ކަރިޝްމާ ކަޕޫރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަރިޝްމާ ކަޕޫރު
Kariss.jpg
ކަރިޝްމާ ކަޕޫރު
އުފަން ތާރީޚް ޖޫން 25, 1974 (1974-06-25) (age 40)
ބޮމްބޭ، އިންޑިޔާ
ވަޒީފާ އެކްޓް ކުރުން

ކަރިޝްމާ ކަޕޫރު އުފަންވެފައިވަނީ 25 ޖޫން 1974 ގައެވެ. ކަރިޝްމާ އަކީ ކަޕޫރު އާއިލާ އިން ފިލްމީ މަޝްރަހަށް ނިކުތް ފުރަތަމަ ބަތަލާ އެވެ. ތައުލީމް ޙާޞިލްކޮށްފައިވަނީ ބޮމްބޭގެ ކެތަޑްރަލް އެންޑް ޖޯން ކެނަން ހައިސުކޫލުންނެވެ. ސޯފިޔާ ކޮލެޖުގައި އުޅެމުން އެތަން ނުނިންމައި ފިލްމީ މަސްރަހާ ކަރިޝްމާ ގުޅުނެވެ. ކަރީނާ އަކީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ރަންދީރު ކަޕޫރާއި ބަބީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.


ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ފުރަތަމަ ފިލްމެއްގައި ކަރިޝްމާ ފެނިފައިވަނީ 1990 ވަނަ އަހަރު ނިކުތް ޑަންގާ ފަސާދު ގައެވެ. ނަމަވެސް ފިލްމީ މަޝްރަހަށް ކަރިޝްމާ ތަޢާރަފްވެގެންދިޔައީ 1991 ވަނަ އަހަރު ނިކުތް ޕްރޭމް ގައިދީ އިންނެވެ. އެއަށްފަހު 1992ގައި ދީވާރު، މުގާބަލާ، ސަޕްނޭ ސާޖަންކީ، ޕޮލިސް އޮފިސަރ، 1993 ގައި އަނާޅީ، އާތިޝް، ސަންގްރާމް، ޝަކްތީމާން، 1994ގައި އަންދާޒް އަޕްނާ އަޕްނާ، ޔޭދިއްލަގީ، ސުހާގު އަދި ގޯޕީ ކިޝަން ކުޅެފައި ވެއެވެ.

Karis.jpg

1994ން 1997 އަށް ކަރިޝްމާ ވަނީ ހެއްވާ މަޖާ ކޮމެޑީ ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މިފިލްމުތަކުގައި ކަރިޝްމާ އާއެކު ހަރަކާތްތެރި ވެފައިވަނީ ހެއްވާ މަޖާ ފިލްމުތައް ކުޅުމަށް ނަން މަޝްހޫރު ގޯވިންދާ އެވެ. މިގޮތުން ކުޅުނު ކޮމެޑީ ފިލްމުތަކުގެ ތެރޭގައި ރާޖާ ބާބޫ، ދުލާރާ، ޕްރޭމް ޝަކްތީ، ސާޖަން ޗަލޭ ސަސުރާލް، ހީރޯ ނަންބަރު1، ކޫލީ ނަންބަރު1، އަދި ޚުއްދާރު ފަދަ ފިލްމުތައް ހިމެނެއެވެ.

އެދުވަސްވަރު ކުޅުނު އެހެން ފިލްމުތަކުގެ ތެރޭގައި 1995ގައި ރިލީޒްވި ދަންވާން، ޖިގަރު، މައިދާން އޭޖަންގް، 1996ގައި ރިލީޒްވި އަޖޭ، ގީތު، ރަކްޝަކް، ސަޕޫތު، އަދި 1997ގައި ރިލީޒްވި މުރުތިޔުދާތާ، ޖުޅްވާ ފަދަ ފިލްމްތައް ހިމެނެއެވެ.

ކަރިޝްމާގެ ފިލްމީ ޙަޔާތުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދައިދިނީ 1996 ވަނަ ރިލީޒްވި ރާޖާ ހިންދުސްތާނީ އެވެ. އެއަށްފަހު 1997 ގައި ނިކުތް ދިލްތޯ ޕާގަލްހޭ، 1999ގައި ނިކުތް ބީވީ ނަންބަރު1، ހަމްސާތުސާތުހޭ، ޖާންވަރު، 2000ގައި ނިކުތް ފިޒާ، ޒުބޭދާ، އާޝިގް، ޝިކާރީ، 2001 ގައި ނިކުތް ހާ މެއިނޭ ބީ ޕިޔާރު ކިޔާހޭ ، އޭކް ރިޝްތާ 2002ގައި ނިކުތް ރިޝްތޭ، ޝަކްތީ ދިޕަވަރ އަދި 2006 ގައި ނިކުތް މޭރޭ ޖީވަން ސާތީ ފަދަ ފިލްމުތައް ހިމެނެއެވެ.


ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ނޭޝަނަލް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1998 - ބެސްޓް ސަޕޯޓިންގ އެކްޓްރެސް ( ދިލްތޯ ޕާގަލްހޭ )

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1997 - ބެސްޓް އެކްޓްރެސް ( ރާޖާ ހިންދުސްތާނީ )
  • 1998 - ބެސްޓް ސަޕޯޓިންގ އެކްޓްރެސް ( ދިލްތޯ ޕާގަލްހޭ )
  • 2001 - ބެސްޓް އެކްޓްރެސް ( ފިޒާ )
  • 2002 - ބެސްޓް އެކްޓްރެސް-ކްރިޓިކްސް ( ޒުބޭދާ )

ޒީ ސިނަމާ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1998 - ބެސްޓް ސަޕޯޓިންގ އެކްޓްރެސް ( ދިލްތޯ ޕާގަލްހޭ )
  • 2001 - ޕްރިމިއަރ ޗޮއިސް - ފީމޭލް ( ފިޒާ )

އައިފާ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2001 - ބެސްޓް އެކްޓްރެސް ( ފިޒާ )

ބޮލީވުޑް މޫވީ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2001 - ބެސްޓް އެކްޓްރެސް ( ފިޒާ )
  • 2003 - މޮސްޓް ސެންސޭޝަނަލް އެކްޓްރެސް ( ޝަކްތީ )

ބެންގަލް ފިލްމް ޖާނަލިސްޓްސް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2001 - ބެސްޓް އެކްޓްރެސް -ހިންދީ ފިލްމް ( ފިޒާ )

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

2002 ވަނަ އަހަރުގެ ތެރޭގައި ކަަރިޝްމާއާއި އަމީތާބްގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން އެންގޭޖް ކުރެވުނެވެ.ނަމަވެސް ފަހުން މިއެންގޭޖްމަންޓްވަނީ ރޫޅާލެވިފައެވެ. ކަރިޝްމާ އާއި ސަންޖޭ ކަޕޫރުގެ ކައިވެނި ކުރެވުނީ 29 ސެޕްޓެމްބަރު 2003ގައެވެ. މިދެމަފިރިންގެ ދަރިފުޅު ސަމާއިރާ ކަޕޫރު އުފަންވީ 11މާރޗް 2005 ގައެވެ.