ރައުލް ކާސްޓްރޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރައުލް ކާސްޓްރޯ

ރައުލް މޮޑެސްޓޯ ކާސްޓްރޯ ރޫޒް (އުފަންވީ ޖޫން 3، 1931) އަކީ ކިއުބާގެ ރައީސްކަން 49 އަހަރު ކުރެއްވި ފިޑެލް ކާސްޓްރޯ ގެ ކޮއްކޯ ފުޅު އެވެ. ފިޑެލް ކާސްޓްރޯ އަށްފަހު ކިއުބާގެ ވެރިކަމަށް އިސްވެ ވަޑައިގަތީ ރައުލް ކާސްޓްރޯ އެވެ. ރައުލް ކާސްޓްރޯ ކިއުބާގެ ރައީސްކަމުގެ މަގާމަށް އެތާގެ ނޭޝަނަލް އެސެމްބްލީ ގެ ފަރާތުން އިސްކުރީ 24 ފެބުރުއަރީ 2008 ގައެވެ. ކިއުބާގެ ރައީސްކަމަށް އިސްކުރެއްވުމުގެ ކުރިން ކިއުބަން ކައުންސިލް އޮފް ސްޓޭޓްގެ ރައީސްކަން ކުރައްވާފައި ވެއެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ދިފާޢީ ވަޒީރު ގެ ލަގަބު ވެސް ލިބިފައިވަނީ ރައުލް ކާސްޓްރޯ އަށެވެ. 31 ޖުލައި 2006 ގައި ރައުލް ކާސްޓްރޯ އަށް ކިއުބާގެ ރައީސްކަމުގެ ޒިންމާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތައް އަދާކުރުމަށް ޙަވާލު ކުރެވުނެވެ. އެއީ އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު ފިޑެލް ކާސްޓްރޯ ގޮހޮރުގެ އޮޕަރޭޝަނެއް ކުރައްވައި އާލާސްކަންފުޅާއި އުޅުއްވަން ޖެހުމާއި ގުޅިގެންނެވެ.