބައްލަވާގަތެވެ. ލަޔާގެ ފަރާތްޕުޅުން ގިނަ ދަރިކަލުންތަކެއް ޔަޢްޤޫބަށް ލިބިވަޑައިގަނެއެވެ. އެހެން ނަމަވެސް ރާޙީލްގެ ފަރާތްޕުޅުން ލިބިވަޑައިގަތީ ހަމައެކަނި، ޔޫސުފްއާއި ބުންޔާމީންއެވެ.
ޤުރުއާނުގެ ފަތްފުށްތަކުގައި ޔަޢްޤޫބު ޢަލައިހިއްސަލާމަކީ ތެދުވެރި ނަބިއްޔެއްކަމާއި، އަދި ﷲއަށް އަޅުކަންކުރެއްވި ޞާލިޙު އަޅެއްކަން ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނާއިމެދު މަދަޙައިގެ ބަސް ވަޙީކުރައްވާފައިވެއެވެ. ޔަޢްޤޫބުގެފާނަށް ގިނަ ދަރީންތަކެއްގެ ނިޢުމަތެކޭ އެއްފަދައިން ތަނަވަސްކަންވެސް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި ކުރެއްވި މައިގަނޑު މަސައްކަތްޕުޅު ކަމުގައިވާ ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތުގައި ބަރަކާތްލެއްވެވިއެވެ.
ގިނަ ދަރިކަލުންތަކަކާއިއެކު ދިރިއުޅުއްވުން ހޭދަކުރައްވަމުން ދިޔައިރު އެކަލޭގެފާނާއި ކުރިމަތިވެވަވަޑައިގަތް އެންމެބޮޑު އިމްތިޙާނަކީ ދަރިކަލުން ޔޫސުފްދެކެ ޔަޢްޤޫބުގެފާނު މާބޮޑަށް ލޯބިވެވަޑައިގަންނަވާކަމުގައި އެކަލޭގެފާނުގެ އެހެން ދަރިދަރިކަލުންނަށް ހީފުޅުވުމުގެ ސަބަބުން ދިމާވި ކަންތައްތަކެވެ. މި ކަންތައްތަކުގެ ތެރޭގައި ޔޫސުފް ގެއްލިވަޑައިގަންނަވަން ޖެހުނުގޮތާއި އޭގެފަހަށް ކަންތައްތައް ހިނގައިދިޔަގޮތް ވަރަށް ތަފްޞީލުކޮށް ކީރިތިޤުރުއާނުގެ ޔޫސުފް ސޫރަތުގައި އެވަނީއެވެ. ޔޫސުފް ގެއްލިވަޑައިގަތީއްސުރެ، ޔޫސުފް އާއި ބައްދަލުވެވަޑައިގަތުމަށް ދާންދެން ކެތްތެރިކަމާއި އަދި ﷲގެ ޙަޟްރަތުން ވާގިއެދިވަޑައިގަތުމުގައި ޔަޢްޤޫބުގެފާނު ދުވަސްތައް ހޭދަކުރެއްވިއެވެ. އެދުވަސްތަކުގައި ދަރިކަލުން ޔޫސުފްއާއިމެދު ހިތާމަފުޅު ކުރައްވަމުންގޮސް އެކަލޭގެފާނުގެ ލޯފުޅު މުޅީން ހުދުވިކަމަށް ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ.
ދަރިކަލުން ޔޫސުފްއާއި، ޔަޢްޤޫބުގެފާނު ބައްދަލުވަވަޑައިގަންނަވަނީ، ޔަޢްޤޫބުގެފާނުގެ ޢުމުރުފުޅުން 130 އަހަރުފުޅުގައެވެ. ކަންތައްތައް ހިނގައިދިޔަގޮތް ސާފުވެވަޑައިގަތުމުން، ޔަޢްޤޫބުގެފާނު އެކަލޭގެފާނުގެ ހުރިހާ ދަރިދަރިކަލުންނަށް ފާފަފުއްސަވައިދެއްވުން އެދި ދުޢާކުރައްވައެވެ.
ޔަޢްޤޫބުގެފާނަކީ ވަރަށް ޙިކްމަތްތެރި ވިސްނުންތެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކި ޙާދިސާތަކާއި ގުޅިގެން ދެއްވަފާފައިހުރި ނަޞޭޙަތްތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ޚަބަރުތައް މިކަން ޔަޤީންކޮށްދެއެވެ. ޔަޢްޤޫބުގެފާނު އަވަހާރަވީ ޢުމުރުފުޅުން 140 އަހަރުފުޅުގައިކަމަށް ގިނަ ރިވާޔަތްތައް ބުނެއެވެ. އަވަހާރަވުމުގެ ވަގުތު ކުޑަތަންވެއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވުނު ހިނދު، އެކަލޭގެފާނުގެ ދަރިދަރިކަލުން އެއްކުރައްވައި، ﷲއަށް އަޅުކަންކުރުންމަތީ ދެމިތިބުމަށާއި، އެގޮތުގައި ނޫނީ މަރުވެ ނުދިއުމަށް ވަޞިއްޔަތްކުރެއްވިއެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގައި މިވަޞިއްޔަތުގެ ވާހަކަ މާތްﷲ ބަޔާންކުރައްވާފައިވެއެވެ.
[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

