ރާޖު ކަޕޫރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Taaa.jpg

ޙަޔާތުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

ރާޖު ކަޕޫރު މިނަމަކީ އިންޑިޔާގެ ފިލްމީ މަސްރަހުގައި ރަން އަކުރުން ފަވާލެވިފައިވާ ނަމެކެވެ. ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރުގެ އެންމެ ދޮށީ ފިރިހެންދަރި ރާޖު ކަޕޫރުގެ ފުރިހަމަ ނަމަކީ ރަންބީރު ރާޖު ކަޕޫރު އެވެ. އުފަންވެ ފައިވަނީ 14 ޑިސެމްބަރު 1924 ގައި ޕާކިސްތާނުގެ ޕިޝާވަރު ގައެވެ. ތަޢުލީމީ މަރުޙަލާގެ ކުރީކޮޅު ކިޔަވާފައިވަނީ ވެސް ޕިޝާވަރު ގައެވެ. އެއަށްފަހު ކަލްކަތާ އަދި ބޮމްބޭގެ މަތީ ސާނަވީ މަދަރުސާ އަކުން ތަޢުލީމް ހާޞިލްކޮށްފައި ވެއެވެ. ސާނަވީ ތަޢުލީމުގެ ދުވަސްވަރު ވެސް ރާޖު ކަޕޫރު ގެ ޝައުގުވެރިކަން ހުރީ އެކްޓުކުރުމާއި ފިލްމު ކުޅުމަށެވެ. ނަތީޖާއެއްގެ ގޮތުން ސުކޫލުން ވަކިވެ ފިލްމީ އޮއިވަރުގައި ދައުރު ކުރަން ފެށިއެވެ. ސަރ އަހަރެން ކޮލެޖަކުން ދަސްވެ ނިވުމުން ވާނީ ކިހިނެއް؟ ގާނޫނީ ވަކީލަކަށް ވާން ބޭނުންނަމަ ލޯ ކޮލެޖަށް ދެވިދާނެ. ޑޮކްޓަރަކަށް ވާން ބޭނުންނަމަ މެޑިކަލް ކޮލެޖަށް ދެވިދާނެ. ފިލްމު އުފައްދަން ބޭނުން ނަމަ ދާނީ ކޮންތަނަކަށް؟ ސުކޫލުން ވަކިވި ސަބަބު އޮޅުން ފިލުވުމަށް ބައްޕަ ޕްރިތްވީ ރާޖު ކަޕޫރު ސުވާލު ކުރުމުން ރާޖު ކަޕޫރު ބުނެފައި ވެއެވެ.



ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ފިލްމު ހެދުމުގެ މަސައްކަތުގައި އެހީތެރިއެއްގެ ގޮތަށް އުޅެމުން ބައެއް ފިލްމު ތަކުގައި ބައްޕައާއި އެކު ހަރަކާތްތެރި ވެފައި ވެއެވެ. ފުރަތަމަ ފެނިގެންދިޔައީ އުމުރުން 11 އަހަރުގައި 1951 ވަނަ އަހަރު ނިކުތް އިންގިލާބު އިންނެވެ. އެއަށްފަހު ކުދިކުދި ރޯލްތައް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ގޯރީ، ހަމާރޭ ބާތު، ދިލްކީ ރާނީ،ޖެއިލް ޔަތުރާ، ފަދަ ފިލްމްތައް ހިމެނެއެވެ. 1944 ގައި ބައްޕަ ޕްރިތްވީ ރާޖު ކަޕޫރު ހިންގާ ތިއޭޓަރުގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރި ވާންފެށިއެވެ. އަދި ބައެއް ސްޓޭޖް ޑްރާމާ ތަކުގައި ބައިވެރި ވެފައި ވެއެވެ. އޭގެ ތެރޭގައި ޕަތަން، ޝަކުންތާލާ، ދީވާރު ފަދަ ސްޓޭޖް ޑްރާމާތައް ހިމެނެއެވެ.

ރާޖު ކަޕޫރު އަކީ އެކްޓަރެކެވެ. ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އެޑިޓަރެކެވެ. މިއުޒިކީ ފަންނާނެކެވެ. ވާހަކަ ލިޔުން ތެރިއެކެވެ. ކުރުގޮތަކަށް ބުނާނަމަ މުނިފޫހި ފިލުވުމުގެ ގިނަ ހުނަރުތަކެއްގެ ވެރިއެކެވެ. ހިންދީ ފިލްމެއްގައި ފުރަތަމަ ފަހަރަށް ބަތަލާ އަކު ބާތިންގ ސުއިޓެއްގައި ފެނިގެންދިޔައީ ރާޖު ކަޕޫރު އުފައްދައި ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ފިލްމް އާވާރާ ގައެވެ. 1951 ވަނަ އަހަރު ނިކުތް މިފިލްމުގައި ރާޖު ކަޕޫރު އާއެކު ހަރަކާތްތެރި ވެފައިވަނީ ނަރުގިސް އެވެ.

ބޭރު ގައުމު ތަކެއްގައި ފުރަތަމަ ފަހަރަށް ދިގު މުއްދަތަކަށް ސިނަމާތަކުގައި އެޅުވި ހިންދީ ފިލްމަކީ ވެސް 1964 ރާޖު ކަޕޫރު އުފައްދައި ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ފިލްމް ސަންގަމް އެވެ. ރާޖު ކަޕޫރުގެ ފިލްމަކުން ފިލްމީ އޮޅިގަނޑު ގިރާކުރި ތަރިންގެ ތެރޭގައި 1973 ގައި ނިކުތް ބޮބީ އިން ރިޝީ ކަޕޫރު، އަދި ޑިމްޕަލް ކަޕާޑިއާ، 1984 ގައި ނިކުތް އާސްމާން އިން ރާޖީވް ކަޕޫރު އަދި 1949 ގައި ނިކުތް ބަރުސާތު އިން ނިއްމީ، އަދި މަންދާކިނީ، ޒީނަތު އަމަން ފަދަ ތަރިން ހިމެނެއެވެ.

ބަތަލެއްގެ ގޮތުން ތަޢާރަފްވެފައިވަނީ 1947 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ކޭދަރު ޝަރުމާގެ ނީލް ކަމަލް' އިންނެވެ. ހަމަ އެއަރުގެ ތެރޭގައި އާރް ކޭ ފިލްމްސް ނަމުގައި ފިލްމް ކުންފުންޏެއް ގާއިމްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 1948 ގައި ނިކުމެފައިވާ އާގް އެވެ. ޢުމުރުން 23 އަހަރުގައި ޑައިރެކްޓްކޮށް ކުޅުނު މިފިލްމްގައި ރާޖު ކަޕޫރުއާއެކު ހަރަކާތްތެރި ވެފައިވަނީ ނަރުގިސް އެވެ. އާގް އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމީޔާބެއް ނުލިބުނު ނަމަވެސް 1949 ވަނަ އަހަރު ނިކުތް ބަރުސާތު ވެގެންދިޔައީ ބެލުންތެރިންގެ ތާއީދު ފުރިހަމައަށް ލިބުނު ފިލްމަކަށެވެ.

ރާޖު ކަޕޫރު އުފައްދައިފައިވާ ފިލްމްތަކާއި، އަދި ބަތަލެއްގެ ބައި ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން 1949ގައި ރިލީޒްވި ބަރުސާތު'، 1950ގައި ރިލީޒްވި، ސަރުގަމް، 1951ގައި ރިލީޒްވި އާވާރާ، 1955 ވަނަ އަހަރު ރިލީޒްވި ޝްރީ420، 1958ގައި ރިލީޒްވި ޕަރުވާރިސް، 1959ގައި ރިލީޒްވި އަނާޅީ، ދޯއުސްތާދު، 1963 ގައި ރިލީޒްވި ދިލްހީ ތޯހޭ، ދިލް އޭކް މަންދިރު، 1964 ގައި ރިލީޒްވި ސަންގަމް، 1973ގައި ރިލީޒްވި ބޮބީ، އަދި 1985 ގައި ރިލީޒްވި ރާމް ތެރީ ގަންގާ މޭލް ފަދަ ފިލްމް ތަކަކީ ފާހަގަކޮށްލެވޭ ފަދަ ބައެއް ފިލްމް ތަކެވެ.

މިފިލްމުތަކުގެ އިތުރުން އާވާރާ އަދި ސަންގަމް ފަދަ ފިލްމްތައް ވަނީ ޢަރަބި ދުނިޔެ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެދުވަސްވަރު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ސަންގަމް އަކީ ރާޖު ކަޕޫރު ކުޅުނު ފުރަތަމަ ކުލަ ފިލްމެވެ. 1959 ގައި ރިލީޒްވި އަނާޅީގައި ކުޅެފައިވާ ބައިން ފިލްމް ފެއަރ އެވޯޑްގެ ބެސްޓް އެކްޓަރުގެ މަގާމް ލިބިފައިވެއެވެ. 1960ގައި ރިލީޒްވި ޖިސްދޭސްމޭ ގަންގާ ރެހެތީހޭ ގައި ކުޅެފައިވާ ރޯލުން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓަރކަން ލިބިފައިވެއެވެ. 1964 ގައި ރިލީޒްވި ސަންގަމް އިން ބެސްޓް ޑައިރެކްޓަރގެ މަގާމް ފިލްމް ފެއަރ އެވޯޑްގައި ލިބުނު އިރު 1971 ގައި ރިލީޒްވި މޭރާ ނާމް ޖޯކަރު އިން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް ޑައިރެކްޓަރު ކަން ލިބިފައިވެއެވެ.

40 އަހަރުވީ ދިގު ފިލްމީ ހަޔާތުގައި ރާޖު ކަޕޫރުވަނީ 19 ފިލްމު ޕްރޮޑިއުސްކޮށް، 9 ފިލްމް ޑައިރެކްޓްކޮށް، އަދި 80 އަށްވުރެ ގިނަ ފިލްމްތަކުގައި ހަރަކާތްތެރި ވެފައެވެ. އިންޑިޔާގެ ފިލްމީ މައިދާނަށް ކޮށްފައިވާ ޚިދުމަތްތައް އަގު ވަޒަންކޮށް އެކަން ފާހަގަ ކުރުމުގެ ގޮތުން އިންޑިޔާގެ ސަރުކާރުގެ ފަރާތުންދޭ ދާދާ ސާހެބް ޕަލްކޭ އެވޯޑް 1988 ގައި ރާޖު ކަޕޫރަށް ދެވިފައި ވެއެވެ. މީގެ އިތުރުން ޝޯމޭން އޮފްދަ މިލޭނިއަމް ގެ ލަގަބުވެސް ރާޖު ކަޕޫރަށް ދެވިފައި ވެއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1959 - ބެސްޓް އެކްޓަރ ( އަނާޅީ )
  • 1961 - ބެސްޓް އެކްޓަރ ( ޖިސްދޭސްމޭ ގަންގާ ރެހެތީ ހޭ )
  • 1964 - ބެސްޓް ޑައިރެކްޓަރ ( ސަންގަމް )
  • 1971 - ބެސްޓް ޑައިރެކްޓަރ ( މޭރާ ނާމް ޖޯކަރު )
  • 1982 - ބެސްޓް ޑައިރެކްޓަރ ( ޕްރޭމް ރޯގް )
  • 1985 - ބެސްޓް ޑައިރެކްޓަރ ( ރާމް ތޭރީ ގަންގާ މޭލް )
  • 1985 - ބެސްޓް ފިލްމް ( ރާމް ތޭރީ ގަންގާ މޭލް )

ގައުމީ ޝަރަފްތައް[އުނިއިތުރު ގެންނަވާ]

  • ނޭޝަނަލް އެވޯޑް - ކޮންޓްރިބިއުޝަން ޓް އިންޑިއަން ސިނަމާ
  • 1971 - ޕަދުމާ ބުޝާން އެވޯޑް ( އިންޑިޔާގެ ސަރުކާރުންދޭ ރައްޔިތުންނަށް ދޭ ތިންވަނަ އަށް އެންމެ މަތީ އެވޯޑް )
  • 1987 - ދާދާ ސާހިބު ޕަލްކޭ އެވޯޑް ( އިންޑިޔާގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ މަތީ އެވޯޑް )
  • 2001 - ބެސްޓް ޑައިރެކްޓަރ އޮފް މިލޭނިއަމް ( ހީރޯ ހޮންޑާ - ސްޓާރޑަސްޓް )
  • 2002 - ޝޯ މޭން އޮފް ދަ މިލޭނިއަމް ( ސްޓާރ ސްކްރީން އެވޯޑް )

ބައިނަލް އަގްވާމީ ޝަރަފްތައް[އުނިއިތުރު ގެންނަވާ]

  • 1955 - އީރާންގެ ތެހްރާން ގައި އޮނަރަރީ ޑިގްރީ
  • 2000 - ރަޝިޔާގެ ކަލްޗަރަލް ސެންޓަރުގައި - ރާޖު ކަޕޫރު ފިލްމް ފެސްޓިވަލް ބޭއްވުން

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ރާޖު ކަޕޫރު އުމުރުން 22 އަހަރުގައި ކްރިޝްނާ ކަޕޫރު އާއި ކައިވެނި ކޮށްފައިވަނީ 1946 ވަނަ އަހަރު އެވެ. އެދެމީހުންނަށް 5 ކުދިން ލިބިފައިވެއެވެ. އެއީ ރަންދީރު ކަޕޫރުރީޓޫ ކަޕޫރު،ރިޝީ ކަޕޫރު،ރީމާ ކަޕޫރު، އަދި ރާޖީވް ކަޕޫރު އެވެ. 1950ގެ އަހަރު ތަކުގައި ފިލްމީ ބަތަލާ ނަރުގިސް އާއި ދެމެދު ޒަމާންވީ ދިގުމުއްދަތަކަށް ގާތްގުޅުމެއް އުފެދިގެން ދިޔަކަމަށް އަޑުތައް ފެތުރިގެން ދިޔައެވެ. ރާޖު ކަޕޫރު ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 60 އަހަރުގައި 2 ޖޫން 1988 ގައި ގުރުދާ ފޭލްވުމުގެ ސަބަބުންނެވެ.