ލޭ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
އިނގިއްޔެއް ކަނޑައިގެން ލޭފައިބަނީ: ގަދަ ރަތްކުލައިގެ ތަންގަނޑު އެއީ ޕްލެޓްލެޓްސް

ލޭ ގައި ހިމެނެނީ ދިޔާ މާއްދާއެއްކަމަށްވާ (އިނގިރޭސި ބަހުން: plasma) އާއި ލޭގެ ސެލްތަކެވެ. ލޭގެ ސެލްތައް ހުންނަނީ ޕްލާޒްމާގެ ތެރޭގައެވެ. ލޭގައި ހިމެނޭ ސެލްތަކަކީ ލޭގެ ރަތް ސެލް(Red blood cell)، ލޭގެ ހުދު ސެލްތައް(White blood cells) އަދި ޕްލޭޓްލިޓް(Platelet) އެވެ. ރަތް ސެލް އަށް ރަތް ކުލަ ލިބިފައިވަނީ އޭގައި ހިމެނޭ ހިމަގްލޯބިން(Hemoglobin) ގެ ސަބަބުންނެވެ. ރަތް ސެލްތައް އޮކްސިޖަން އާއި ކާނާގެ ހަށިގަނޑު ސެލްތައް ފޯރުކޮށްދެއެވެ. ލޭގެ ހުދުސެލްތައް ހަށިގަނޑު ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާއިރު، ޕްލެޓްލެޓްތައް ބައިވެރިވަނީ ހަށިގަނޑު ތެރޭގައި ހިންގާ ލޭމަނާކުރުމުގެ މަސައްކަތުގައެވެ.


ލޭގެ ރަތް ސެލްތަކަށް އިރިތްރަސައިޓް(Erythrocyte)، އަދި ހުދު ސެލްތަކަށް ލޫކަސައިޓް(Leukocyte) އަދި ޕްލޭޓްލިޓް ތަކަށް ތްރޮމްބަސައިޓް(Thrombocyte) އޭ ކިޔައެވެ.


ޕްލާޒްމާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕްލާޒްމާ

ޕްލާޒްމާ ނުވަތަ (އިނގިރޭސި ބަހުން: Plasma) އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަ ވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ.

ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ޕްލާޒްމާ ޕްރޮޓީން(Plasma protein) އެވެ. 2 އިންސައްތަ އަކީ ލިޕިޑް، ހޯރމޯން، އެންޒައިމް، އަދި ތަފާތު ކާނާގެ މާއްދާތަކާއި، ހަށިގަނޑުން ބޭރުކުރަންޖެހޭ ބޭކާރު މާއްދާތަކެވެ. 0.9 އިންސައްތަ އަކީ ތަފާތު މައުދަންތަކެވެ. އޭގެ ތެރޭގައި ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް، ފަދަ މާއްދާތައް ހިމެނެއެވެ.

ލޭގެ ރަތް ސެލް[އުނިއިތުރު ގެންނަވާ]

ލޭގެ ރަތްސެލް
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭގެ ރަތް ސެލް

ލޭގެ ރަތް ސެލް ނުވަތަ (އިނގިރޭސި ބަހުން: Red blood cell) އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލް ގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. ލޭގެ ރަތް ސެލް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. ލޭގެ ރަތް ސެލް ތަކަށް އިރިތްރަސައިޓް(Erythrocyte) އޭ ވެސް ކިޔައެވެ.

ލޭގެ ހުދު ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭގެ ހުދު ސެލް

ލޭގެ ހުދު ސެލް ނުވަތަ (އިނގިރޭސި ބަހުން: White blood cell) އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ލޫކަސައިޓް(Leucocyte) އޭވެސް ކިޔައެވެ.ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ. އެވްރެޖްގޮތެއްގައި މިއަދަދު ހުންނަނީ 7000ގައެވެ.ލޭގެތަހުލީލު ތަކުން ލޭގެ ހުދު ސެލްތައް ލޭގައި ގިނަކަމަށް ދައްކައިފިނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ބައްޔެއް އަށަގަތުމެވެ.

ލޭގެ ހުދު ސެލްތަކުގެ ތެރޭގައި މައިގަނޑު 5 ބާވަތެއްގެ ސެލް ހިމެނެއެވެ.


ޕްލޭޓް ލިޓް[އުނިއިތުރު ގެންނަވާ]

ޕްލޭޓްލިޓް ނުވަތަ (އިނގިރޭސި ބަހުން: Platelet) އަކީ ކަށީގެ މަދުގައި ހުންނަ އާދަޔާޚިލާފަށް ބޮޑު ސެލްއެއް ކަމުގައިވާ މެގަކަރީއޯސައިޓް(Megakaryocyte) އިން އުފެދޭ ކުދިކުދިބައިތަކެކެވެ. މެގަކަރިއޯސައިޓްސްއަކީ ކަށީގެމަދުގެ ތެރޭގައި ސްޓެމް ސެލް(Stem cell) އިން އުފެދި ފުރިހަމަވުމަށްފަހު އޭގެތެރޭގައި ދެމިހުންނަ ސެލްތަކެކެވެ. ޕްލޭޓްލިޓް ތަކުގައި ނިއުކްލިއަސްއެއް ނުހުރެއެވެ. އަދި އޭގެ ޒާތުގައި އަލުންއުފެދުމުގެ ގާބިލިއްޔަތުކަން ވެސް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ޕްލޭޓްލިޓް ބޭނުންވާ ކޮންމެ ފަހަރަކު މެގަކަރީއޯސައިޓްތަކުން ޕްލޭޓްލިޓް އުފައްދައެވެ.ވަށަމިނުގައި 3މައިކްރޯން ހުރެއެވެ. ޕްލޭޓްލިޓް އަށް ތްރޮމްބަސައިޓް(Thrombocyte) އޭ ވެސް ކިޔައެވެ.