ރިޝީ ކަޕޫރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ރާޖު ކަޕޫރުގެ ދަރިންގެ ތެރެއިން ދެވަނައަށް ފިލްމު ތަކުން ފެންނަށް ފެށީ ރިޝީ ކަޕޫރު އެވެ. ފުރަތަމަ ފެނިގެން ދިޔައީ 1970 ވަނަ އަހަރު ނިކުތް ރާޖު ކަޕޫރުގެ ފިލްމް މޭރޭ ނާމް ޖޯކަރު އިންނެވެ. ޢުމުރުން 18 އަހަރުގައި މިފިލްމްގައި އަދާކޮށްފައިވާ ރޯލުން ނޭޝަނަލް އެވޯޑް ރިޝީ އަށް ލިބިފައި ވެއެވެ. ބަތަލެއްގެ ގޮތުން ފުރަތަމަ ފެނިފައިވަނީ 1973 ވަނަ އަހަރު ނިކުތް ރާޖު ކަޕޫރުގެ ފިލްމް ބޮބީ އިންނެވެ. ޑިމްޕަލް ކަޕާޑިއާ އަދި ރިޝީ ކަޕޫރު ހިންދީ ފިލްމީ މަސްރަހަށް ތަޢާރަފްވެގެން ދިޔަ މިފިލްމަށްފަހު ރިޝީ ކަޕޫރު ވަނީ ރީތި އެތައް ފިލްމެއްގައި ހަރަކާތްތެރި ވެފައެވެ. ބޮބީ ގައި އަދާކޮށްފައިވާ ބަޔަށް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓަރުކަން ރިޝީ ކަޕޫރަށް ލިބިފައި ވެއެވެ.


Kap4.jpg


އާތަރިންނާ އެކު[އުނިއިތުރު ގެންނަވާ]

ރިޝީ ކަޕޫރުގެ މުލައްދަނޑީގައި ހިފައިގެން ހުރެ ފިލްމީ އުދަރެހަށް ވަނީ ތަފާތު އެތައް ބަތަލާއިންނެއް ވަދެފައެވެ. އޭގެ ތެރޭގައި 1976ގައި ނިކުތް ކަބީކަބީ އިން ނަސީމް، 1977ގައި ނިކުތް ހަމްކިސީސޭ ކަމްނެހީ އިން ކާޖަލް ކިރަން، 1978ގައި ނިކުތް ބާރޫދު އިން ޝޯމާ އާނަންދު، ހަމަ އެއަހަރު ނިކުތް ނަޔާ ދައުރު އިން ބަވަން ބަޓް، 1979ގައި ނިކުތް ސަރުގަމް އިން ޖަޔާ ޕްރަދާ، 1988 ގައި ނިކުތް ވިޖޭ އިން ސޯނަމް، އަދި 1992 ގައި ނިކުތް ދީވާނާ އިން ދިވްޔާ ބާރްތީ ހިމެނެއެވެ.

ރިޝީގެ ދިގު ފިލްމީ ޙަޔާތުގައި 100 އަށްވުރެ ގިނަ ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ. ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ރަފޫ ޗައްކަރު، ކޭލްކޭލްމޭ، އަމަރު އަކްބަރު އެންތޮނީ، ކަރްޒު، ނާގިން، ސާގަރު، ޕްރޭމް ރޯގް، ކޫލީ،ތަވާއިފް، ޗާންދަނީ، ހެނާ،ބޯލް ރާދާ ބޯލް، އަންމޯލް، ދީވާނާ، ދަރާރް، ޔާރާނާ، ސާހިބާން، ގަރްކީ އިއްޒަތު، ދާމިނީ، ލައިލާ މަޖުނޫން، ކަސަކް، ހަމްތުމް، ޔޭހޭ ޖަލްވާ އަދި މިނޫނަސް ތަފާތު އެތައް ފިލްމްތަކެއް ހިމެނެއެވެ.

ރިޝީ ކަޕޫރު އަދި ފިލްމީ ބަތަލާ ނީޓޫ ސިންގ ގެ ކައިވެނިން ދެކުދިން ލިބިފައި ވެއެވެ. އެއީ ރަންބީރު ކަޕޫރު އަދި ރިދިމާ ކަޕޫރު އެވެ. ރަންބީރު ކަޕޫރު މިހާރު ދަނީ ފިލްމީ ބަތަލް އަނިލް ކަޕޫރުގެ ދަރިފުޅު ސޮނާމް ކަޕޫރު އާއެކު ސާވަރިޔާ ކިޔާ ފިލްމަކުން ފިލްމީ މަސްރަހަށް ނިކުތުމަށް ތައްޔާރު ވަމުންނެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 1970 - ބީއެފްޖީއޭ - ޚާއްޞަ އެވޯޑް (މޭރާ ނާމް ޖޯކަރު)
  • 1971 - ނޭޝަނަލް ފިލްމް އެވޯޑް ފޯރ ބެސްޓް ޗައިލް އާޓިސްޓް (މޭރާ ނާމް ޖޯކަރު)
  • 1973 - ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް (ބޮބީ)
  • 2006 - ޒީސިނެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • 2007 - އެމްޓީވީ ލިކްރާ އެވޯޑް
  • 2008 - ފިލްމް ފެއަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • 2008 - އެފްއައިސީސީއައި - ލިވިންގ ލެޖަންޑް އިން އެންޓަޓެއިންމަންޓް އެވޯޑް
  • 2008 - 10 ވަނަ މާމީ އެވޯޑްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް