ގުލްކޯޒް ޓޮލެރަންސް ޓެސްޓު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގުލުކޯޒް ޓޮލެރަންސް ޓެސްޓު އަކީ ގުލުކޯޒް އަށް ތަޙައްމަލްވާ މިންވަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.


ޓެސްޓު ހަދާގޮތް[އުނިއިތުރު ގެންނަވާ]

  • އެއްވެސް އެއްޗެއް ނުކައި ނުބޮއި 8 ގަޑިއިރު ހުރުމަށްފަހު 100 ގުރާމްގެ ގުލުކޯޒް ޕެކެޓް އަކާއި، ލުނބޯއެއް ހިފައިގެން އަންނާށެވެ. އަންނައިރު ކުޑަކަމުދާ އެއްޗެހި ލެބޯޓްރީ އިން ދޭ ފުޅިއަށް ނަގައިގެން އަންނާށެވެ.
  • ފުރަތަމަ ފަހަރު ލޭ ނެގުމަށްފަހު ގުލްކޯޒު ތަށި ބޯނީ އެވެ.
  • ގުލްކޯޒް ބުއިމަށްފަހު 3 ފަހަރު ލޭނަގަން އަންނަން ވާނެއެވެ. އެއީ ގަޑިއަކު 1 ފަހަރު އެވެ.
  • މި 3 ފަހަރު ވެސް ލޭނަގަން އަންނަންވާނީ ކުޑަކަމުދާ ތަކެތި ނަގައިގެންނެވެ. ކުޑަކަމުދާ އެއްޗެތި ނެގުމަށްފަހު ކޮންމެ ފަހަރަކު ވެސް މަސާނާ އެކީ ހުސްވަންދެން ކުޑަކަމުދާން ޖެހޭނެ އެވެ.