ރަންދީރު ކަޕޫރު
ރަންދީރު ކަޕޫރު | |
---|---|
އުފަން ތާރީޚް | India | ފެބްރުއަރީ 15, 1947
ވަޒީފާ | Actor, Producer, Director |
ރަންދީރު ކަޕޫރު (އުފަންވެފައިވަނީ 15 ފެބްރުއަރީ 1947 ގައި އިންޑިޔާގައި) އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެކެވެ.
ފިލްމީ ޙަޔާތް
[އުނިއިތުރު ގެންނަވާ]ރާޖު ކަޕޫރުގެ ދަރިންގެ ތެރެއިން ފިލްމީ އޮޅިގަނޑު ފުރަތަމަ ގިރާކުރީ ރަންދީރު ކަޕޫރު އެވެ. އެކްޓަރެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުން ވެސް ރަންދީރު ހަރަކާތްތެރި ވެފައި ވެއެވެ. ފުރަތަމަ ފެނިގެންދިޔައީ ކާފަ، ބައްޕަ، އަދި އަންހެނުން ބަބީތާ އާއެކު 1971ގައި ކުޅެފައިވާ ކަލް އާޖު އައުރު ކަލް އިންނެވެ. އެއަށްފަހު 1972ގައި ޖަޔާ ބަދޫރީ އާއެކު ޖަވާނީ ދިވާނީ ކިޔާ ފިލްމަކުން ފެނިގެންދިޔައެވެ.
ރަންދީރު ކަޕޫރު ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމްތައް
[އުނިއިތުރު ގެންނަވާ]- އަރްމާން (2003) ... ގުލްޝަން ކަޕޫރު ގެ ބައި
- މަދަރ (1999) ... ކުމާރް ސިންހާ ގެ ބައި
- ޚަޒާނާ (1984)
- ހަމްސޭ ނާ ޖީތާ ކޮއި (1983) ... ކިޝަން ސިންގ ގެ ބައި
- ޕުއްކަރު (1983) ... ޝޭކަރް ގެ ބައި
- ސަވާލް (1982) ... ވިކްރަމް "ވިކ" ޑ. މެހްޓާ
- ޒމާނޭ ކޯ ދިޚާނާ ހޭ (1981) ... ރަމޭޝް ނަންދާ (ހާއްސަ ފެނިލުމެއް)
- ހަރްޖާއީ (1981) ... އަޖޭ ނަތް
- ބީވީ-އޯ-ބީވީ: ދަ ފަން-ފިލް (1981) ... ޗަންދަރ މޯހަން
- ދޮންގީ (1979) ... އަނަންދް/މރ. ޗިމްޕަކްލާލް
- އާކްރީ ދަކޫ (1978)
- Bhakti Mein Shakti (1978)
- Chor Ke Ghar Chor (1978)
- Heeralal Pannalal (1978) ... Pannalal
- Kasme Vaade (1978) ... Raju
- Chacha Bhatija (1977) ... Sunder
- Kachcha Chor (1977)
- Mama Bhanja (1977) ... Bhanjaa
- Ram Bharose (1977)
- Bhanwar (1976) ... Anup/Balbir Singh
- Aaj Ka Mahaatma (1976) ... Randhir/Ranvir Varma
- Bhala Manus (1976)
- Ginny Aur Johnny (1976)
- Khalifa (1976)
- Dharam Karam (1975) ... Dharam
- Dafaa 302: Indian Penal Code Section 302 (1975)
- Lafange (1975) ... Gopal/Sadhu
- Ponga Pandit (1975) ... Bhagwati Prasad Pande/Prem
- Dil Diwana(1974)
- Haath Ki Safai (1974)
- Hum Rahi (1974)
- Rickshawala (1973)
- Jawani Diwani (1972) ... Vijay Anand
- ޖީތް (1972) ... ރަތަން/ރަތަނު
- ރާމްޕޫރު ކާ ލަކްޝްމަން (1972) ... ލަކްޝްމަން
- ކަލް އާޖް އޯރް ކަލް (1971) ... ރާޖޭޝް ކަޕޫރު
އުފައްދާފައިވާ ފިލްމުތައް
[އުނިއިތުރު ގެންނަވާ]- އާ އަބް ލޯތް ޗަލޭން (1999)
- ޕްރޭމްގްރަންތް (1996)
- ހެންނާ (1991)
- ރާމް ތޭރީ ގަންގާ މައިލީ (1985)
ޑައިރެކްޓް ކޮށްފައިވާ ފިލްމްތައް
[އުނިއިތުރު ގެންނަވާ]- ހެންނާ (1991)
- ދަރަމް ކަރަމް (1975)
- ކަލް އާޖް އޯރް ކަލް (1971)
ފިލްމް ޑައިރެކްޓްކޮށް އުފެއްދުން
[އުނިއިތުރު ގެންނަވާ]1991 ގައި ފުރަތަމަ ފަހަރަށް ފިލްމެއް ޑައިރެކްޓް ކޮށްފައިވެއެވެ. އެއީ 1988 ވަނަ އަހަރު ބައްޕަ ރާޖު ކަޕޫރު ދުނޔެ ދޫކުރި އިރު ހަދަން ފަށައި ނުހެދި އޮތް ފިލްމެކެވެ. ޕާކިސްތާނަށް އުފަން ޒޭބާ ބަޚްތިއާރު އަދި ރިޝީ ކަޕޫރު ކުޅެފައިވާ މިފިލްމަށްކިޔަނީ ހެނާ އެވެ. 40އަށްވުރެ ގިނަ ފިލްމްތަކުގައި ތަފާތު ބައިތައް އަދާކުރުމަށްފަހު މިހާރު ހަރަކާތްތެރިވަނީ ފިލްމު އުފެއްދުމުގެ މަސައްކަތުގައެވެ. މިއަދު އާރް ކޭ ފިލްމްސް ހިންގުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރި ވަނީ ވެސް ރަންދީރު ކަޕޫރެވެ.
އަމިއްލަ ދިރިއުޅުން
[އުނިއިތުރު ގެންނަވާ]ފިލްމީ ބަތަލާ ބަބީތާ ޝިވްދަސާނީ އާ ކައިވެނިކޮށް ދެކުދިން ލިބިފައިވެއެވެ.އެއީ ކަރިޝްމާ ކަޕޫރު،ކަރީނާ ކަޕޫރު އެވެ. ބަބީތާ އާއި ރަންދީރު ކަޕޫރު ކައިވެނިކުރީ 1972 ވަނަ އަހަރު އެވެ. ކަރިޝްމާ ލިބިފައިވަނީ 25 ޖޫން 1974 ގައެވެ. ކަރީނާ ލިބުނީ 21 ސެޕްޓެމްބަރ 1977 ގައެވެ.
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]ފިލްމް ފެއަރ އެވޯޑް
[އުނިއިތުރު ގެންނަވާ]- 1986 - ބެސްޓް ފިލްމް ( ރާމް ތޭރީ ގަންގާ މާލީ )
- 1998 - އާރްކޭ ފިލްމް ސްޓޫޑިއޯ 50 އަހަރު ވަންދެން ކޮށްދީފައިވާ ޚިދުމަތަށް