އަލްއިމާމުއް ޝާފިޢީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
الْإِمَامُ الشَّافِعِي ގެ ނަންފުޅު (ޢަރަބިބަހުން)

الْإِمَامُ الشَّافِعِي އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރުގައެވެ. އެއީ الْإِمَامُ أَبُو حَنِيفَة އަވަހާރަވީ އަހަރެވެ. الْإِمَامُ الشَّافِعِي ގެފާނަކީ ކީރިތި ރަސޫލާ ﷺ ގެ ކާފާފުޅު عَبْدُ الْمُطَّلِب ގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. އެ ކަލޭގެފާނުގެ އަސްލު ނަންފުޅަކީ مُحَمَّدُ بْنُ إِدْرِيس (މުޙައްމަދު ބްނު އިދްރީސް) އެވެ. الْإِمَامُ الشَّافِعِي އަކީ ސުންނަތް ޖަމާޢަތުގެ ފިޤުހީ މަޛުހަބުތަކުގެ ތެރެއިން ޝާފިޢީ މަޛުހަބުގެ އިމާމެވެ.

الْإِمَامُ الشَّافِعِي ގެ ތުއްޕުޅުއިރު ބައްޕާފުޅު އަވަހާރަވުމުން އެ ކަލޭގެފާނުގެ މަންމާފުޅު އެ ކަލޭގެފާނާއިގެން މައްކާއަށް ވަޑައިގެން އެ ތާނގައި ވަޒަންވެރިވެވަޑައިގަތެވެ. الْإِمَامُ الشَّافِعِي ޢުމުރުފުޅުން ހަތް އަހަރުފުޅުގައި ކީރިތި ޤުރްއާން ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. އަދި الْإِمَامُ مَالِك ލިޔުއްވި المُوَطَّأ ވެސް ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. އަދި ޢަރަބިބަހާއި، ފިޤުހާއި، ޙަދީޘާއި، ދީނުގެ އެހެނިހެން ޢިލްމުތައް އުނގެނިވަޑައިގަތެވެ.

الْإِمَامُ الشَّافِعِي ވަރަށް ގިނަ ބޭފުޅުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި الْإِمَامُ مَالِك އާއި، إِبْرَاهِيمُ بْنُ سَعِيدٍ الأَنصَارِي އާއި، هِشَامُ بْنُ يُوسُف އާއި، وَكِيعُ بْنُ الْجَرَّاح ހިމެނިވަޑައިގަންނަވައެވެ.

الْإِمَامُ الشَّافِعِي އަރިހުން ޢިލްމު ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައި الْإِمَامُ أَحْمَدُ بْنُ حَنبَل އާއި، الْحَسَنُ بْنُ مُحَمَّد އާއި، الْحُسَيْنُ الْكَرَابِيسِي އާއި، إِسْمَاعِيلُ بْنُ يَحْيَى الْمُزنِي ހިމެނިވަޑައިގަންނަވައެވެ.

الْإِمَامُ الشَّافِعِي އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރު ވަނަ އަހަރުގެ ރަޖަބު މަހުގެ އެންމެ ފަހު ރޭ ކަމުގައިވި ހުކުރު ވިލޭރޭ ޤާހިރާގައެވެ. އަވަހާރަވީއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 54 އަހަރުފުޅެވެ.