އައްޝައިޚް އަޙްމަދު ޝާޠިރު
އައްޝައިޚް އަޙުމަދު ޝާތިރު އަކީ ދިވެހި ދައުލަތަށާއި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދިވެހި ދަރިއެކެވެ. ޚާއްޞަކޮށް ދީނީ ރޮނގުން ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ލިޔުންތެރި އެކެވެ. ޅެންވެރި އެކެވެ. އަދި ކުޅަދާނަ މުގައްރިރެއް ވެސް މެއެވެ.
ރައްޔިތުން މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 1 އޮގަސްޓް 1972 ން ފެށިގެން 11 ނޮވެމްބަރ 1982 ގެ ނިޔަލަށެވެ. އައްޝައިޚް އަޙްމަދު ޝާޠިރު ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ ރާއްޖެއިންނެވެ. މަތީ ތައުލީމް ޙާޞިލްކުރެއްވީ މިޞްރުންނެވެ.ކިޔެވުން ނިންމެވީ އަޒުހަރު ޔުނިވަސިޓީ އިންނެވެ.
ނަސަބު
[އުނިއިތުރު ގެންނަވާ]އައްޝައިޚް އަޙްމަދު ޝާޠިރުގެ ބައްޕާފުޅަކީ، ފުވައްމުލަކު މުދިންގޭ މޫސާ ދީދީ އެވެ. މަންމާފުޅަކީ، ފުވައްމުލަކު ދިގުވާނޑު ވީދަޑިގޭ ޙަސަން ތައްޚާނުގެ ފާޠިމާ ފާނާއި ކެލާ ފުޅު ގެ ޙައްވާ ފުޅު (ކެލާ ތުއްތޫ) އެވެ.
އަދާކުރައްވާފައިވާ ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- 1967 - އައިލެންޑް ޑިވިޝަންގެ ވަކީލްކަން
- 1968 - މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެތުސް ޑިވިޝަންގެ ޤާޟީކަން
- ނ.އަތޮޅު އަތޮޅުވެރިޔާކަން
- ރައްޔިތުން މަޖުލީހުގެ ރައީސްކަން
- ކަސްޓަމްސްގެ ވެރިޔާކަން
- 11 ނޮވެމްބަރު 1982 - މިނިސްޓަރ އޮފް ސްޓޭޓްކަން
- 11 ނޮވެމްބަރު 1983 - މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒްކަން
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]އައްޝައިޚް އަޙްމަދު ޝާޠިރު އަވަހާރަވީ 26 ޖުލައި 1994 ގައެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަލްފާޟިލް އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒަކީ • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • އަބްދުالله ޝާހިދު • އަބްދުﷲ މަސީހު މުހައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
އަބްދުއްރަހީމް އަބްދުالله •