ކިއުބާ
| Republic of Cuba | ||||||
|---|---|---|---|---|---|---|
|
|
||||||
| Motto: Patria o Muerteފަންވަތް:Es icon "Homeland or Death"[1] |
||||||
| Anthem: La Bayamesaފަންވަތް:Nbsp("The Bayamo Song")[2] |
||||||
| Capital (and largest city) |
Havana 23°8′N 82°23′W / 23.133°N 82.383°W |
|||||
| Official languages | Spanish | |||||
| Ethnic groups | 65.05% European (Spanish, others), 10.08% African (Igbo, other), 23.84% Mulatto and Mestizo[3] | |||||
| Demonym | Cuban | |||||
| Government | One-party socialist republic[4] (Communist state) |
|||||
| - | President | Raúl Castro | ||||
| - | First Vice President | J. R. M. Ventura | ||||
| Independence | from Spain | |||||
| - | Declared | October 10, 1868 | ||||
| - | Republic declared | May 20, 1902 from United States |
||||
| - | Cuban Revolution | January 1, 1959 | ||||
| Area | ||||||
| - | Total | 110,861 km2 (105th) 42,803 sq mi |
||||
| - | Water (%) | negligible | ||||
| Population | ||||||
| - | 2008 estimate | 11,451,652 (July 2009 est.)[5] (73rd) | ||||
| - | 2002 census | 11,177,743 | ||||
| - | Density | 102/km2 (97th) 264/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $108.2 billion[5] (64th) | ||||
| - | Per capita | $9,500 (107th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $55.18 billion[5] (70th) | ||||
| - | Per capita | $4819 (calculated) (86th) | ||||
| HDI (2007) | 0.863[6] (high) (51st) | |||||
| Currency | Cuban peso(CUP)Cuban convertible peso[7] ( CUC) |
|||||
| Time zone | (UTC-5) | |||||
| - | Summer (DST) | (March 11 to November 4) (UTC-4) | ||||
| Drives on the | right | |||||
| Internet TLD | .cu | |||||
| Calling code | +53 | |||||
ކިޔުބާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގައި ހިމެނެނީ ކިޔުބާ ދީބުގެ އިތުރުން އިސްލާ ދެ ލާ ހުވެންތޫދުގެ އިތުރުން އެހެނިހެން ބައެއް ރަށްރަށެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ކިޔުބާގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކިޔުބަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހަވާނާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ވަންޕާޓީ ސޯޝަލިސްޓް ރިޕަބްލިކެކެވެ. ކޮމިއުނިސްޓް ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 75 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cu. އެވެ. ކޯލިން ކޯޑަކީ +53 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޔުބަން ޕެސޯއެވެ.
[އުނިއިތުރު ގެންނަވާ] ނަން
ކިޔުބާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކިޔުބާއެވެ. ކިޔުބާގެ ނަން ނެގިފައިވަނީ ޓައިނޯ ބަހުންނެވެ. އެހެން ނަމަވެސް މި ބަހުގެ މާނައާ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އަނެއްް ބަޔަކު ބުނާ ގޮތުގައި އެ ރަށަށް ނަން ދެވިފައިވަނީ ޕޯޗުގަލްގައި އޮންނަ ކިޔުބާ ނަމަކަށް ކިޔާ ރަށަށް ނިސްބަތްކޮށެވެ. ބައެއް މީހުން ބުނާ ގޮތުގައި ކިޔުބާގެ މާނައަކީ “ރަނގަޅު ނުވަތަ މަތިވެރި ރަށެވެ.”
[އުނިއިތުރު ގެންނަވާ] ތާރީޚު
ކިޔުބާގެ ފުރަތަމަ ވަޒަންވެރީންނަކީ އަރަވާކުންނާއި ޓައިނޯ އަދި ޗިބޮނީއިންނެވެ. ޓައިނޯއިންނަކީ ދަނޑުވެރިކަން ކޮށް އުޅުނު ބައެކެވެ. ޗިބޮނީންނަކީ ދަނޑުވެރިކަމާއި ޝިކާރަވެރިކަމާ ކޮށް އުޅުނު ބައެކެވެ. ލޮއިގެ ވިޔަފާރިއަކީ ކިޔުބާގެ ތާރީޚުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ. މީލާދީން 1492 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކްރިސްޓަފަރ ކޮލަންބަސް މިހާރުގެ ބަރަކޯއާ ކައިރިއަށް ފޭބިއެވެ. އަދި މިތަނަކީ ސްޕޭނުގެ ރަސްކަމުގެ ބާރު ހިނގާނޭ ތަނެއް ކަމުގައި ހަމަޖެހިގެން ދިޔައެވެ. މި ތަނުގެ ނަމަކަށް ކޮލަންބަސް ހަމަޖެއްސެވީ ހުވާނާއެވެ. އެއީ ސްޕެއިނުގެ ޕްރިންސް ހުވާންގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިއާއެކު އިތުރު ޓައުންތައް ދިޔައީ ޤާއިމުވަމުންނެވެ. މީގެ ތެރޭގައި ކިޔުބާގެ ވެރިރަށް ކަމުގައިވާ ހަވާނާ ނުވަތަ އޭރުގެ ނަމުން ނަމަ ސެން ކްރިސްޓޯބަލް ދެ ލަ ހަބާނާ ހިމެނުނެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ކިޔުބާގެ އާބާދީގެ 65.05% މީހުންނަކީ ވިލާތުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. 10.08% މީހުންނަކީ އެފްރިކަން ނަސްލަށް ނިސްބަތްވާ މީހުންނެވެ. 23.84% މީހުންނަކީ މުލައްޓޯ އިންނާއި މެސްޓިޒޯއިންނެވެ. މިއީ އެފްރިކާ މީހުންނާއި ނޭޓިވް އެމެރިކަނުންގެ މަސްހުނި ވެފައިވާ ނަސްލުތަކާއި ޔޫރަޕު މީހުންނާއި ނޭޓިވް އެމެރިކަނުންގެ މަސްހުނި ވެފައިވާ ނަސްލުތަކުގެ މީހުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ކިޔުބާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވާފައިވަނީ ސްޕޭނު މީހުންގެ ސަގާފަތުންނާއި އެފްރިކާގެ ޤައުމުތަކުގެ މީހުންގެ ސަގާފަތްތަކުންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ކިޔުބާއަކީ ކޮމިއުނިސްޓް ދައުލަތެއް ކަމުން ކިޔުބާގެ އިޤްތިޞާދުގެ ބޮޑު ބައި ކޮންޓްރޯލް ކުރަނީ ސަރުކާރުންނެވެ. އެހެން ނަމަވެސް ޕްރައިވެޓް ސެކްޓަރގެ ދައުރު އަންނަނީ މިހާރު ފުޅާ ވަމުންނެވެ. މިހާރު އެ ޤައުމުގެ ވަޒީފާތައް ހުރި ގޮތަށް ބަލާއިރުގައި 78% ވަޒީފާއަކީ ދައުލަތުގެ ވަޒީފާތަކެވެ. 22% ވަޒީފާތަކަކީ ޕްރައިވެޓް ވަޒީފާތަކެވެ. 1981 ވަނަ އަހަރާ ހިސާބުގައި ދައުލަތުގެ ވަޒީފާގެ ނިސްބަތް ހުރީ 91% ގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 9500 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found